މަދަރުސީވެއްޓަށް އެންމެކުރިއެރުން ލިބުނު ވެރިކަން

ތައުލީމީ ދާއިރާގައި ބޮޑެތި 221 މަޝްރޫއު ހަތަރު ތެރޭގައި ހިންގާފައިވޭ

މަދަރުސީވެއްޓަށް އެންމެކުރިއެރުން ލިބުނު ވެރިކަން

ރައީސް ސާލިހުގެ ވެރިކަމަކީ ވަކި ދާއިރައެއް އިހުމާލު ކުރުމެއްނެތި ހަމަހަމަ ކަމާއެކު ކުރާ ހެޔޮ ވެރިކަމެކެވެ. ރައީސް ސާލިހުގެ ވެރިކަމުގައި ރަށްރަށުގައި ފެނާ ނަރުދަމާ އެކަނި އެޅީއެއް ނޫނެވެ. ބަދަރުހަދާ ރަށްރަށުގެ ގިރުން ހައްލުކުރީ އެކަންޏެއް ނޫނެވެ. ކުޅޭ ބިންތަކާއި މަގު ހެދުން ނޫނަސް ގިނަގުނަ އެތައްކަމެއް ކޮށްފިއެވެ. 

ތައުލީމީ ދާއިރާއިން އެތައް ހާސް ކުދިންނަށް ހިލޭ ޑީގްރީއަށް ކިޔަވާނެ ފުރުސަތު ދީފައި ފުއްދާލީއެއް ނޫނެވެ. ޒަމާނީ ފެންވަރުގައި އެތައް ތައުލީމީ ބިނާއެއް ބިނާކޮށް ގައުމު ވަނީ އާރާސްތު ކޮށްފައެވެ. އެންމެ ހަތަރު އަހަރުގެ ތެރޭގައެވެ. ވެރިކަމަށް އައިރު ނުނިމި ހުރި ތަންތަން ހެޔޮބަދަލު ތަކާއެކު ނިންމިއެވެ. މުޅިން އަލަށް އެތައް މަޝްރޫއެއް ހިންގާ ނިންމިއެވެ. އެންމެ ޒަމާނީ ފެންވަރުގައެވެ. 

ތައުލީމީ ދާއިރާގައި ބޮޑެތި 221 މަޝްރޫއު ހަތަރު ތެރޭގައި ހިންގާފައިވެއެވެ. 1578 ކްލާސްރޫމާއި 85 މަލްޓިޕާޕަސް ހޯލު ބިނާ ކޮށްފައި އެވަނީ ހުސްވި ހަތަރު އަހަރު ތެރޭގައި ރައީސް ސާލިހުގެ ހެޔޮވެރިކަމުގައެވެ. ލެބޯޓްރީއާއި ލައިބްރަރީއާއި ސްޓާފް ރޫމާއި އޮފީސް އިމާރާތާއި ވަށާފާރު ފަދަ 509 އެހެނިހެން ޕްރޮޖެކްޓްތައް އެކި ސްކޫލުތަކުގައި ހިންގާ ޒަމާނީ ފެންވަރަށް މަދަރުސީވެށި ވަނީ ބަދަލުކޮށްލާފައެވެ. 

ބޮޑެތި ވާހަކަ ދައްކާ ރައްޔިތުންނަށް އޮޅުވާލަން އުޅުނަސް އޮޅުވާ ނުލެވޭވަރަށް އެހުރީ ކަންކަން ކޮށްފައެވެ. އެތަން ތަނަށް ގޮސް އަމިއްލަ ލޮލުން ދެކި އަތުން ހިފާށެވެ. އަންނަނީ އަންނަނީ އެއް ނޫނެވެ. އެހުރީ އައިސް ނިމިފައެވެ. ކޮށްފައެވެ. ނިންމާފައެވެ.