މަންމަގެ ހަދިޔާ- 10 ކިލޯގެ ޓޮމާޓޯ ސޫޓްކޭސްއެއް

މަންމަގެ ހަދިޔާ- 10 ކިލޯގެ ޓޮމާޓޯ ސޫޓްކޭސްއެއް

އިންޑިއާގެ ބައެއް ހިސާބުތަކުގައި ޓޮމާޓޯގެ އަގު ބޮޑުވަމުންދާ ދަނޑިވަޅެއްގައި މަންމައަކު ވަނީ ދުބާއީގައި ދިރިއުޅޭ އަންހެން ދަރިފުޅަށް އޭނާ ބޭނުންވާ އެންމެ އެކަށީވެގެންވާ ހަދިޔާ ދިނުމަށް އެދިފައެވެ:

"10 ކިލޯ ޓޮމާޓޯ އަންނައިރު ގެންނައްޗޭ ޕްލީޒް"

"އަހަރެންގެ ކޮއްކޮ ދުބާއީން އިންޑިއާއަށް އަންނަނީ ދަރިންގެ ހޫނު މޫސުމުގެ ޗުއްޓީއަށް، އަދި މަންމަ ގާތު ދުބާއީން އެއްޗެއް ބޭނުންތޯ އަހާލުމުން މަންމަ ބުނީ 10 ކިލޯ ޓޮމާޓޯ ގެންނަން. އަދި އެހެންވެ މިހާރު އޭނާ ވަނީ ސޫޓްކޭސްއެއްގައި 10 ކިލޯގެ ޓޮމާޓޯ ޕެކްކޮށްފައި ފޮނުވާލާފައި،" ޓްވިޓާ ޔޫޒަރަކު ލިޔެފައިވެ އެވެ.

އިންޑިއާގެ ބައެއް ހިސާބުތަކުގައި ޓޮމާޓޯގެ އަގު މިދިޔަ ހަފްތާތަކުގެ ތެރޭގައި ހެސްކިޔާފާ ބޮޑު ވަމުން އަންނައިރު ބައެއް ތަންތަނުގައި ކިލޯއެއްގެ އަގު 300 ރުޕީސް (ގާތްގަނޑަކަށް 57 ދިވެހި ރުފިޔާ) އަށް އަރާފައިވެއެވެ. ގިނަ ގައުމު ތަކުގަ ސަގާފީ ކެއުންތަކުގައި، ޚާއްސަކޮށް ކައްކާ ކެއުންތަކުގައި ފުޅާދާއިރާއެއްގައި ބޭނުންކުރާ ޓޮމާޓޯއަކީ އިންޑިއާގެ ގޭބިސީތަކުގެ މައިގަނޑު އެއް ބާވަތެވެ.