ރޮބާޓޯ ފިރްމީނޯ ސައުދީ ޓީމް އަލް އަހްލީއާ ގުޅިއްޖެ

ރޮބާޓޯ ފިރްމީނޯ ސައުދީ ޓީމް އަލް އަހްލީއާ ގުޅިއްޖެ

ރޮބާޓޯ ފިރްމީނޯ މި ސީޒަން ނިމުމުން ލިވަޕޫލުން ވަކިވުމާ ގުޅިގެން ސައުދީ ޕްރޯ ލީގުގެ އަލް އަހްލީ އަށް ސޮއިކޮށްފިއެވެ.

އުމުރުން 31 އަހަރުގެ ބްރެޒިލް ފޯވާޑް ލިވަޕޫލް ދޫކޮށްލީ އޭނާގެ ކޮންޓްރެކްޓް ހަމަވުމާ އެކުއެވެ.

އަލް އަހްލީއާއެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ފިރްމީނޯ ވަނީ ލިވަޕޫލަށް 362 މެޗު ކުޅެ 111 ގޯލް ކާމިޔާބުކޮށްދީފައެވެ. ބްރެޒިލްގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ އިނގިރޭސި ކްލަބުގައި ހޭދަކުރި ދުވަސްވަރު ވަނީ ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕް އަދި ކަރަބައޯ ކަޕް ކާމިޔާބުކޮށްފައެވެ.