މޮރޮކޯގެ އެލް މޮރަބިޓީ ސަހަރާ މެރެތަން ކާމިޔާބުކޮށްފި

މޮރޮކޯގެ އެލް މޮރަބިޓީ ސަހަރާ މެރެތަން ކާމިޔާބުކޮށްފި

37 ވަނަ "މެރެތަން ޑެސް ސޭބަލްސް، އަ ޑެޒާޓް އަލްޓްރާ-ޓްރައިލް އިން ސެލްފް-ސަފިޝިއެންސީ" (250) ކިލޯ މީޓަރުގެ ރޭސް މޮރޮކޯގެ މުހައްމަދު އެލް މޮރަބިޓީ ކާމިޔާބުކޮށްފިއެވެ. މިރޭސް ކުރިއަށް ގެން ގޮސްފައިވަނީ އެފްރިކާގެ 40.5 ޑިގްރީ ސެލްސިއަސް ހޫނު ސަހަރާގައެވެ. އެލް މޮރަބިޓީ ވަނީ އެންމެ ފަހު ސްޓޭޖުގައި އޭނާގެ ޓީމުގެ އަޒީޒް ޔަޗޫ 2:54 މިނިޓްގެ ތަފާތުން ބަލިކޮށް އެއްވަނަ ހޯދާފައެވެ.

މުހައްމަދު އެލް މޮރަބިޓީ ފުރަތަމަ ފަހަރަށް ސަހަރާ އަލްޓްރާ ޓްރޭލް އިން ސެލްފް-ސަފިޝިއެންސީ ކާމިޔާބު ކުރީ އޭނާގެ ބޭބެ ރާޝިދާ ވާދަކޮށް ފަސް ފަހަރު ދެވަނަ ހޯދުމަށްފަހުގައެވެ.

"އަހަރެންގެ ބޭބެއަށްޓަކައި އަހަރެން ވަރަށް ދެރަވޭ" އެލް މޮރަބިޓީ އޭނާގެ މޮޅަށް ފަހު ބުންޏެވެ. "އޭނާ މޮޅުވާން ޖެހޭނީ އެކަމަކު މިއީ ކަން އޮތް ގޮތް، އަންނަ އަހަރު އިންޝާالله".

10 ވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދުމަށް އަޒުމް ކަޑައަޅައިގެން ހުރި ރާޝިދު އެމްޑީއެސްގެ ކެރަވަން ދޫކޮށްލީ ހަތަރު ވަނަ ސްޓޭޖުގައި ރޭހުން ބޭރުން މީހެއްގެ އެހީ ހޯދުމާގުޅިގެން ލިބުނު ތިން ގަޑިއިރުގެ ޕެނަލްޓީއާ ގުޅިގެންނެވެ.