ޕީއެފްއޭ އެވޯޑަށް ހާލަންޑް ނޮމިނޭޓްވެއްޖެ

ޕީއެފްއޭ  އެވޯޑަށް  ހާލަންޑް  ނޮމިނޭޓްވެއްޖެ

އާލިންގް ހާލަންޑަކީ ޕްރޮފެޝަނަލް ފުޓްބޯޅަ އެސޯސިއޭޝަންގެ ފިރިހެން ކުޅުންތެރިންގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓްވި މެންޗެސްޓާ ސިޓީގެ ތިން ކުޅުންތެރިން ތެރެއިން އެކެކެވެ.

އުމުރުން 23 އަހަރުގެ ނޯވޭގެ ކުޅުންތެރިޔާ ވަނީ އިނގިރޭސި ފުޓްބޯޅައިގެ ފުރަތަމަ ސީޒަނުގައި އަޖައިބު ކުރަނި ކުޅުމެއް ދައްކަދީފައެވެ.

އޭނާ ވަނީ ޕެޕް ގާޑިއޯލާގެ ސައިޑުގައި ހުރެގެން ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕް ކާމިޔާބުކޮށް މުބާރާތެއްގައި 52 ގޯލު ޖަހައިފައެވެ.

އާލިންގް އާއި އެކު މެންޗެސްޓާ ސިޓީއިން އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓްވެފައި ތިބި އަނެއް ދެކުޅުން ތެރިންނަކީ ކެވިން ޑަ ބްރޫން އާއި ޖޯން ސްޓޯންސްއެވެ. 

މީގެ އިތުރުން ހަ ކުޅުންތެރިންގެ ޝޯޓްލިސްޓުގައި އާސެނަލްގެ ބުކާޔޯ ސާކާ އާއި މާޓިން އޯޑެގާޑް ގެ އިތުރުން މިހާރު ބަޔާން މިއުނިކަށް ކުޅެމުން އަންނަ ސްޕާސްގެ ކުރީގެ ފޯވާޑް ހެރީ ކޭން ހިމެނެއެވެ.