އެމްއޭސީއެލް ފްލެޓްތަކުގާ ހުރި މައްސަލަތައް ނިމުމަކަށް

އެމްޕީއެލްގެ 2 ޓަވަރުގައި މީހުން ދިރިއުޅެން ފެށީ މިދިޔަ އަހަރު އޮކްޓޯބަރު މަހު

އެމްއޭސީއެލް ފްލެޓްތަކުގާ ހުރި މައްސަލަތައް ނިމުމަކަށް

ރައީސް ޔާމީން ސަރުކާރުގެ ދުވަސްވަރު ހުޅުމާލެ ފޭސް2 ގައި ހިންގި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި އެމްއޭސީއެލްގެ ފްލެޓްތަކުގައި ހުރި މައްސަލަތައް މިހާރު ދަނީ ރަނގަޅު ކުރަމުންނެވެ. އެ މަޝްރޫއުގެ ދަށުން 384 އެޕާޓްމަންޓް ހަދައިފައިވެ އެވެ. އެއީ ދެ ކޮޓަރީގެ 240 އެޕާޓްމަންޓާއި އެއް ކޮޓަރީގެ 72 އެޕާޓްމަންޓެވެ. މި އެޕާޓްމެންޓްތައް ހިމެނެނީ  14 ބުރީގެ ދެ ޓަވަރގައެވެ. އެ ފްލެޓްތަކުގެ މަސައްކަތް ކުރީ ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ.

މި 2 ޓަވަރުގައި މީހުން ދިރިއުޅެން ފެށީ މިދިޔަ އަހަރު އޮކްޓޯބަރު މަހުއެވެ. ފްލެޓްތަކުގައި ހުރި އެކި މައްސަލަތަކާ ގުޅިގެން އެތަނުގައި ދިރިއުޅޭ މީހުން އެކަމުގެ ޝަކުވާ ކުރަމުން އަންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. 

ފްލެޓްތަކުގައި ހުރިކަމަށް ދިރިއުޅޭ މީހުން ޝަކުވާ ކުރާކަންކަމަކީ:-

  • ބައެއް ފްލެޓްތަކުގެ ބަދިގޭގެ ހުޑުން އެހެން ފްލެޓްތަކަށް ވަސް ވަންނުން
  • ވާރޭ ވެހޭ އިރު ބެލްކަނި ތަކުގެ ދޮރުން ފްލެޓްތަކުގެ އެތެރެއަށް ފެން ވަނުން
  • ބެލްކަނި ތަކުގެ ޑްރެއިން އިން ފެން ނުހިނދުން
  • ފްލެޓްތަކަށް ފެން ވަދެ ފަރުނީޗަރަށް ބޮޑެތި ގެއްލުން ލިބުން 

ޝަކުވާތައް ލިބުމާއެކު އެ ފްލެޓްތަކުގެ ކޮންޓްރެކްޓަރާ ގުޅިގެން ތަންތަން މަރާމާތުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ވަރަށް ގިނަ ފްލެޓްތައް މަރާމާތުކޮށް މައްސަލަތައް މިހާރުވަނީ ހައްލުކޮށް ދީފައެވެ.