ކްރިކެޓް ކުޅުންތެރިއަކު ދީނަށްޓަކާ ކްރިކެޓުން ރިޓަޔަރ

ކްރިކެޓް ކުޅުންތެރިއަކު ދީނަށްޓަކާ ކްރިކެޓުން ރިޓަޔަރ

ޕާކިސްތާނުގެ އުއްމީދީ ޒުވާން ކްރިކެޓް ކުޅުންތެރިއެއް ކަމަށްވާ އައިޝަތު ނަސީމް ވަނީ އިސްލާމްދީނާ އެއްގޮތަށް ދިރިއުޅުން ބައްޓަން ކުރުމުގެ ބޭނުމުގައި ކުޅިވަރުން ރިޓަޔާ ކުރިކަން އިއުލާންކޮށްފައެވެ.

އޭނާވަނީ ޕާކިސްތާން ކްރިކެޓް ތަމްސީލުކޮށް 30 ޓީ20އައިއެސް  އާއި ހަތަރު އޯޑީއައިއެސް މެޗުގައި ދެ ފޯމެޓުގައި ވެސް 369 އަދި 33 ލަނޑު ހަދާފައެވެ.

މިހާރު 18 އަހަރުގެ އުއްމީދީ ކްރިކެޓް ކުޅުންތެރިޔާ ވަނީ އޭނާ ކުޅުން ދޫކޮށްލާކަން ޕާކިސްތާން ކްރިކެޓް ބޯޑަށް އަންގާފައެވެ. ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އޭނާ ރިޓަޔާ ކުރަން ނިންމީ އޭނާގެ ދީނީ ޢަޤީދާތަކުގެ ސަބަބުންނެވެ.

"އަހަރެން މިދަނީ ކްރިކެޓް ދޫކޮށްލާފައި އިސްލާމްދީނާ އެއްގޮތަށް ދިރިއުޅުން އުޅެން،" އޭނާ ބުނެފައިވޭއެވެ. އެކަމަކު ބޯޑުން އަދި އެ ޚަބަރު ކަށަވަރު ނުކުރެއެވެ.