އަތްގޮއްޓެއްހާ އަލްމަންޑް ކޮންމެ ދުވަހަކު ނުކަނީކީއްވެ!
އަލްމަންޑުން ލިބޭ ސިއްހީ 9 ފައިދާއެއް ފާހަގަ ކޮށްލެވޭ
އަލްމަންޑްގައި އެންޓިއޮކްސިޑެންޓްސްއާއި ވިޓަމިން އީ އާއި ޕްރޮޓީނާއި ފައިބަރު ގިނައިން ހުރެއެވެ. އަލްމަންޑުން ސިއްހީ ފައިދާތަކެއް ލިބިެއެވެ. އޭގެ ތެރޭގައި ހިތުގެ ސިއްހަތަށް އެހީތެރިވުމާއި ލޭގެ ޕްރެޝަރު ދަށްކުރުމާއި އެހެނިހެން ވަރަށް ގިނަ ކަންކަން ހިމެނެއެވެ. އަލްމަންޑަކީ އޮށެއްގެ ކެވޭ މަދެކެވެ. އެއީ މެދު އިރުމައްޗަށް ނިސްބަތްވާ އެއްޗެއް ނަމަވެސް މިހާރު ދުނިޔޭގައި އެންމެ ގިނައިން އަލްމަންޑް އުފައްދާ ގައުމަކީ އެމެރިކާއެވެ.
ދުނިޔޭގެ އެންމެ މަގުބޫލު ނަޓްސްގެ ތެރޭގައި އަލްމަންޑް ހިމެނެއެވެ. އެއީ ވަރަށް ގިނައިން ނިއުޓްރިޝަން އެކުލެވޭ އަދި ސިއްހަތަށް ވަރަށް ފައިދާ ހުރި ފެޓްސާއި އެންޓިއޮކްސިޑެންޓްސް އާއި ވިޓަމިނާއި މިނަރަލްސް އިން މުއްސަނދި ބާވަތެކެވެ. ފިހާރަތަކުން ގަންނަން ލިބެން ހުންނަ އަލްމަންޑް މަދު ރޯކޮންނާއި ހަނާކޮށްގެން ވިއްކައެވެ. ކިރާއި ތެލާއި ބަޓަރާއި ފުށާއި ޕޭސްޓާއި މާޒިޕަން ފަދަ އުފެއްދުންތައް އުފެއްދުމަށް އަލްމަންޑް ބޭނުން ކުރެއެވެ.
އަލްމަންޑުން ލިބޭ ސިއްހީ 9 ފައިދާއެއް ފާހަގަ ކޮށްލެވެއެވެ. އެއިގެ ތެރެއިން އެއްކަމަކީ ގިނަ އަދަދެއްގެ ނިއުޓްރިއެންޓްސް ފޯރުކޮށްދިނުމެވެ. ފާހަގަ ކޮށްލެވޭ ނިއުޓްރިއެންޓް ޕްރޮފައިލެއް އަލްމަންޑްގެ އޮވެއެވެ.
1 އައުންސް ނުވަތަ 28 ގްރާމްގެ އަލްމަންޑްގައި އަންނަނިވި މިންވަރަށް ފައިދާ ހުރި މާއްދާތައް ހިމެނޭކަމަށް އިތުބާރުހުރި ފަރާތްތަކުން ކަށަވަރު ކޮށްދެއެވެ. އެ ގޮތުން މިދެންނެވި މިންވަރުގެ އަލްމަންޑުގައި:
ފައިބަރު: 3.5 ގްރާމް، ޕްރޮޓީން: 6 ގްރާމް، ފެޓް: 14 ގްރާމް ހިމެނެއެވެ. އޭގެ ތެރެއިން 9 ގްރާމް ފެޓުން ލިބެނީ މަންފާއެވެ.
އެ މިންވަރުގެެ އަލްމަންޑް ބޭނުން ކުރާނަމަ ވިޓަމިން އީ ދުވާލަކު ލިބޭ މިންވަރަކީ %48 އެވެ. މެންގަނީޒް ގެ ދުވަހީ މިންވަރަކީ %27 އެވެ. މެގްނީޒިއަމްގެ ދުވަހީ މިންވަރަކީ %18 އެވެ. ރަނގަޅު މިންވަރަކަށް ކޮޕަރ އާއި ވިޓަމިން ބީ2 އާއި ފޮސްފަރަސް ވެސް އެކުލެވިގެންވެއެވެ. މި ހުރިހާ ފައިދާއެއް ލިބެނީ އަތް ގޮއްޓެއްހާ އަލްމަންޑުންނެވެ. އޭގައި 164 ކެލޮރީ އާއި 6 ގްރާމް ކާބޯހައިޑްރޭޓް ހިމެނޭއިރު 3.5 ގްރާމް ފައިބަރު ވެސް ހިމެނެއެވެ. ފާހަގަ ކޮށްލަންޖެހޭ މުހިންމު ކަމަކީ އަލްމަންޑުގައި ހުންނަ ސަރުބީގެ %6 ވަރުން ގެއްލުމެއް ނުލިބެނީ ސަރުބީ ހަޖަމުކުރާ އެންޒައިމްތަކަށް އޭގެން ބާރު ނުފޯރާކަމެވެ.
އަލްމަންޑުގައި ފައިޓިކް އެސިޑްއަކީ ގިނައިން ހުރުމުން އަލްމަންޑަކީ ގެއްލުންދޭ ވަކި މާއްދާތަކެއް ހިފެހެއްޓި ހަށިގަނޑަށް ގެއްލުން ދިނުން ހުއްޓުވާ މާއްދާއެކެވެ. އާންމުކޮށް ފައިޓިކް އެސިޑަކީ ސިއްހަތަށް ފައިދާހުރި އެންޓިއޮކްސިޑެންޓެއްގެ ގޮތުގައި ބެލެވެއެވެ. ހަށިގަނޑުން ގެއްލޭ ދަގަނޑާއި ޒިންކް އަދި ކެލްސިއަމްގެ މިންވަރު ވެސް އަލްމަންޑުން ދަށްކޮށްދެއެވެ.