ރައީސްގެ އެންމެ ދަތުރަކުން އިދިކޮޅު ސައިޒަށް
ފެންނަ މަންޒަރު ހަޖަމް ނުވިއަސް ބޮޑުމަންޒަރު ކުލަވާގޮތް ސިފަކޮށްލާ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފާފު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުފުޅުން އިދިކޮޅުން ހިންދެމި ނުލެވިމ އުޅެނިކޮށް އަނެއްކާވެސް ކޮށި އަރުވާރާލައިފިއެވެ. ރަޢީސް ފާފު އަތޮޅަށް ވަޑައިގެންނެވީ ތަރައްގީގެ އެތައް ޕްރޮޖެކްޓެއް ނިންމުމަށްފަހު އެ ޕޮރޮޖެކްތައް ހުޅުއްވައިދެއްވުމަށެވެ. ރައްޔިތުންނާއި ކައުންސިލްތަކާއި އެކު މަސަތްކަތް ކުރައްވާ ކުރިއަށް ހުރި ތަރައްޤީގެ ކަންކަން ކުރިއަށް ގެންދެވުމައްޓަކައި މަސްވަރާ ކުރެއްވުމަށެވެ.
މިއަދު މުޅި ރާއްޖެއަށް ފެނިގެން ދިޔައީ ރައީސަށާއި އަދުގެ ސަރުކާރަށް އޮތް ތާއީދެވެ. ރައްޔިތުމީހާގެ ކުރިއެރުމަށް މިއަދުގެ ސަރުކާރުން ކޮށްދެމުން ގެންދަވާ މަސަތްކަތްތައް ރައްޔިތުން ބަލައިގެންފިކަން ދައްކުވައި ދެއްވިއެވެ. އެހެން ކަމުން މިއަދު ފެނުނު މަންޒަރު ތަކުން ހަމަ ގައިމުވެސް އިދިކޮޅު ފަރާތްތައް ކޮށިއަރާ ގޮތްވާނެއެވެ. ރައްޔިތުން ބޮޑުމަންޒަރު ދައްކައިދެމުން ދާގޮތުން ބައެއް އިދިކޮޅު ފަރާތްތަކުން ސައިޒުވެލަން މަޖުބޫރު ވެސް ވާނެއެވެ.
އެނގި ޔަޤީން ވާކަމަކީ ރައްޔިތުމީހާ މިއަދު ނުކުމެހުރީ ރައްޔިތުމީހާ ހިތްހަމަޖެހޭ މިންވަރަށް މަސަތްކަތް ކުރެވި އިތުރަށް ތަރައްގީ ބޭނުން ވާތީކަމެވެ. ރައީސްގެ ހިއްވަރުފުޅާއި މަސަތްކަތްޕުޅުތައް މަޑުޖެހުމެއް ނެތްކަން މިއަދުގެ މަންޒަރުން އެކަނިވެސް ސާފުވެގެން ދާނައެވެ. ހިތުގަ ޖެހޭބަޔަކު ގޮތް ދޫކުރަންވެސް ފާފު އަތޮޅު މަންޒަރުތައް ފުދޭނެއެވެ.
ފާފު އަތޮޅުގެ ހުރިހާ ރަށަކުން ވެސް ފެނިގެން ދިޔައީ ކުދިބޮޑު އެންމެން ނުކުމެ ރައީސްއަށް އޮތް ލޯތްބާއި ތާއިދު ދައްކާލިތަނެވެ. ހަޖްމްކުރަން ކިތަންމެ އުނދާގު ވިއަސް ، ގަބޫލުކުރަން ކިތަންމެ ދަތިވިޔަސް މިއަދު ގެ ހަގީގަތަކީ އެއީއެވެ. ބޮޑު މަންޒަރު ސިފަވަނީ އެގޮތަށެވެ. ފަސްފަހަތުން ދުވެ ޑިފެންސައް ކުޅެން ތިއްބާ މާތް ﷲ ގެ އިރާދަފުޅުން ދެވަނަ ދައުރެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރައްވާނީ ފަސޭހަކަމާއި އެކުގައެވެ. އެއްބުރުންނެވެ. ރައްޔިތުމީހާ މިއަދު ރައީސްއާއި ސަރުކާރުން ކުރައްވާ މަސަތްކަތްތައް ބަލައިގެންފިއެވެ. ފެންނަ މަންޒަރު ހަޖަމް ނުވަންޔާ ހަޖަމް ކުރާބޭހެއް ކާލައިގެން ހަމަޖެހިލާ ބޮޑުމަންޒަރު ކުލަވަންދެން ސިފަކޮށްލާށެވެ.