ދުނިޔޭގެ މާލީނިޒާމްގާ ތިބެނީ އުނބަށްޖަހާ ޖޯކަރުންނެއްނޫން
މުއިއްޒު ވެރިކަމަށް އެރިއިރު " ބީ ނެގެޓިވް" ގައި އޮތް ޕިޗް ކްރެޑިޓް ރޭޓް "ސީސީ"އަށް ދަށަށް
އާއްމުކޮށް ޕިޗް ކްރޭޑިޓް ރޭޓިންސް އާއްމުކުރަނީ އަހަރަކު އެއްފަހަރުއެވެ. އެހެންނަމަވެސް ރާއްޖޭގެ ޕިޗްރޭޓިންގ ތިންމަސް ތެރޭގައި ދެވަނަ ފަަހަރަށް ދަށްކުރީ ގައިމު ކަމެއްވެގެންތާއެވެ. ރާއްޖޭގެ ރޭޓިންގ އަނެއްކާ ދަށްކުޜީ ޕިޗުން ކުރާނެ ކަމެއް ނެތިގެންނެއް ނޫނެވެ.
ރައީސް މުއިއްޒު ވެރިކަމަށް އެރިއިރު " ބީ ނެގެޓިވް" ގައި ފިޗް ރޭޓިންސް މިއަހަރު ޖޫންމަހު "ސީސީސީ ޕްލަސް" އަށް ދަށްކުރިއެވެ. އޭގެފަހުން ތިން މަސް ވެސް ނުވަނީސް ޕިޗް ކްރެޑިޓް ރޭޓް މިހާރު އެވަނީ "ސީސީ"އަށް ދަށްކޮށްފައެވެ.
ބީއެމްއެލްގެ ރުފިޔާ އެކައުންޓް އިން ޑޮލަރުގެ މުއާމަލާތް ނުހިންގޭ ގޮތަށް ހެދިތާ މަސައްކަތު ހަފްތާއެޢް ވެސް ނުވަނީސް ޕިޗް ރޭޓް ދަށްކޮށްލުމުން ބުނެ އެދެނީ ސަމާސާ ވާހަކައެއް ނޫނެވެ. ރުފިޔާ އެކައުންޓް އިން ޑޮލަރުގެ މުއާމަލާތް ނުހިންގޭ ގޮތަށް ހެދިތާ އައްޑަންގަޑި ނުވަނީސް އެކަން ބަދަލުކޮށް ކުރިން އޮތް ގޮތަށް އަނބުރާ އިއާދަކުރުމުން ރާއްޖޭގެ މާލީ ކަންކަމަކީ ކުޅޭކުޅޭ ކަމެއްކަމަށް ދުނިޔެއިން ގަބޫލުކޮށްފިއެވެ. ޕިޗުން އެދިނީ ރާއްޖޭގެ މާލީ ނިޒާމަށް ކުރާ އިތުބާރު ގެއްލިއްޖެ ކަމުގެ ރެޑްނޯޓިސްއެވެ. ކަންކަން ރަނގަޅުމުގެ އެއްްވެސް ނިޔަތެއް ސަރުކާރުގައި ނެތްކަން ދުނިޔޭން ގަބޫލުކުރި ކަމުގެ އިންޒާރަކަށް ޕިޗް ރޭޓިންގ"ސީސީ"އަށް ދަށްކޮށްލުން ފުދެއެވެ.
ފިޗުން ރޭޓިން ދަށްކުރި ސަބަބު ތަކުގެ ތެރޭގައި ކުރިއެކޭ އެއްގޮތަށް ރިޒާވު އިންތިހާއަށް ދަށްވުމާއި ބޭރުގެ ދަަރަނި އަދާކުރަން ހުރި ގޮންޖެހުން ފާހަގަ ކުރެވެއެވެ. ބޭރު ފައިސާގެ ދަތިކަން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދެމިއޮންނާނެކަންވެސް ފާހަގަ ކުރެވެއެވެ.
ޑޮލަރުގެ ބޮޑު ތާށިކަމެއް އައިސް ކަޅު ބާޒާރާއި ރަސްމީ ރިޒާވަށް ވެސް ޕްރެޝަރުތައް އިތުރުވެ، ބޭންކިން ނިޒާމަށް ނުރަނގަޅު އަސަރުކޮށްފައިވާވުން ފިޗުގެ ރޭޓިންގ ރިޕޯޓުން ފެނެއެވެ. ހަމައެއް ލަމައެއްނެތި ސަރުކާރަށް އަތްބޭނޭ ތަނަކަށް ބީއެމްއެލް ވާކަން ދުނިޔެއަށް ސާބިތުވެގެން ދިޔަދިޔުން ރާއްޖޭގެ މާލީ ނިޒާމަށް ދުނިޔޭން އިތުބާރު ކަނޑާލުމުގެ ސަބަބަކަށް ނުވެއެއް ނުދާނެއެވެ.
އޮތް ހަމައެކަނި ތަސައްލީއަކީ ސަރުކާރުގެ ފިސްކަލް ރިފޯމް އެޖެންޑާ ތަންފީޒުކުރުން ކަމަށް ޕިޗުން ބުނި ނަމަވެސް އެކަން އެހެން ވެދާނެ ކަމަކަށް ދުނިޔޭގެ މާލީ ނިޒާމް ގަބޫލެއް ނުކުރާނެއެވެ. ދުނިޔޭގެ މާލީ ނިޒާމް ބަލަހައްޓަން ތިބީކީ ވަށަފަރު މޮހަނދު ކަހަލަ އުނބަށްޖަހާ ޖޯކަރުންނެއް ނޫނެވެ. ގައުމީ ބޭންކަކީ ބަގާވާތްކުރާ ތަނެއްކަމަށް ތަހުގީގަކާނުލާ ޑިކްލިއަރ ކުރާ ވެރިއަކު ވެރިކަން ކުރާ ގައުމަކަށް އިތުބާރުކުރާނެ ދުނިޔޭގެ މާލީ އެއްވެސް މުއައްސަސާއެއް ނުއޮންނާނެއެވެ.