އަލްއިއްތިހާދުގެ ބެންޒެމާ އުމްރާއަށް

އަލްއިއްތިހާދުގެ ބެންޒެމާ އުމްރާއަށް

ސައުދީ ކްލަބް އަލް އިއްތިހާދަށް ކުޅޭ ފްރާންސްގެ ފުޓްބޯޅަ ކުޅުންތެރިޔާ ކަރީމް ބެންޒެމާ ވަނީ މައްކާގެ ހަރަމްފުޅުގައި އުމްރާވާ ވީޑިއޯއެއް އާންމުކޮށްފައެވެ.

އުމުރުން 35 އަހަރުގެ ތަރި އޭނާގެ 20.5 މިލިއަން ފޮލޯވަރުންނާ އެކު އެ ވީޑިއޯ ޝެއާރ ކޮށްފައި ވަނީ "މަޝާ އައްލާ، ބެސްޓް އޮފް ދަ ބެސްޓް، އަލްހަމްދުލލިއްލާ” ކިޔާލަފައެވެ.

ރެއާލް މެޑްރިޑްގެ ކުރީގެ ފޯވާޑް އަދި ބެލޮންޑިއޯ ހާސިލްކުރި ކުޅުންތެރިޔާ އަލް އިއްތިހާދާ ގުޅުނީ މިހާރުގެ ހޫނު މޫސުމުގެ ޓްރާންސްފާރ ވިންޑޯގައެވެ. އޭނަގެ ތިން ސީޒަނުގެ ކޮންޓްރެކްޓެއްގެ އަގު އަހަރަކު 215 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

 ބެންޒެމާ ވަނީ މިހާތަނަށް ޖިއްދާ ޓައިގާސްއާއެކު ހަތަރު މެޗު ކުޅެ، ތިން ލަނޑު ޖަހައި، އެއް އެސިސްޓް ކޮށްފައެވެ.