ކިތަންމެ ބާރުގަދަ ދޮގަކަށްވެސް ހަގީގަތް ފޮރުވައެއް ނުލެވޭނެ: އައިޝާ

ކިތަންމެ ބާރުގަދަ ދޮގަކަށްވެސް ހަގީގަތް ފޮރުވައެއް ނުލެވޭނެ: އައިޝާ

ދުނިޔެއަކީ ތަފާތު މިޒާޖުތަކާއި ސިފަތަކުގެ އިންސާނުން ދިރިއުޅެމުންދާ ތަނެކެވެ. ބައެއް ފަހަރު، އެންމެ ބޮޑަށް އިތުބާރުކުރާ ފަރާތަކީ، މުޅި ދިރިއުޅުން ބަރުބާދުކޮށްލާ މީހާ ކަމުގައި ވެދެއެވެ. އައިޝާގެ ހަޔާތުން ފެނިގެންދިޔައީ މިފަދަ ހިތްދަތި އަދި އަސަރުގަދަ ހަގީގަތެކެވެ.

ކައިވެނީގެ ފޮނި އުންމީދުތަކުން ހިތް އުފާކޮށްދޭނެ ކަމަށް ވަައުދުވެ، ގާތް ގުޅުމެއް ބޭއްވުމަށްފަހު، އެ މީހާ އައިޝާއަށް ދިނީ ހީވެސް ނުކުރާ ފަދަ ކެހިވެރި ލަނޑެކެވެ. ވައުދު އުވާލައިގެން ދިން ކެހިވެރި ލަނޑަށްވުރެ ބޮޑު ހިތްދަތިކަމަކާ އައިޝާ ކުރިމަތިލާން ޖެހުނީ، އެފަދަ ކަމެއް ހިނގާފައި ނުވާ ކަމަށް ބުނެ، މީސްތަކުންގެ ކުރިމަތީގައި އެ ކެހިވެރިޔާ އެކަން ދޮގުކޮށް، އައިޝާގެ އަބުރާއި އިއްޒަތް ކަތިލަން ފެށުމުންނެވެ.

އައިޝާގެ ހިތުގެ އުދާސްތައް ބޭރުކޮށްލަމުން އޭނާ ބުންޏެވެ. "ހަގީގަތަކީ ބޮޑު 'ދޮގެއް' ކަމަށް ހަދައި، ބައެއް މީހުންނަށް މުޖުތަމައުގެ ކުރިމަތީގައި އަޑުހަރުކޮށް ވާހަކަ ދެއްކިދާނެއެވެ. އެހެންނަމަވެސް، އެ ހާދިސާއެއްގެ ހިތިކަން ތަހައްމަލުކުރި މީހަކަށް، ކަން ހިނގި ސީދާ ގޮތާއި، ފަރުދާގެ ފުރަގަހުގައި ތިބެ އެ ހަގީގަތް ފޮރުވަން އުޅުނު ކޮންމެ މީހަކުވެސް ވަރަށް ސާފުކޮށް އެނގޭނެއެވެ. ދޮގުތަކަށް އަތްޖަހައި މަރުހަބާ ކިޔައި، ހަގީގަތް އޮޅުވައިލުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް ގެންދިޔަ ނަމަވެސް، އެއްވެސް ދޮގަކަށް ހަގީގަތުގެ ނޫރު އަބަދަށްޓަކައި ނިންވައެއް ނުލެވޭނެއެވެ." ބުނެވި އެ ދިޔައީ އައިޝާގެ ހިތުގެ ފުންމިނުން ނިކުތް ތެދުވެރި އަދި އިހުސާސްތަކުން ފުރިގެންވާ ބަސްތަކެކެވެ.

އޭނާގެ އިތުބާރު ނަގައިލައި، އަމިއްލަ އެދުމަށްޓަކައި އޭނާގެ ހަޔާތާ ކުޅެލި މީހާ، މިއަދު މުޖުތަމައުގެ ކުރިމަތީގައި މައުސޫމު މީހަކަށް ވާން ކުރާ މަސައްކަތަކީ އައިޝާއަށް އާ ކަމެއް ނޫނެވެ. ދޮގު ހަދައިގެން މީސްތަކުންގެ ލޮލުގައި އަނދުން އެޅުވިދާނެއެވެ. އަދި ބައެއް ފަހަރު ބާތިލަށް ތާއީދުކުރާ ބަޔަކު އެ ދޮގުތަކަށް އަތްޖަހައި ސާބަސްވެސް ދީފާނެއެވެ. ނަމަވެސް، އެއިން ކޮންމެ ހިނދެއްގައި ވެސް އައިޝާގެ ހިތުގެ އަޑު ބުނަމުންދަނީ ހަގީގަތް ފާޅުވާނެ ކަމަށެވެ.

ކަންކަން އޮޅުވައިލުމަށްޓަކައި ކިތަންމެ ވަރުގަދަ ފަރުދާއެއް ދެމިޔަސް، ވަގުތު ފާއިތުވަމުންދާ ވަރަކަށް އެ ފަރުދާތައް ވީދި، ހަގީގަތުގެ އަލިކަން ފާޅުވާނެއެވެ. އަނިޔާ ލިބޭ މީހާގެ ކެތްތެރިކަމާއި، އޭނާ ތަހައްމަލުކުރި ވޭނަކީ އެއްވެސް މީހަކަށް ދާއިމަށް ފޮރުވޭނެ ކަންކަމެއް ނޫނެވެ.

އައިޝާގެ މި ރައްދަކީ ހަމައެކަނި އޭނާގެ އަމިއްލަ ދިފާއުގައި ބުނި ބަސްތަކެއް ނޫނެވެ. އެއީ މަކަރާއި ހީލަތުން މީހުންގެ ދިރިއުޅުމާ ކުޅޭ ކޮންމެ މީހަކަށް އޮތް ވަރުގަދަ އިންޒާރެކެވެ. ހަގީގަތަކީ އަބަދުވެސް ހަގީގަތެވެ. އެއީ ކިތަންމެ ބާރުގަދަ ދޮގަކަށްވެސް ފޮރުވައިލެވޭނެ އެއްޗެއް ނޫނެވެ.