އެއްބުރުން ރައީސް ޞާލިޙް ކާމިޔާބު ކުރަށްވާނެ: ޑރ. އިޔާޒް

ކޮންމެ މީހަކު ކުރިނަމަވެސް ރަނގަޅު ކަމެއްރަނގަޅު - ގޯސްކަމެއް ގޯސް

އެއްބުރުން ރައީސް ޞާލިޙް ކާމިޔާބު ކުރަށްވާނެ: ޑރ. އިޔާޒް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އަދާލަތު ޕާޓީއާއެކު އެއްބުރުން ރައީސް ޞާލިޙް ކާމިޔާބު ކުރަށްވައި އުފާވެރި އަމާން ރާއްޖެއެއް ގާއިމް ކުރަށްވާނެ ކަމަށް ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ. ޑރ. އިޔާޒް މި މޭރުމުން ވިދާޅުވީ މި ސަރުކާރުގައި އިސްލާމްދީނާ ޚިލާފު ކަންތައްތަކެއް ހިނގާކަމަށާއި އެކަމުގެ މަޢުލޫމާތު ޑރ. އިޔާޒާއި ޙިއްސާ ކޮށްފައިވާ ކަމަށް ރާއްޖޭގެ ނޫސްވެރިޔަކު ހާމަކުރުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.

މިޤައުމުގަައި ހިނގާ ހުރިހާކަމެއް އޭނާއަށް އެނގިވަޑައިގަތުން ލާޒިމެއް ނޫން ކަމަށާއި، ކޮންމެ ކަމަކަށް ފާޅުގައި ބަހެއް ވިދާޅުނުވުމަކީ އެކަކަމަށް އެއްބަސްވެ ވަޑައިގަތުން ނޫން ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ. ކޮންމެ މީހަކު ކުރިނަމަވެސް ރަނގަޅު ކަމެއްނަމަ އެކަން ބަލައިގަންނަ ކަމަށާއި އަދި ގޯސްކަމެއްނަމަ އެކަން ކުއްވެރި ކުރައްވާ ކަމަށްވެސް އިޔާޒް ވިދާޅުވިއެވެ.

“2013 އިން 2018 އަށް ގައުމުގައި ޢާއްމުވިއިންތިހާ ދަރަޖައިގެ އަނިޔާވެރިކަމާއި ނާމާންކަމުން ޤައުމު މިންޖުކޮށް، އަމާންކަމާއި އުފާވެރިކަމުގެ މިސްރާބަކަށް ރައީސް ޞާލިޙްގެ ޤިޔާދަތުގެ ދަށުން ޤައުމު ދަތުރުކޮށްފި.”ކަމަށް ޑރ.އިޔާޒު ވިދާޅުވެއެވެ. ވަރަށް ސާބިތުކަމާއެކު އިޔާޒު ވިދާޅުވީ “އިޞްލާޙު ކުރަަންހުރި ކަމެއްނަމަ އެކަމަށްޓަކައި ކުރަންޖެހުނު މަސައްކަތެއް އަޅުގަޑުމެން ( އދާލަތު ޕާޓީ ) ކުރާނަން،”ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރާއި އަޅާ ބަލާއިރު މިއަދުގެ ޙާލަތު ވަރަށް ތަފާތު ކަމަށާއި އެއްވެސް ނިއުސްކޮންފަރެންސެއްގައި ޖަވާބު ނުދެއްވި ކޯފާ އިސްކުރައްވާތަން ދެކިވަޑައި ނުގަންނަވާ ކަމަށް ޑރ ވިދާޅުވެއެވެ. ފެންނަނީ ވަރަށް ހަމަޖެހިވަޑައިގެން ހާސްކަމެއް ނެތި ޖަވާބުދެއްވާ މަންޒަރުކަމަށާއި ނޫސްވެރިންނާއި ސަލާމްކޮށްލައްވާ ސެލްފީ ނަންގަވާތަން ކަމަށްވެސް އިޔާޒު ވިދާޅުވެއެވެ. މިއީ ކުރީގެ ރައީސުންގެ ފަރާތުން ނުފެންނަ ކަމެއް ކަމަށްވެސް ވިދާޅުވެއެވެ.