165 ގައިދީންނަށް ފައިސާގެ އިނާމާއި މެޑަލް
ދުބާއީ ޕޮލިހުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ އީ-ފުޓްބޯޅަ މުބާރާތުގައި ދުބާއީގެ 160 އަށް ވުރެ ގިނަ ގައިދީން ބައިވެރިވެ، މީގެން ވަނަތައް ހޯދި ފަރާތްތަކަށް ފައިސާގެ އިނާމާއި މެޑަލް ދިނެވެ.
ގައިދީންނަށް ހާއްސަކޮށްގެން ޕްލޭސްޓޭޝަން ބޭނުންކޮށްގެން ބޭއްވި މުބާރާތް ނިންމާލައިފިއެވެ. މުބާރާތް ކުރިއަށް ގެންދިޔައީ ދުބާއީ ޕޮލިސްގެ ޕޮޒިޓިވް ސްޕިރިޓް އިނިޝިއޭޓިވް އިން ނިންމާލީ ޖެނެރަލް ޑިޕާޓްމަންޓް އޮފް ޕުނިޓިވް އެންޑް ކަރެކްޝަނަލް އެސްޓޭބްލިޝްމަންޓްސް އާއި ވީސްލޭޝް އީސްޕޯޓްސް އާއި ގުޅިގެންނެވެ.
ނިންމުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ ޗެމްޕިއަނުންނަށް ޝަރަފުވެރި އިނާމްތަކާ މެޑެލް ދިން މި މުބާރާތަކީ ހުރިހާ ގައިދީންގެ މެދުގައި ޕޮޒިޓިވިޓީ އާއި ކުޅިވަރު ކުޅުން ކުރިއެރުވުމަށެވެ.
ޖުމްލަ 165 ގައިދީން ބައިވެރިވި މުބާރާތް އެންމެ ފަހުން ނިންމާލީ އެންމެ މޮޅު ކުޅުންތެރިންނަށް ފައިސާގެ އިނާމާއި މެޑަލް ދީގެންނެވެ.