މީހުން ބިނާކުރުމުގައި ފެނަކަ
އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓަނަންސް ކޯހުގެ ބެޗް 4 : ތިމަރަފުށި
ކޮންމެ ކަމެއްވެސް ފެންވަރު ހުރި ގޮތެއްގައި ކުރެވޭނީ އެކަމެއް ކުރަން އޮންނަ ގޮތަށް ކޮށްގެންނެވެ. ކުރަން އޮންނަ ގޮތަށް ކަމެއް ކުރެވޭނީ ރަނގަޅަށް އެކަމެއް ކުރާން ދަސްކޮށްގެންނެވެ.
ފެނަކައަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަކަށް ކަރަންޓްގެ ހިދުމަތްދޭ ކުންފުންޏެކެވެ. ފެނަކައިން ދޭ ހިދުމަތަކީ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ އިތުބާރު ހުރި ފެންވަރު ހުރި ހިދުމަތަކަށް ވާނީ ހިދުމަތް ދޭން ތިބޭ މީހުންނަކީ އެ މީހެއްގެ މަސައްކަތުގެ ދާއިރާއިން ތައުލީމާއި ތަމްރީނު ލިބިފައިތިބި ބަޔަކަށް ވެގެންކަން ފެނަކައިގެ އިސްވެރިންނަށް އެނގެއެވެ. އެހެން ކަމުން ފެނަކަ އިންސްޓްޓިއުޓް އުފައްދާ މީހުން ބިނާ ކުރުމުގެ މަސައްކަތް ފެށިއެވެ.
ކަރަންޓް ވައިރުކުރުމާއި މެއިންޓެއިންކޮށް ބެލެހެއްޓުމަށް ދަސްކޮށް ދިނުމަށް ފެނަކަ އިންސްޓިއުޝަނުން ހުއްޓާނުލާ ރާއްޖޭގެ ކަންކޮޅުތަކުގައި ކޯސްތައް ހިންގަމުން ދެއެވެ.
ގައުމީ ސަނަދު ލެވެލް ތިނެއްގެ ފެންވަރަށް ހިންގާ އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓަނަންސް ކޯހުގެ ބެޗް 4ގެ ތ. ތިމަރަފުށީ ގްރޫޕް 2ގެ އަމަލީ އެސިސްމެންޓް ބާއްވައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމް ނިންމުމުން އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓަނަންސް އިން ލެވެލް ތިނެއް ގައުމީ ސަނަދެއް ލިބި ވައިރުކުރުމާއި މެއިންޓަނަންސް ކުރާނެ ގޮތް ދަސްވެއެވެ.