ތައުލީމާއި ތަމްރީން ދިނުމުގައި ފެނަކަ!

"އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް" ކޯހުގެ ބެޗް 2 އަދި 3 ގެ ކޯސްދަނީކުރިއަށް

ތައުލީމާއި ތަމްރީން ދިނުމުގައި ފެނަކަ!

މީހުން މީހުނައް ވަނީ މީހުންނަށް ހެދީމައޭ ބުނާތީ އަޑުއަހަމެވެ. މިއީ ވަރަށް ބޮޑު ތެދެއްކަން ސާބިތުކޮށްދެމުން މިދަނީ ފެނަކަ ފަދަ ކުންފުނިތަކުންނެވެ. މަސައްކަތުގެ ތަމްރީނާއި ތަޖުރިބާނެތް އެތައް ބަޔަކަށް ތަމްރިީނުތައްދީ އެތައް ތަޖުރިބާކާރުންތަކެއް މިދަނީ މަސައްކަތުގެ މާހައުލައް ނެރެމުންނެވެ.

ފެނަކައަކީ މިހާރު ރާއްޖޭގައި ވަރަށް ހަލުވިކަމާއެކު ގިނަ ރަށްތަކަކަށް ކަރަންޓުގެ ހިދުމަތްދެމުންދާ ކުންފުންޏެކެވެ. ކަރަންޓުގެ ހިދުމަތުގެ އިތުރުން ވޯޓާރ ސުވަރޭޖު އަދި އިޔާދަކުރަނިވި ހަކަތަ "ގްރީން އެނާރޖީ" ކުރިއެރުވުމުގެއި އެންމެ ފުޅާދާއިރެއްގައި ހަރަކާތްތެރިވަމުންދާ އެއްފަރާތަކީ ފެނަކައޭ ބުނެވިދާނެއެވެ. ރައްޔިތުންނާ ހިސާބަށް ކޮލިޓީ އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހުނަރުވެރި ވޯކްފޯސެއް އުފެއްދުމަކީ ފެނަކައިގެ ދުރުވިސްނުމުގެ ޕްލޭންގެ ތެރެއިން ރާވާ ހިންގަމުންދާ ކަންކަމެވެ. ކޮމްޕެނީގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އަދި ރައްޔިތުންނާ ހަމައަށް އިތުބާރުހުރި ހިދުމަށްތަކެއް ދިނުމަށްޓަކައި އައިއެސްއޯ ސްޓޭންޑަޑަށް ކޮމްޕެނީގެ ހިންގުން ފެއްތިއެވެ. މީގެ ސަބަބުން ކުރުމުއްދަތެއްގެ ތެރޭގައި ދިވެހިންގެ ބޮޑު އިތުބާރެއް މިކުންފުންޏަށް ލިބިގެންދިޔައެވެ. ހިދުމަތުގެ ފެންވަރު އެއްގޮތެގައި ނުވަތަ އިތުރައް ކުރިއެރުވުމައްޓަކައި މުވައްޒަފުންނަށް އެ މައްސަކަތަކާ ގުޅޭގޮތުން ތައުލީމާއި ތަމްރީނު ދިނުމަކީ ކިހާ މުހިންމުކަމެއްކަން ފެނަކައިގެ އިސްވެރިން ދަނެއެވެ.

މީހުން ބިނާކުރުމައް ފެނަކައިންސްޓިޓިއުޓުން ގެންދަނީ ތަފާތު ގިނަގުނަ ތައުލީމާއި ތަމްރީނުގެ ޕޮރުގުރާމްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރާވައިހިންގަމުންނެވެ. އެގޮތުން މިހާރުވެސް ގައުމީ ސަނަދު ލެވެލް ތިނެއްގެ ފެންވަރަށް ހިންގާ "އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް" ކޯހުގެ ބެޗް 2 އަދި  3 ގެ ކޯސް ދަނީކުރިއަށެވެ. އަދި މި މެއި މަހު 12 ވަނަ ދުވަހުންފެށިގެން  ބ.އަތޮޅާއި ނ.އަތޮޅުގެ ޓީމްތަކުގެ ތަމްރީންތައް ވެސް މިވަނީފަށައިފައެވެ. މި ތަމްރީނު ޕްރޮގްރާމުން ދަސްވެނިވާ ފަރާތްތަކަށް "އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓަނަންސް އިން ލެވެލް ތިނެއް" ގެ ގައުމީ ސަނަދެއް ލިބި ވައިރުކުރުމާއި މެއިންޓަނަންސް ކުރާނެ ގޮތް ދަސްވާނެއެވެ.