ސާހިބުގެ ބުމަރަކަށް ސްޕްރީމްފަނޑިޔާރެއް މާދަމާ ވެދާނެ!؟

ސާހިބުގެ ބުމަރަކަށް ސްޕްރީމްފަނޑިޔާރެއް މާދަމާ ވެދާނެ!؟

ހަށިވިއްކާ ތަންތަނާއި މީހުން އަަތުލައިގަތުމަށް ދޭތެރެ ދޭތެރެއިން ދާޖަހައެވެ. އެގޮތަށް ވަރަށް ފަހަކުން މާވެޔޮ ކައިރީގައި ދާޖަހަމުން ދަނިކޮށް ދަލަށްއެރީ އާދަޔާ ހިލާފް މީހެކެވެ. ހޭނައްތާ ޑޮކްޓަރެކެވެ. ހޭނައްތާ ޑޮކްޓަރަކު ހަށިގަންނަން ގޮސް ނާސިގެއެއްގައި އޮވެދާނެކަމަށް ގަބޫލުކުރަން ބޭނުން ނުވިޔަސް އެކަމެއް ހިނގައިފިއެވެ. އެތަނެއްގައި ހޭނައްތާ ޑޮކްޓަރ އޮތީ ހޭނެތިފައި ކަމެއް ހޭނައްތަން ކަމެއް ނޭގެއެވެ. ދަލަށް އެރިއިރު އޮތް ހާލެއް އެނގޭނީ ދުން ބަޔަކަށެވެ. 

އުފުރާލުމުގެ ކުރިން ވަނަވަރު ބަލައިލިއިރު ކަމަކު ދާކަށްނެތެވެ. ދަލަށް އަރައިގެން މިއުޅޭ މީހަކީ ހަމައެކަނި މައި ހޮސްޕިޓަލްގެ ހޭނައްތާ ޑޮކްޓަރެއް ނޫނެވެ. ނިހާއީ ކޯޓްގެ ފަނޑިޔާރެއްގެ ހަޔާތުގެ ބައިވެރިޔާ ވެސް މެއެވެ. އެހިސާބުން ހަތަރެސްކަން ހަމަވެ ގޮތް ހުސްވެ ބަންދައް ނުގެންގޮސް މައްޗަށް ގުޅަން ޖެހުނީއެވެ. 

ފަނޑިޔާރާއަށްވެސް އިސާހިތަކު ހަބަރުވެ ލިބިދާނެ ހުތުރު ނަމުން ސަލާމަތްވުމަށް ފަނޑިޔާރާއަށް ޖެހުނީ އެންމެ މައްޗަށް ގުޅާށެވެ. ފަނޑިޔާރާ އަތްދަށުލުމަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން މަތިން ހިފީ ފިސާރި ބޯ ބަހައްޓައިގެންނެވެ. އެއްވެސް ކަމެއްގައި މައްޗާ ދެކޮޅަށް ފަނޑިޔާރު ވާން ކޮށްލައިފިއްޔާ ފަނޑިޔާރާ ކުޑަކަކޫ ޖެއްސޭ ގޮތަށެވެ. 

ފަނޑިޔާރާގެ ބައިވެރިޔާގެ ފޮޓޯއާއި ވީޑިއޯއާއި ހިތްފުރޭ ވަރަށް ނަންގުވާ ރަނގަޅު އަސީރަކަށް ފަނޑިޔާރާ ހަދާލުމަށް ފަހު ތަނުން ތަނުން ހޭނައްތާ ޑޮކްޓަރ ދޫކޮށްލައި ނުވާކަމަކަށް ހެދީއެވެ. މީޑިއާއަށްވެސް ދޮންކަޅު އަންގާ ނުލައެވެ. ފަނޑިޔާރާއަށްޓަކައި މާވެޔޮކައިރީ ބަޔަކު ހަށިވިއްކި ކަމެއް ހޭނައްތާ ޑޮކްޓަރަކު އެކަމުގައި ޝާމިލްވީ ކަމެއް އެއްވެސް ރެކޯޑަކުން ފެންނަންނެތި މައްސަލަ ލޯތަކަށް ވަޅުޖައްސާ ހިންދާލީއެވެ. 

އެހެނެއް ކަމަކު އުސޫލާ ހަމަޔާ ހިލާފަށް ފަނޑިޔާރާގެ ބޭނުން ހިފަންޖެހޭ ހާލަތްތައް އަންނާނެކަން މައްޗަށް ރަނގަޅަށް އެނގެއެވެ. މަޖުބޫރީ ހާލަތްތަކުގައި ފަނޑިޔާރާ ބަލިކޮށްލާ އަަޅުދާސް ކުރުވުމަށްޓަކާ ނަގާ ރައްކާކުރި ވީޑިއޯތަކާއި ފޮޓޯތައް ވީތަކުވީއެވެ. އެފޮޓޯ ތަކާއި ވީޑިއޯތައް ބޭނުން ކޮށްގެން އިންތިހާއީ ކޯޓުގެ ފަނޑިޔާރާ ވެރިޔާގެ ބަލިބުޅާ ގަނޑަކަށްވާ ދުވަހަކަށް މާދަމާ ނުވެނުދާނެއެވެ.