އެމްޕީއެލް ސީނިއަރ މެނޭޖްމަންޓްގެ ހާއްސަ ތަމްރީނު ޕްރޮގްރާމް

ހިއުމަން ރިސޯސް ޕްރޮގުރާމެއް އެމްޕީއެލްގެ ސީނިއާރ މެނޭޖްމަންޓަށް ހާއްސަ - ސެސަން 2

އެމްޕީއެލް ސީނިއަރ މެނޭޖްމަންޓްގެ ހާއްސަ ތަމްރީނު ޕްރޮގްރާމް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން "ކޮމްޕްލަޔަންސް ވިތް އެޗްއާރު ޕޮލިސީސް އެންޑް ޕްރޮސީޖާސް: އެވްރީވަންސް ރެސްޕޮންސިބިލިޓީ" ގެ ނަމުގައި މިމަހުގެ 13 ވަނަ ދުވަހު ފެށުނު ވޯކްޝޮޕްގެ ދެވަނަ ސެޝަން  ކުރިއަށް ގެންގޮސްފައި ވަނީ މަޝްހޫރު "ކްރޮސް ރޯޑްސް ވެނިއު"ގައެވެ. މި ވޯކްޝޮޕަކީ އެ ކުންފުނީގެ ތެރޭގައި އެޗްއާރު މެނޭޖްމަންޓް ޕްރެކްޓިސްތައް އިތުރަށް ހަރުދަނާކޮށް، އެޗްއާރު ސިޔާސަތުތަކާއި ޤަވައިދުތަކަށް ބޯލެނބުމުގެ މުހިންމުކަން އިތުރަށް ރަނގަޅަށް ދަސްކޮށް ދިނުމުގެ ގޮތުން ހިންގަމުން ގެންދާ ވޯކްޝޮޕެކެވެ.

ރަނގަޅު އަހުލާގާއި އާދަތަކާއި ޒިންމާދާރުވުމުގެ ސިފަ ދެމެހެއްޓުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން ދާއިރު، މުވައްޒަފުންނާއި ގުޅުންހުރި ކަންކަން ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމަކީ އެކުވެރި އަދި އުފެއްދުންތެރި މަސައްކަތުގެ މާހައުލެއް ޤާއިމުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. މި ވޯކްޝޮޕްގެ ދެވަނަ ސެޝަންއިން ވެސް ރަމްޒުކޮށް ދެނީ ދެ ފުށް ފެންނަ އަދި ޖަވާބުދާރީވުމުގެ ސަގާފަތެއް ގާއިމުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތް ތަކެވެ.

އެމްޕީއެލްއިން ހާމަކުރި ގޮތުގައި އެޗްއާރު ސިޔާސަތު ތަކާއި ގަވައިދުތައް ފުޅާ ދާއިރާއެއްގައި އެނގިގެން ދިއުމުން އެ ކުންފުނީގެ ކުރިމަގު އިތުރަށް އުޖާލާވެގެންދާނެއެވެ. އަދި މި ބައްދަލުވުމުގައި އެ ކުންފުނީގެ ކުރިމަގު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގާބިލުކަން ބައިވެރިންނަށް ލިބިގެންދާނެއެވެ. އެމްޕީއެލް  ސީނިއަރ މެނޭޖްމަންޓުން މި ފަދަ ވޯކްޝޮޕެއް ހިންގުމުން ދައްކުވައި ދެނީ އެ ކުންފުންނިން  ދެފުށް ފެންނަ އަދި ޖަވާބުދާރީވުމުގެ ސަގާފަތެއް ގާއިމުކުރުމަށް ޓަކައި ކުރަމުން ގެންދާ މިންނެތް މައްސަކަތްތަކެވެ.