ވާވު ހޮސްޕިޓަލަށް ސްޓެލްކޯގެ އެހީތެރިވުން

ލެބޯޓަރީގެ 2 ފްރިޖް އިންސިޓޯލް ކުރުން

ވާވު ހޮސްޕިޓަލަށް ސްޓެލްކޯގެ އެހީތެރިވުން

ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގެ ރައްޔިތުންނަށާއި މުއައްސަސާތަކަށް ސްޓެލްކޯގެ އެހީތެރިކަން ފޯރުކޮށް ދެމުން ގެންދެއެވެ. އެގޮތުން ހުސްވި ހަފްތާގައި ވ. އަތޮޅު ހޮސްޕިޓަލްގެ އެދުމުގެ މަތިން ސްތެލްކޯއިން ވަރަށް ބޮޑު އެހީތެރިކަމެއް ވަނީ ފޯރުވާ ދީފައެވެ.

ވ. އަތޮޅު ހޮސްޕިޓަލްގެ ލެބޯޓަރީއަށް ގެނެސްފައިވާ ދެ ރެފްރިޖެރޭޓަރު އިންސްޓޯލް ކުރުމަށް ފެލިދޫ އިންޖީނުގޭގެ މުވައްޒަފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ރައްޔިތުންގެ ލާބައަށް ކުރެވޭ މިފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އަބަދުވެސް ލިބޭ އުފަލެއް ކަމަށް ސްޓެލްކޯ ދެކެއެވެ.