ސްޓެލްކޯގައި ފަޔަރ އެވެއާރނެސް ޓްރެއިނިންގއެއް ހިންގުން

އެމްއެންޑީއެފްއާއި ގުޅިގެން ސްޓެލްކޯގެ އިންޖީނުގެތަކުގެ މުވައްޒަފުންނަށް ދިން ތަމުރީނުތަކެއް

ސްޓެލްކޯގައި ފަޔަރ އެވެއާރނެސް ޓްރެއިނިންގއެއް ހިންގުން

ރައްކާތެރިކަމަށް އިސްކަންދީ، އަލިފާނުގެ ސަބަބުން ކުރިމަތި ވެދާނެ ނުރައްކާ ތަކުން ރައްކާތެރި ވުމަށް ސްޓެލްކޯއިން އެ ކުންފުނީގެ ބައެއް އިންޖީނުގެތަކުގެ މުވައްޒަފުންނަށް ވަނީ އަލިފާނަށް ހޭލުންތެރި ކުރުވުމުގެ ބޭސިކް ފަޔަރ އެވެއާރނެސް ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މި ތަމުރީނު ތަކަކީ ސްޓެލްކޯއިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސިވިކް ޑިޕާޓްމަންޓާ ގުޅިގެން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގުރާމް ތަކެކެވެ.

ސްޓެލްކޯއިން މި ތަމުރީނުތައް ހިނަގާފައިވަނީ އއ. އަތޮޅު މަތިވެރި، ފެރިދޫ، މާޅޮސް އަދި ހިމަންދޫގައެވެ. މި ތަމުރީނުތައް ކުރިއަށް ގޮސްފައި ވަނީ ތިޔަރީ އަދި ޕްރެކްޓިކަލް ކުލާސް ތަކެއްގެ ގޮތުގައެވެ.

މިގޮތުން މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ އަލިފާނުގެ ހާދިސާއަކުން ސަލާމަތްވެ ތިބުމަށާއި އެފަދަ ކަމެއް ދިމާވެއްޖެ ހާލަތެއްގައި އަމަލު ކުރާނެ ގޮތްތައް ދަސްކޮށްދިނެވެ. އަދި އަލިފާން ނިއްވުމަށް ބޭނުންކުރެވޭ ތަފާތު ވައްތަރުގެ ފަޔާރ އެސްޓެންގުޝާރތަކާއި، އެކިހާލަތް ތަކުގައި އެ ހާލަތަކާ ގުޅޭ އަލިފާން ނިއްވުމުގެ އާލާތްތައް ބޭނުން ކުރާނެގޮތް ކިޔާދިނުމުގެ އިތުރުން އަމަލީގޮތުން އެކަން ކުރާނެ ގޮތްވެސް މި ތަމުރީނުގެ ބައިވެރިންނަށް ކިޔާދީފައިވެއެވެ.

ސްޓެލްކޯއިން ފާހަގަ ކުރިގޮތުގައި މި ސެޝަންތަކުގެ މައިގަނޑު މަގުސަދަކީ އަލިފާނުގެ ހާދިސާތައް ހިނގުމައް މަގުފަހިވެދާނެ ކަންކަން ދެނެގަތުމާއި، ރައްކާތެރި ކަމާއެކު މަސައްކަތް ކުރުމުގެ ގަވައިދުތައް ތަންފީޒު ކުރުމާއި، އިވެކުއޭޝަން ޕްރޮޓޮކޯލްތައް ހަރުދަނާ ގޮތެއްގައި ތަންފީޒު ކުރުމަށް ގާބިލު މުވައްޒަފުން ތަކެއް އުފެއްދުމެވެ.