ޕީއެންއެފް: ޔާމީނުގެ އަދަވާތްތެރިންގެ ޕާޓީ!!
ރައީސް ޔާމީނު ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރ ކަމަށް އެބުރި ވަޑައިގަންނަވާނެ!
ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރ ރައީސް ޔާމީން ޕީޕީއެމުން ވަކިވެ ވަޑައިގެން ޕީއެންއެފް ގެ ނަމުގައި ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ވަނީ ފައްޓަވާފައެވެ. ރައީސް ޔާމީނުގެ އެ މަސައްކަތްޕުޅަކީ ރައީސް ޔާމީނު އަރިހުގައި ތިއްބެވި އެމަނިކުފާނުގެ އަދަވާތްތެރިންނަށް އުފައްދަވާ ޕާޓީއެއްކަމަށް ޕީޕީއެމް-ޕީއެންސީގެ އިސް މެންބަރުން ގަބޫލުކުރާ ކަމަށް އެކޯލިޝަންގެ ސެނެޓަރެއްގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ.
ޕީޕީއެމް - ޕީއެންސީން ރައީސް ޔާމީނު ދޫކޮށް ނުލާކަމަށާއި، ރައީސް ޔާމީނު ވެސް ޕީޕީއެމް - ޕީއެންސީގެ މެންބަރުން ދޫކޮށް ނުލައްވާ ކަމަށް ޕްރޮގްރެސިވް ކޯލިޝަންގެ އިސް ބޭފުޅުން ގަބޫލު ކުރައްވާ ކަމަށްވެއެވެ. ޕްރޮގްރެސިވް ކޯލިޝަންގެ އިސް ބޭފުޅުން ދެކިވަޑައި ގަންނަވަނީ ރައީސް ޔާމީނު އެބޭފުޅުންގެ ތެރެއަށް އަދި އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނަށްވުރެ ރައީސް ޔާމީނު ދެކެ ލޯބިވާ ހެޔޮއެދޭ އެއްވެސް އެހެން ބަޔަކު ނުތިބޭނެ ކަމަށް ވެއެވެ. ރައީސް ޔާމީނަށް ހައްގު މަގާމާއި އިހުތިރާމް އަރުވާނެ އެހެން ބަޔަކު ޕްރޮގްރެސިވް ކޯލިޝަން ނޫނީ ނުއޮންނާނެ ކަމަށް އެބޭފުޅުން ވިދާޅުވެއެވެ. އެހެންނަމަވެސްވާ ލޯބިން ރައީސް ޔާމީނު ވިދާޅުވިގޮތަށް ޕްރޮގްރެސިވް ކޯލިޝަނުން މިއަހަރުގެ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރިނަމަ އިތުރު ދިހަ އަހަރު ވަންދެން ތިބެން ޖެހުނީހީ މަގުމަތީގައި ކަމަށް އެކޯލިޝަނުން ދެކެއެވެ.
ޑރ. ޖަމީލާއި މަލީހާއި ހުސައިން ވަހީދާއި ޕަޕާއާއި އައްބާސް އާދިލް ރިޒާމެންނަކީ ރައީސް ޔާމީނުގެ ވެރިކަމުގައި އެކި ފަހަރުމަތިން އެ މަނިކުފާނަށް ބޮޑެތި ދުއްތުރާތައް ކުރައްވާފައި ތިއްބެވި ރައީސް ޔާމީނުގެ އަދާވާތްތެރިން ކަމަށް ޕްރޮގްރެސިވް ކޯލިޝަނުގެ އިސް ބޭފުޅުން ސިފަކުރައްވައެވެ. އެބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި ކާކު ކުރީ ކޮން އިރަކު ކީއް ކަން މާބޮޑަށް ރައީސް ޔާމީނަށް އެނގި ވަޑައިގަންނަވާނެއެވެ.
ރައީސް ޔާމީނުގެ ޝަރީއަތުގެ ކަންކަމުގައި ޑރ. ޖަމީލު ވަރަށް ބޮޑެތި ގޯސްތައް ހައްދަވާފައިވާ ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ތުހުމަތު ކުރެއެވެ. ޝަރީއަތް ދިގުލުމާއި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެއްވުމުގެ ޒިންމާ އުފުއްލަވަން ޖެހި ވަޑައިގަންނަވާނީ ޑރ. ޖަމީލުކަމަށް އެ ކޯލިޝަނުން ދެކެއެވެ.
ޕީއެންއެފް އަކީ އަރިހުގައި ތިއްބެވި އަދާވާތްތެރިން ކޯނަރ ކުރައްވާ ރައީސް ޔާމީނު ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރކަމަށް އެބުރި ވަޑައިގަތުމަށް ކުރައްވާ ހިކުމަތްތެރި މަސައްކަތްޕުޅެއް ކަމަށް ޕްރޮގްރެސިވް ކޯލިޝަންގެ އިސް ސަފުން ދެކެއެވެ. ޕީއެންއެފް ބޮޑު ޕާޓީއެއްގެ ގޮތުގައި ރާއްޖޭގެ ސިޔާސީ މަޝްރަހުން ފެނުމަށްވުރެ ގާތީ ނުފެނުން ކަމަށާއި އެމްއާރުއެމް އާއި ދަ ޑިމޮކްރެޓްސް ފަދަ ނަމެއްގައި އޮތް ޕާޓީއަކަށް ޕީއެންއެފް ފަހަރުގައި ވެދާނެ ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ދެކެއެވެ. ޕީއެންއެފްގެ ޓިކެޓްގައި ނިކުމެ މަޖިލީހުން ގޮނޑިއެއް ހޯއްދެވޭނެ ހަމަ އެކަނި ބޭފުޅަކީ ރައީސް ޔާމީން ކަމަށް ޕީޕީއެމް-ޕީއެންސީން ދެކޭ ކަމަށް ވެއެވެ.