ވެއްޓެންދާ ސަރުކާރުގާ ވަޒީރުކަން ކޮށްދޭނެ މީހަކު މުއިއްޒަކަށްނުވި!
ވަޒީރުކަންކޮއްދޭ ވަރުގެ ބުރަދަނެއްހުރި ތަންދޮރު ދަންނަ މިހަކު މުޅި ރާއްޖޭގައި އަތްފުނާ އަޅައިގެންވެސް މުއިއްޒަކަށް ނުވިއެވެ. އެތައް ބަޔަކާ ވާހަކަ ދެއްކުމުންވެސް މުއިއްޒުގެ ކެބިނެޓްގައި މަސައްކަތް ކޮށްދޭނެ އައުމީހަކު މުއިއްޒަށް ނުލިބިގެން ޓޫރިޒަމް މިނިސްޓްރީއާއި އެންވަޔަރންމަންޓް މިނިސްޓްރީ އެއްކޮށްލާ އެންމެފަހުން ދެމިނިސްޓްރީ ތޯރިގަށް ދޭން މަޖުބޫރުވީއެވެ.
މުއިއްޒު ސަރުކާރުގެ މަތިފަޑީގައި ގިނައީ އާއްމު އިންތިހާބެއްގައި ވާދަކޮށްލަންވެސް ނުކެރޭ ސިޔާސީ ބުރަދަނެއް ނެތް މީހުނެވެ. ނޫނީ އިލެކްޝަންތަކުން ފޭލިވެފާތިބި ފޭލިޔަރުންނެވެ. އަމިއްލަ ދިރިއުޅުމުގައިވެސް ފާހަގަކޮށްލެވޭ ވަރުގެ ކާމީބެއް ލިބިފައިވަ މީހަކު ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އަމްދުން ވެއްޓެއް ބޯކޮޅުވަތަށް ޖަހާފައިވާ ސަރުކާރަކާ ގުޅޭނީވެސް މައުރޫފް ޖަމީލުމެން ކަހަލަ މޮޔައެކެވެ.
އަނެއްކޮޅުން ޑިފެންސް މިނިސްޓަރކަމުން ގައްސާނު ވަކިކޮށް ޑިފެންސް މިނިސްޓްރީއާއި ހޯމް މިނިސްޓްރީ އެއްކޮށްލާ އެތަނުގެ ވަޒީރުކަށް އިހުސާނު ހަމަޖައްސާތަން ފެންނާކަށް ލަހެއް ނުވާނެއެވެ. އެޑިއުކޭޝަނާއި ހަޔަރ އެޑިއުކޭޝަނާއި ޔޫތު މިނިސްޓްރީ އެއްކޮށްލާ އެތާނގެ ވަޒީރުކަންދޭނީ އަސްވާޑަށް ނޫންކަަމެއް ނޭގެއެވެ. ފިޝަރީޒާއި އެގްރިކަލްޗަރާއި ސިޓީ މިނިސްޓްރީ އެއްކޮށްލުމަށްފަހު މިނިސްޓަރުކަމަށް ހައިދަރު ހަޖައްސާނީ އެވެ.
ދިވެހިބަހުގެ މިނިސްޓްރީއާއި ސޯސަލް ސެކިއުރިޓީ މިނިސްޓްރީއާއި ހެލްތު އެއްކޮށްލާ ޅެންފަރުވާދޭން ވަޒީރަކަށް ހަމަޖައްސާނީ ތޮއްޑޫ އާދަން ނަސީރުކަން ގައިމެވެ. ފޮރިން އެފެއަޒްއާއި ފިނޭންސާއި އެކޮނޮމިކް މިނިސްޓްރީ އެއްކޮށްލާ ވަޒީރަކަށް ހަލީލު ހަމަޖައްސާލިމާ ވީތާއެވެ.
ގައްސާނާއި ފިނިފެންމާ ސައީދާއި ނައިފަރު ޝިޔާމާއި އާދަން ޝަރީފާއި އައިސްތު ޝިޔާމް ކަހަލަ ރައީސް ޔާމީނުގެ ބޯއިންގެ ގޮތުގައި އުޅުނު އެންމެން ބާކީ ކޮށްލާނީއެވެ. ވަޒީރުކަން ކުރާނެ ރަނގަޅު އެހެން މީހަކު ނުލިބުނަސް ވަރިހަމަތާއެވެ. އެ މީހުން ބޭނުންކޮށްގެން ކުރަން އުޅުނު ހުރިހާ ކަމެއް މުއިއްޒަށް ނިމިއްޖެއެވެ.
ސިޓީ ކައުންސިލްގައި ކޮންސަލްޓެންޓުންނަށް ގެންގުޅުނު މީހުންނާއި ސިޓީ ކައުންސިލުން ގެނައި ބާދީންނާއި ކުދިބޭކަލުން ތިބެނިކޮށް މުއިއްޒަށް ވަރިހަމައެވެ. މާބޮޑަށް ތަންދޮރު އެނގޭ ރަނގަޅު މީހުން ގޮވައިގެން ދައުލަތް ދަވަން އުޅެން ވެއްޖެއްޔާ އަދީބު ދޭކަހަލަ ކެއްސެއް ނޫނީ ނުލިބޭނެކަން މުއިއްޒަށް އެނގެނީތާއެވެ. ޅިސްގޮވަންދެން ކައިފުރާލައިގެން ފުރައިގެން ރައްކާވެވޭނީ ގުނބޯތަކެއް ވަށައިގެން ނައްޓުވަން ބައިތިއްބައިގެންނެވެ.