އެނގޭތަ! ހިރުނދު ގަހުގައި ސިއްހީ އެތައް ފައިދާއެއް!

އެނގޭތަ! ހިރުނދު ގަހުގައި ސިއްހީ އެތައް ފައިދާއެއް!

ދިވެހިރާއްޖޭގެ އާދަކާދަތަކާއި ސަގާފީ މަސައްކަތްތަކަށް ބަލާއިރު، ހިރުނދު ގަހަކީ ދިވެހިންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ ގަހެކެވެ. ޚާއްޞަކޮށް ކާބޯތަކެތި ތައްޔާރުކުރުމަށާއި، ބޭސްވެރިކަމުގެ ދާއިރާގައި ހިރުނދުގެ ބޭނުން ވަރަށް ފުޅާދާއިރާއެއްގައި ހިފައެވެ.

ލަކުޑިއާއި ދަރުގެ ގޮތުގައި ހިރުނދު ބޭނުން:

ހިރުނދަކި ކީލި އޮމާން ހަރު ލަކުޑީއެކެވެ. ދޮނިފަހރުގެ އެތެރެވަތުގެ ވައް އެޅުމަށާއި ކަވަރުނާ އެޅުމާއި މަޑޫތަކުގެ ތުޑުގެ ގޮތުގައި ހިރުނދު ލަކުޑި ބޭނުންކުރެއެވެ. ހުސް ހިރުނދު ލަކުޑިން ބޮއްކުރާ ފަހަރު ފަދަ ކުދި އުޅަނދު ބަނދެއުޅެއެވެ. ގޮނޑިއާއި މޭޒާއި ގެވެހި ސާމާނު އުފެއްދުމަށް ހިރުދު ލަކުޑިއަކީ ޒަމާނުއްސުރެ ބޭނުންކުރާ ލަކުޑިއެކެވެ. 

ރިހާކުރު ކެއްކުން ފަދަ ގިނަ ވަގުތުތަކެއް ހޭދަވާ ކެއްކުންތަކުގައި ހިރުނދު ދަރު ބޭނުންކުރުމަކީ އާންމު ކަމެކެވެ. ހިރުނދަކީ ގިނަ ވަގުތު އަލިފާން ހިފަހައްޓައިދޭ ވަރުގަދަ ދަރެކެވެ.

ސިއްހީ ފައިދާތަކާއި ބޭސްވެރިކަން

ހިރުނދު ގަހަކީ އޭގެ ފަތް، މޭވާ އަދި ތޮށިގަނޑުގައި ގިނަގުނަ ސިއްހީ ފައިދާތަކެއް އެކުލެވިގެންވާ ގަހެކެވެ.

ހަމުގެ ބަލިތައް: ފާނަބަސަނަ (ފާނަބަސަންދު)، ހިިރުވުން، ފަންގަސް އިންފެކްޝަން ފަދަ ބަލިތަކަށް ހިރުނދު ތޮށީގެ ފެން ނުވަތަ ބޭސްގަނޑު ބޭނުންކުރެވެއެވެ.

ފާރުގަނޑު ފަސޭހަކުރުން: ހިރުނދުގެ މޭވާއާއި ތޮށީގައި ހުންނަ މާއްދާތަކުގެ ސަބަބުން ފާރުގަނޑު އަވަހަށް ހިކި، ފަސޭހަވުމަށް އެހީތެރިވެދެއެވެ.

ހަކުރު ބައްޔާއި ހަޖަމުކުރުން: ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށާއި، ބޭރަށް ހިންގުމާއި، ލޭއޮލަވުން ފަދަ ބަލިތަކަށް ހިރުނދުގެ ބައިތައް ބޭނުންކޮށްގެން ފަރުވާ ދެވެއެވެ.

ހުޅުހުޅުގައި ރިއްސުން: ހުޅުތައް ދުޅަވުމާއި ރިއްސުން ކުޑަކުރުމަށްޓަކައި، ހިރުނދު ފަތް ހޫނުކޮށްގެން ބޭނުން ކުރެވެއެވެ.

ފުރަމޭގެ ދިފާޢު: ހިރުނދު ތޮށިން ތައްޔާރުކުރާ ބޭހަކީ ލޭ ސާފުކޮށްދިނުމަށާއި ފުރަމޭގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ އެއްޗެކެވެ.

ފަރުވާދިނުމުގައި ބޭނުންކުރާނޭ ބައެއް ގޮތް:

ހަމުގެ މައްސަލަތަކަށް: ހިރުނދު ތޮށި ފުނޑައިގެން ކުދިކޮށް، ކާށިތެލާއެކު ކެއްކުމަށްފަހު ހަމުގައި އުނގުޅުން.

ރިއްސުންތަކަށް: ތަދު ކެނޑި ދުޅަ ތިރިކުރުވަން ފަތްތައް ހޫނުކޮށް، މޮޑެލުމަށްފަހު ރިއްސާ ތަންތަނުގައި ބަނުމުން 

އެތެރެހަށީގެ ބަލިތަކަށް: ތޮށި ނުވަތަ ފަތް ފެނުގަ ކައްކައިގެން ބުއިމަށް ބޭނުންކުރެއެވެ.

ހާއްސަ ސަމާލުކަމަށް:

  • ހިރުނދު ގަހުގެ މޫ ފަދަ ބައެއް ބައިތަކަކީ ރަނގަޅަށް ތައްޔާރު ނުކޮށްފިނަމަ ވިހަ މާއްދާތައް އެކުލެވޭ އެއްޗެހި ކަމުން، ބޭނުންކުރުމުގެ ކުރިން ތަޖުރިބާކާރުންގެ ލަފާ ހޯދަންވާނެއެވެ.
  • ދިވެހިރާއްޖޭގައި ދިވެހި ބޭސް އުފައްދައި ވިއްކުމަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކުރަންޖެހޭ ކަމެކެވެ.

އިންޒާރު: އާދަކާދައިގެ ބޭސްވެރިކަމަކީ ޑޮކްޓަރީ ފަރުވާއަށް އިތުރުކޮށްދޭ އެހީއެކެވެ. އެއީ ޑޮކްޓަރީ ފަރުވާގެ ބަދަލުގައި ބޭނުންކުރަންޖެހޭ އެއްޗެއް ނޫނެވެ. ހާއްސަކޮށް މާބަނޑު މީހުންނާއި، އެހެނިހެން ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުން، މިފަދަ އެއްވެސް ފަރުވާއެއް ފެށުމުގެ ކުރިން ސިއްހީ މާހިރެއްގެ ލަފާ ހޯދުން ވަރަށް މުހިންމެވެ.