ޗެލްސީގެ ހެޑް ކޯޗަކަށް ޓޮޓެންހަމްގެ ކުރީގެ ކޯޗު

ޗެލްސީގެ ހެޑް ކޯޗަކަށް ޓޮޓެންހަމްގެ ކުރީގެ ކޯޗު

ޗެލްސީގެ އާ ކޯޗަކަށް ޓޮޓެންހަމް އަދި ޕެރިސް ސެއިންޓް ޖާމައިންގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ހަމަޖައްސައިފިއެވެ.

އުމުރުން 51 އަހަރުގެ އާޖެންޓީނާއަށް އުފަން މައުރީސިއޯ އޭނާގެ އާ ރޯލު ފަށާނީ 1 ޖުލައި 2023 ގައި ދެ އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. އަދި އިތުރަށް އަހަރެއް އެޔަށް އިތުރުކުރުމުގެ އިހުތިޔާރުވެސް އޭނާއަށް ވަނީ ލިބިފައެވެ.

ކްލަބުން ބުނާ ގޮތުން މައުރީސިއޯ އަކީ ފާހަގަކޮށްލެވޭ ޓްރެކް ރެކޯޑެއް އޮތް ދުނިޔޭގެ ފެންވަރުގެ ކޯޗެކެވެ. އަދި އެމީހުން އެންމެން ވެސް އިންތިޒާރު ކުރަމުން އައީ އޭނާ އެ ބޯޓަށް އަރުވަން ކަމަށެވެ. މީގެ އިތުރަށް ޗެލްސީން ބުނެފައިވަނީ ޕޮޗެޓީނޯ އަކީ އެ މީހުންގެ ފުރަތަމަ ޗޮއިސް ކަމަށާއި އަދި މަޝްވަރާކޮށްގެން ކަންކަން ކުރަން އެ ކްލަބަށް ގެނައި ހަމައެކަނި ކޯޗު ކަމަށެވެ.

މައުރީސިއޯ މަސައްކަތް ކުރާނީ ސްޕޯޓްސް ޑައިރެކްޓަރުން ކަމަށްވާ ޕައުލް ވިންސްޓަންލީ އާއި ލޯރެންސް ސްޓިވަޓްއާ އެކުގައެވެ.