ޒްލަޓަން އިބްރަހިމޮވިޗް ރިޓަޔަރވެއްޖެ

ޒްލަޓަން އިބްރަހިމޮވިޗް ރިޓަޔަރވެއްޖެ

ސީޒަނުގެ އެންމެ ފަހު މެޗަށް ފަހު އާދީއްތަ ދުވަހު ސެންސިރޯގެ ސަޕޯޓަރުންނާ ވާހަކަ ދައްކަމުން ޒްލަޓަން އިބްރާހިމޮވިޗް ވަނީ އޭނާ ފުޓްބޯޅައާ އަލްވަދާއު ކިޔައިފިކަން އިއުލާން ކޮއްފައެވެ. ފުޓުބޯޅައަށް އަލްވަދާއު ކިޔަސް ސަޕޯޓަރުންނާ ދުރައްނުދާނެކަން ވެސް އޭނަ ވަނހާމަކޮއްފައެވެ.

އޭނާ ވަނީ ޕެރިސް ސެއިންޓް ޖާރމެއިން، މެންޗެސްޓާ ޔުނައިޓެޑް އަދި އޭސީ އަދި އިންޓަ މިލާން ފަދަ ކުލަބުތަކަށް 511 ގޯލް ޖަހައި ހަތަރު ގައުމެއްގެ ލީގު ތަށި ހޯދައިފައެވެ. އަދި މީގެއިތުރުން ބެލޮންޑިއޯ އަށް 11 ފަހަރު ނޮމިނޭޓް ވެސް ވެފައެވެ.

ފޯވާޑް ރިޓަޔާ ވިއިރު އޭނާއަށް ވަނީ 122 މެޗުއްގައި ބައިނަލްއަގުވާމީ ގޮތުން 62 ގޯލު ޖަހައިގެން ސްވިޑެންގެ މިހާތަނަށް  އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

ޒްލަޓަން އިބްރާހިމޮވިޗް އޭނާގެ ފުޓުބޯޅައިގެ ހަޔާތް ސިފަ ކުރަމުން ބުނެފައި ވަނީ "އަހަރެން މުޅި އުމުރު ދުވަހު މިކަން ކުރަމުން މިއައީ. ފުޓްބޯޅަ އަހަރެން ފިރިހެނަކަށް ހެދީ. ދުވަހަކުވެސް ހަޔާތުގައި ނުދަންނަ އެތައް މީހުން ދަސްވި . އަހަރެން ދުނިޔެ ދަތުރު ކުރަން ލިބުނީ ފުޓްބޯޅައިގެ ސަބަބުން. މި ހުރިހާ ކަމެއްވީ ފުޓްބޯޅައިގެ ސަބަބުން" ކަމަށެވެ.