އިންޑަސްޓްރިއަލް ޒޯނުގައި އެސްޓީއޯ ހޯލްސޭލް ކައުންޓަރެއް

ހޯލްސޭލް ކައުންޓަރ ހުންނަނީ ގްރޭޓާ މާލެ ބަސް ޓާމިނަލުގެ ހުޅަނގުގަ

އިންޑަސްޓްރިއަލް ޒޯނުގައި އެސްޓީއޯ ހޯލްސޭލް ކައުންޓަރެއް

އެސްޓީއޯގެ މުދާ އާންމުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން މާލޭ އިންޑަސްޓްރިއަލް ޒޯނުގައި އެސްޓީއޯގެ ހޯލްސޭލް ކައުންޓަރއެއް ހުޅުވައިފިއެވެ. ރޯދަމަހަށް ހާއްސަކޮށްގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހުޅުވި ހޯލްސޭލް ކައުންޓަރުން މިހާރު ހިދުމަތް ލިބޭނެއެވެ.

އެސްޓީއޯއިން ހުޅުވި މި ހޯލްސޭލް ކައުންޓަރ ހުންނަނީ ގްރޭޓާ މާލެ ބަސް ޓާމިނަލުގެ ހުޅަނގުގައެވެ. އިންޑަސްޓްރިއަލް ޒޯނުގެ ކައުންޓަރާއެކު އެ ކުންފުނީގެ މައި ހޯލްސޭލް ސެންޓަރުގެ އިތުރުން އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ އެސްޓީއޯ ގުދަނުން ވެސް ފައިސާ ބަލައިގަތުމާއި އިންވޮއިސް ހެދުމާއި މުދާ ދޫކުރުމުގެ ހިދުމަތް ލިބޭނެއެވެ. 

އަނެއްކޮޅުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރޯދައަށް ހާއްސަކޮށްގެން އެ ކުންފުނިން ހުޅުވާ ރޯދަ މާޓުން ވެސް އެ ހުރިހާ ހިދުމަތެއް ލިބޭނެ ކަން އެސްޓީއޯއިން ކަށަވަރުކޮށް ދެއެވެ.