އައިއެޗްޖީ ހޮޓާ ފްލޯޓިން ސިޓީ އޮކްސަގަންގައި

އައިއެޗްޖީ ހޮޓާ ފްލޯޓިން ސިޓީ އޮކްސަގަންގައި

އިނގިރޭސިވިލާތުގެ ހޮޓެލް ކުންފުނި އައިއެޗްޖީ ހޮޓެލްސް އެންޑް ރިސޯޓްސް އިން ސައުދީ އަރަބިއްޔާގެ އައްސޭރިފަށުގެ ސިނާއީ ސިޓީ އޮކްސަގަންގައި ފުރަތަމަ ޕްރޮޕަޓީ އެޅުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އައިއެޗްޖީ އަކީ ހޮލިޑޭ އިން، އިންޓަކޮންޓިނެންޓަލް، އިންޑިގޯ އަދި ކްރައުން ޕްލާޒާ ފަދަ އައިކޮނިކް ބްރޭންޑްތަކުގެ ފަހަތުގައި ވާ މަޝްހޫރު ނަމެވެ.

އޮކްސަގަން އަޅަނީ ދުނިޔޭގެ އެންމެ ބޮޑު ފްލޯޓިން އިންޑަސްޓްރިއަލް ކޮމްޕްލެކްސްގެ ގޮތުގައިއެވެ. މި ސިޓީ 2023 ވަނަ އަހަރުގެ ނިޔަލަށް 90،000 މީހުންނަށް ދިރިއުޅެވޭނެ ކަމަށް ލަފާކޮށްފައިވާއިރު، އެ ސިޓީއަށް ކަރަންޓް ދޭނީ 100 ޕަސެންޓް ސާފު ހަކަތައިންނެވެ.

ސައުދީ އަރަބިއްޔާގައި 35އަށް ވުރެ ގިނަ ހޮޓަލް ހިންގާ އައިއެޗްޖީ ހޮޓެލްސް އެންޑް ރިސޯޓްސް އިން އޮކްސަގަންގައި ހޮޓެލް އިންޑިގޯ ޕްރޮޕަޓީ 2026 ވަނަ އަހަރު ހުޅުވުމަށް ހަމަޖެހިފައިވާ 250 ކޮޓަރީގެ މި ހޮޓަލަކީ ފްލޯޓިން ސިޓީގެ ފުރަތަމަ ރެސިޑެންޝަލް ކޮމިއުނިޓީގައި ގާއިމްކުރާ ހޮޓަލެވެ.

އިންޑިގޯ ހޮޓަލަކީ ޕޫލް ލައުންޖަކާއި ކެފޭތަކާއި ހާސްސަ ރެސްޓޯރެންޓް ފަދަ ގިނަ ވަސީލަތްތަކެއް ލިބިގެންދާނެ ލައިފް ސްޓައިލް މަންޒިލެއްގެ ގޮތުގައި ފަރުމާކުރާ ހޮޓަލެކެވެ. އަދި ޕްރޮޕަޓީގެ ރައްޔިތުންނާއި ޒިޔާރަތްކުރާ ފަރާތްތަކަށް ސްޕާ އާއި 24 ގަޑިއިރު ފިޓްނަސް ސެންޓަރު ހިމެނޭ ގޮތަށް ޗުއްޓީ ހޭދަކުރުމާއި ދުޅަހެޔޮކަމުގެ ގިނަ ވަސީލަތްތަކެއް ވެސް މިތަނުން ލިބިގެންދާނެއެވެ.