ފުވައްމަލަކުގާ އިބޫއެޅި ފެންހިންދާ ނިޒާމު %100 ކާމިޔާބު!
ރައްޔިތުން ޝުކުރުވެރި ކަމާއެކު ހިތު ލޯބިން މިއަދު ބަލައިގެންފި
މި ދުވަސްވަރަކީ މުޅި ރާއްޖެއަށް މޫސުމް ގޯސްވެ ފެން ބޮޑުވުމުގެ ނުރައްކަލާ ގިނަ ރަށް ރަށުން ކުރިމަތިލާން ޖެހިފައިވާ ދުވަސްވަރެކެވެ. ރަށް ރަށުގައި ފެން ބޮޑުވެގެން ބޮޑެތި ގެއްލުންތައް ވަމުން އެބަދެއެވެ.
ފުވައްމުލަކަކީ ޒަމާނުއްސުރެ ފެންބޮޑު ވުމުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވަމުން އަންނަ ރަށެވެ. ފުވައްމުލަކު އުފެދިފައި އޮތް ގޮތުން އެ ރަށުގައި ނުރައްކާތެރި މިންވަރަކަށް ފެން ބޮޑުވުމަކީ އާއްމު ކަމެކެވެ. ފުވައްމުލަކުގާ ފެން ބޮޑުވުމުގެ މައްސަލައަކީ އިބޫ ވެރިކަމުގެ ކުރިން ސަރުކާރުތަކަށް ހައްލުކުރަން އެންމެ ދަތިވެފައިވާ އެއް މައްސަލައެވެ. ރަށުގެ އެކި ހިސާބުގައި ދާއިމީ ކާނު ކަނޑައިގެންވެސް ފުވައްމުލަކުގައި ފެން ބޮޑުވުން އޮތީ ހައްލު ނުވެފައެވެ.
ރައީސް އިބޫ ވެރިކަމަށް ވަޑައިގަތުމަށް ފަހު ކުޑަރަށެއް ބޮޑުރަށެއް ނުބައްލަވާ މުޅި ރާއްޖޭގައި ހިންގެވި އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ ދަށުން ފުވައްމުލަކުގައި މަގުހެދުމާއި ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރެއްވިއެވެ. ރަނގަޅުފެން ވަރަށް އެ ރަށުގެ ގިނަ މަގުތަކެއް ހެއްދެވިއެވެ. އެންމެ ޒަމަނީ ފެންވަރަށް ފެން ހިންދާ ނިޒާމު ގާއިމު ކުރެއްވިއެވެ.
ޒަމާންވީ ބުރަ އެހާމެ އުނދަގޫ މަސައްކަތް ހިންގެވުމުގެ އާރުކާޓީއަކަށް ހުންނެވީ އޭރު އެމްޓީސީސީގެ ސީއީއޯ ގެ މަގާމުގައި ހުންނެވި މިހާރުގެ މާލެސިޓީ މޭޔަރ އާދަމް އާޒިމެވެ. އާދަމް އާޒިމްގެ ސީދާ ބެއްލެވުމުގެ ދަށުން އެމްޓީސީސީން ފުވައްމުލަކުގެ މަގުތައް ހަދާ ފެންހިންދާ ނިޒާމް ގާއިމުކުރެއްވީ ވަރަށްވެސް ޔަގީންކަމާއި ކާމިޔާބު ކަމާއެކުގައެވެ.
އާދަމް އާޒިމް އިސްވެ ހުންނަވާ ގާއިމު ކުރެވުނު ފުވައްމުލަކު ފެންހިންދާ ނިޒާމަކީ %100 ކާމިޔާބު މަސައްކަތެއްކަން ފުވައްމުލަކު ރައްޔިތުން ޝުކުރުވެރި ކަމާއެކު ހިތު ލޯބިން މިއަދު ބަލައިގެންފިއެވެ. މުޅި ރާއްޖެއަށް ކުރަމުންދާ ދިގުލީ ވިއްސާރައިގައި ފުވައްމުލަކުގައި ފެން ބޮޑުވެގެން އުޅުމުގެ ބިރެއް ނެތެވެ. މިކުރާ ދުގުލީ ގަދަ ވިއްސާރައިގައި ވެސް ވިއްސާރަ ހުއްޓާލުމާއެކު ފެންގަޑު ހިނދިގެން ދާކަށް ލަހެއް ފަހެއް ނުވެއެވެ. ޒަމާނުއްސުރެ ފެން ބޮޑުވުމުގެ ނުރައްކަލާ އަބަދުމެ ކުރިމަތިލަމުން އައި ފުވައްމުލައް މިއަދު އެވަނީ އެ ނުރައްކަލުން ސަލާމަތްވެފައެވެ.
ޝުކުރުވެރި ކަމުގެ ބަސްތަކުން ކުރީގެ ރައީސް ސޯލިހަށާއި އާދަމް އާޒިމަށް ފުވައްމުލަކު ރައްޔިތުން ދަނީ ތައުރީފް އޮއްސަމުންނެވެ. އާދަމް އާޒިމްގެ ކުޅަދާނަކަމާއި ހިންގުންތެރިކަމާއި ނަތީޖާ ނެރެދެއްވުމުގައި ގެންގުޅުއްވާ ހުނަރާއި ޑެޑިކޭޝަނާއި ދުރުވިސްނުމަށް އެތައްހާސް ބަޔަކު މިއަދު އެބަ ސެލިއުޓްކުރެއެވެ.