އަންހެނެއް ސިންގާއެއް ކަމަށް ޝައްކު ކުރެވޭ ޖަނަވާރެއް ހޯދަނީ

އަންހެނެއް ސިންގާއެއް ކަމަށް ޝައްކު ކުރެވޭ ޖަނަވާރެއް ހޯދަނީ

ޖަރުމަނުގެ ފުލުހުން ދަނީ ބާލިންގެ ބޭރުން ފެނުނު އަންހެން ސިންގާއެއް ކަމަށް ބެލެވޭ އެއްޗެއް ހޯދުމަށް ހެލިކޮޕްޓަރާއި ޑްރޯން އަދި އިންފްރާރެޑް ކެމެރާ ބޭނުންކުރަމުންނެވެ.

މިމަސައްކަތް ކުރަންފެށީ އެހިސާބުން ވަލު ބުޅަލެއްގެ ފަހަތުން އަންހެން ސިންގާއެއް ދުވަމުން ދިޔަތަން ގިނަ ބަޔަކަށް ފެނިގެން ރިޕޯޓު ކުރުމުންނެވެ.

މި ސިންގާ ހޯދުންށް ދެ ހެލިކޮޕްޓަރާއި ފުލުހުންގެ 30 ވެހިކަލާއި 100 ފުލުހުން ހިމެނޭ ކޮންވޯއީއެއް ހިމެނޭ ގޮތަށް ބޮޑު ސަރޗްއެއް ދަނީ ކުރަމުންނެވެ.

މި ވަލު ޖަނަވާރު އައީ ކޮންތާކުން ކަމެއް މި ވަގުތު  ބުނެދޭކަށް ނޭގޭކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވެފައިވެއެވެ. އަދި ޒޫތަކާއި، ޖަނަވާރު ޕާކްތަކާއި، ޖަނަވާރު ގެންގުޅޭ އެހެނިހެން ތަންތަން ޗެކްކޮށް، ސުވާލުތައް ކުރިނަމަވެސް އެއިން އެއްވެސް ފެސިލިޓީއަކުން މިބާވަތުގެ އެއްވެސް ޖަނަވާރެއް ގެއްލިފައެއް ނުވާކަމަށް އޭނާ ބުނެފައިވެއެވެ.

މިހަބަރު ލިބުމާއެކު ފުލުހުން ވަނީ ބާލިންގެ ބައެއް ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް ގޭތެރޭގައި ތިބުމަށް އަންގާފައެވެ.