ދީނަށްޓަކާ ދިމުޔާތުގައި މުއިއްޒު ވިއްކުވަނީ ހަށި!
މުދަލާއި ފައިސާއާއި ބާރު ހޯދުމަށް ކޮށްފައި ނުކުރާ ކަމެއް މުއިއްޒު ނެތް
ކަންހުޅިން ކަންހުޅިއަށް ނުރައިގެ ކޫރެއް ދަތްދޮޅީގެ ދަށުގައި ދަމާލަފައި ހުރުމަކީ ސުންނީ ތުނބުޅިއަކަށް ވާގޮތެއް ނޭނގެއެވެ. ބައްޕަ ޝޭހަކަށް ވުމަކީ ދަރި ދަންނަ ބޭކަލަކަށް ވާގޮތެއް ނޭނގެއެވެ. ރިބާގެ ލޯނުން ބާލުހާނާ ހަދާ ބޮޑު އަގުގައި ނިކަމެތީންނަށް ދުވަހު ކުއްޔަށް ކޮޓަރިދީގެން ފައިސާ ބައްކުރުން ދީނުގައި ހުއްދަވާ ގޮތެއް ނޭގެއެވެ.
ދައުލަތުގެ ވަޒީރަކަށް މުއިއްޒު ހުރެ ދައުލަތުގެ މަސައްކަތް ކުރުވާ ކުންފުނި ތަކުން އަމިއްލަ އެކައުންޓަށް ކަޓް ޖަމާވާ ދީނީ ހަމައެއް ނޭނގެއެވެ. މުއިއްޒު ވަޒީރަކަމުގައި ހުރެ އަމިއްލަ ކުންފުންޏަކުން މަހު މުސާރަ ނެގުން ކޮރަޕްޝަނަށް ނުވާ ގޮތެއް ނޭގެއެވެ. ކަޓު ނަގައިގެން ޕާކިން ސްލޮޓާއި އަލިމަސް ކާނިވަލުން ބިން ކުއްޔަށް ދީގެން މިލިއަނުން ފައިސާ ފައިކޭޓަށް އަޅާލަން ދީން ހުއްދަ ކުރާ ގޮތެއް ނޭނގެއެވެ. އަމިއްލަ ގެއިން ދުވަހު ކުއްޔަށް ކޮޓަރި ދީގެން ހަށި ވިއްކުވައިގެން ފައިސާ ހޯދުން ހުއްދަވާ ގޮތެއް ވެސް ނޭނގެއެވެ.
އާނއެކެވެ. ދުވަހު ކުއްޔަށް ކޮޓަރި ދިނުމަކީ ކުށެއް ނޫނެވެ. އެހެނަސް ކޮޓަރި ކުއްޔަށް ނަގައިގެން އެ މީހުން އެތާ ކުރަނީ ކީއްކަން ކުއްޔަށް ދޭމީހާ ބަލަން ޖެހެއެވެ. ދިނާ ގާނޫނާ ހިލާފް ކަމެއް ނުހިންގަން ބުނެލުމަކުން ނުފުދެއެވެ. ޖޯޑް ޖޯޑަށް އައިސް ދިމްޔާތުން ކޮޓަރި ކުއްޔަށް ނަގާ ގިނަ މީހުންނަކީ ދެމަފިރިން ނޫންކަން މުއިއްޒަށް ރަނގަޅަށް އެނގިހުރެ ރޫމް ދޫކޮށްލަނީ ފައިސާ ލިބޭތީއެވެ. ކޮޓަރި ކުއްޔަށް ނަގައިގެން އެގޮތަށް ޖޯޑު ޖޯޑަށް އައިސް ކުރަނީ ޒިނޭކަން ރަނގަޅަށް މުއިއްޒަށް އެގެއެވެ. ދިމްޔާތުގައި ޒިނޭގެ އަމަލެއް ނުހިނގާ އެންމެ ދުވަހެއްވެސް އުޑުން ބިމުން ނުދާކަން މުއިއްޒަށް ރަނގަޅަށް އެގޭނެއެވެ. ފައިސާގެ ދަހިވެތިކަމުގައި އެނގޭ ކަމަށް ނުހަދާ ހުންނަނީއެވެ.
މުދަލާއި ފައިސާއާއި ބާރު ހޯދުމަށް ކޮށްފައި ނުކުރާ ކަމެއް މުއިއްޒު ނެތެވެ. ވެރިކަން ހޯދުމަށްޓަކާ ވެސް މުއިއްޒުގެ އޮތީ އޮޅުވާލުމާ ހީލަތާ މަކަރެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯދުމަށްޓަކާ ހީލަތްތެރި މަސައްކަތް ތަކެއް ކުރުމުން މުއިއްޒާ ދެކޮޅަށް ޕީޕީއެމުން ފިޔަވަޅު އަޅަފައި ވެއެވެ. މުއިއްޒަށް ޓިކެޓް ހޯދުމަށް ޕާޓީ ތެރޭގައި ބަގާވާތް ކުރުމުގެ ސަބަބުން މައްސަލަ ބަލަން ޖެހުމުން މުއިއްޒުގެ އެންމެ ގާތް އެންމެ އިތުބާރު ކުރާ އެކަކު ކަމުގައިވާ އާދަމް ރަމީޒަށް ޕީޕީއެމް ދޫކޮށްލަން ޖެހުނެވެ. އެ ހިސާބަށް ކަންކަން ދިޔައިރު ވެސް ޓިކެޓް ހޯދަން ނޫޅޭ ކަމަށް ބުނެ މުއިއްޒު އައީ ދޮގުހަދާ އޮޅުވާލަމުންނެވެ.
މުއިއްޒުގެ ކެންޕޭނުގައި ވެސް އޮތީ އޮޅުވާލުމާ މަކަރާ ހީލަތެވެ. ވިއްކަނީ ރައީސް ޔާމީނުގެ ފޮޓޯފުޅެވެ. ޕީޕީއެމްގެ ސަޕޯޓަރުންނަށް ބުނެދެމުން ދަނީ ވެރިކަމަށް އަންނަން އުޅެނީ ރައީސް ޔާމީން މިނިވަންކޮށް ރައީސް ޔާމީނަށް ބާރު ހޯދާ ދެއްވުމަށް ކަމަށެވެ. އަނެއްކޮޅުން ކާނަލް ނާޒިމުމެން މުހުތާޒު މުހުސިންމެން ފަދަ ރައީސް ޔާމީނުގެ އަދަވާތްތެރިންނަށް ދޭ ޔަގީން ކަމަކީ ރައީސް ޔާމީނު ވެރިކަން ހިންގުުމާ ކައިރިވިޔަ ނުދޭނެ ކަމުގެ ޔަގީންކަމެވެ.
މަކަރާ ހީލަތުން ފުރިފައިވާ މިވަރުގެ މީހަކަށް ދީނަށްޓަކާ ކުރެވޭނީ ކޮންކަމެއް ހެއްޔެވެ. ވޯޓާއި ޑިމޮކްރަސީ ހަރާން ކޮށްގެން ދީނީ އިލްމުވެރިންގެ ގޮތުގައި ތިބި އެތައް ބަޔަކު ދީނަށް ނަސްރު ދޭނެ މީހެއް ކަމަށް މުއިއްޒު ވެގެން އޭނާއަށް ބައިއަތު ހިފައިގެން އުޅެން ޖެހޭވަރު މީހަކަށް މުއިއްޒު ނުވެއެވެ. ޖަނާބަށް ބަފައިބެ ކިޔުމަކީ މުއިއްޒު ސިއްދީގަކަށް ވާކަމެއް ނޫނެވެ. ދޮގާ މަކަރާއި ހިޔާނާތާ އެތައް މުންކަރާތެއް މުއިއްޒުގެ ކިބައިން އެހުރީ ފާޅުވެ ފާޅުވެއެވެ. ފާޅުގައި މުންކަރާތްތަކަށް އަރައިގަންނަމުން ބޮޑެތިފާފަތަކަށް މަގުފަހިކޮށްދެމުންދާ މުއިއްޒު ފަދަ މީހަކަށް ދީނަށް ހޯދާދެވޭނެ ނަސްރެއް ނުއޮންނާނެއެވެ. އާނއެކެވެ. އެނގިހުރެއ އަމިއްލަ ގޭގައި ހަށި ވިއްކުވައިގެން ފައިސާ ހޯދާ މީހަކަށް ދީނަށް ދެވޭނެ ނަސްރެއް ނުއޮންނާނެއެވެ.