ފާފު މަންޒަރުތައް ހަޖަމެއް ނުވާނެ!
މަންޒަރުން ސިފަވަނީ ރައްޔިތުމީހާ ނުކުމެ ތަރައްގީގެ ރައީސަށް ދެވަނަ ދައުރު ދޭން ކެތްމަދުވެފައިވާތަން
ރައީސުލްޖުމްހޫރިއްޔާ މިހާރު ފާފު އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފާފު އަތޮޅުގެ ގިނަ ރަށްތަކަށް ދަނީ ޒިޔާރަތް ކުރަމުންނެވެ. ހަމަ ޔަގީނުން ވެސް މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށާއި އަދު ގެ ސަރުކާރަށް ހިތް ހަމަޖެހުން ގެނެސް ދެއްވާނެ ދަތުރުފުޅެކެވެ. ގިނަ މިޙުން ހީކުރިވަރަށް ވުރެ ބޮޑަށް ރައީސް އަށާއި ސަރުކާރަށް ތާއީދު ދަނީ މިރަށް ތަކުން އޮހެމުންނެވެ. އެހެން ކަމުން ފެންނަ މަންޒަރުތައް އިދިކޮޅަށާއި ކުރީގެ ރައީސުންނަށް ހަޖަމް ނުވާނެކަން ކަށަވަރެވެ.
މަންޒަރުތަކުން ވާދަވެރިން ކިތަންމެ ހިތް ނުތަނަސްވިޔަސް މިއަދު ރާއްޖެ އޮތްގޮތުގެ މިސާލެއް ފާފު އަތޮޅުން މިވަނީ ދައްކާލާފައެވެ. ރައްޔިތުން ތިބީ މިއަދުގެ ސަރުކާރު ދޫކޮށް ދާގޮތަކަށް ނޫނެވެ އަދި ރާއީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅުގައި ތިބީ ފިސާރި ކެރިގެން ކުރިއަށް ދިއުމަށެވެ. ރަށްތަކުން ފެނިގެން ދިޔައީ އެތަކެއް ޕްރޮޖެކްތަކެއް ނިމިގެން ގޮސްފައިވާ މަންޒަރެވެ. ފެނާއި ނަރުދަމާގެ ޕްރޮޖެކްތަކެވެ. ފުޓުސެލް ދަނޑުތަކާއި ، ވޮލީ ކޯޓްތައްވެސް މެއެވެ. ސިއްހީ ދާއިރާގެ ގިނަކަންކަމާއި ތައުލީމީދާއިރާގެ ގިނަ ކަންކަމެވެ. އެހެން ކަމުން ރައްޔިތުން ތިބީ މިއަދުގެ ސަރުކާރާއި ރައީސްގެ މަސަތްކަތްޕުޅު ބަލައިގަނެ ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެވަނަ ދައުރެއްގެ އިންތިޒާރުގައެވެ. ފެންނަ މަންޒަރުތަކުން ރައްޔިތުން ތިބީ ވޯޓް ފޮށީގެ އިންތިޒާރުގައި ރައީސައް ވޯޓް އަޅަން ކެތްމަދު ވެފައެވެ.
ފެންނަ މަންޒަރުތައް ދައްކުވައި ދެނީ ފާފު އަތޮޅުގެ ރައްޔިތުމީހާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރައްގީ އަދިވެސް ބޭނުންވެފައިވާ ކަމެވެ. ރައްޔިތުމީހާގެ މި މަންޒަރު އިދިކޮޅު ފަރާތްތަކަށް ބަލައިގަންނަން އެހާ ފަސޭހަ ނުވާނެކަން ކަށަވަރެވެ. އަދި މި މަންޒަރު ތަކަށް ކެތްނުވެ ހާވާލާނެ ހަޑިއެއް ހޯދާނެކަން ވެސް ކަށަވަރެވެ. އެހެން ނަމަވެސް ފާފު އަތޮޅުން މިފެނުނު މަންޒަރުން ދެން އިތުރަށް ދައްކާނީ ކޮން ވާހަކައެއް ބާވައޭ ވެސް ހިތައް އަރައެވެ. ރައީސް އިސްތަށިފުޅުގައި އަޅުވާނީ ކޮން އިލްޒާމެއްބާއޭ ވެސް ހިތަށް އަރައެވެ.
އިދިކޮޅުން ދައްކާ ހޮޅިވާހަކައާއި ހަދާ ދޮގުތަކާއި ސަރުކާރާއި ރައީސްގެ އަގުވައްޓާލުމަށް ދައްކަމުންދާ ވާހަކަތަކަށް ހެއްލޭނެ ގިނަ ރައްޔިތަކު ނެތެވެ. ރައްޔިތުމިހާއަށް އެމީހާގެ ހަމަ ލޮލަށް އެމީހާއަށް ވާމޮޅާއި ލިބޭ ލުއިފަސޭހަ އެބަ ފެނެއެވެ. ހެއްދެވީއްސުރެ އުޅޭރަށުން ނުލިބިއޮތް އަސާސީ ހިދުމަތްތައް ލިބޭކަން ތަޖުރިބާ ކުރަނީ ރަށުގައި ހުރި ރައްޔިތުމީހާއެވެ. ފިކުރެއްގެ މަސްތުގައި ޖެހިފައިވާ މީހާއަށް ވާނުވާ ނޭނގިދާނެއެވެ. ކަނޑުގައި ރޮނގުއަޅަން އުޅޭ ބައިގަނޑަށް ތިމާމެން ކަނޑުގައި އަޅާ ރޮނގު ލޮލަށް ނުފެނުނަސް ރައީސް ސޯލިހުގެ ތަރައްގީގެ ހަމަހަމަކަން ލޮލަށް ފެނެއެވެ. ރޭނގަޑުގެ އިރާދަމުން ބައެއްގައި މަގުމަތީގައި ހުކުން ހަރާން ކުރާ މީހުނަށް ޖަލުނޫނީ ހުންނަކަން ނޭނގިދާނެއެވެ. އެމަންޒަރުން ސާފުވަނީ ތަރައްގީއަށް ފެންބޮވައިގެންފައިވާ ރައްޔިތުމީހާ ނުކުމެ ތަރައްގީގެ ރައީސައް ދެވަނަ ދައުރެއް ދިނުމަށް ކެތްމަދުވެފައިވާ ތަނެވެ.