ހަންފަތުރަން ތުރާކުނުގައި ކުރި ގޮވާމުން ނިކުތް ކުރާގަނޑު

އައުޓުކުރަންވީ ސައީދުމެން ކަހަލަ ބައި އިންޑިއަނުން!

ހަންފަތުރަން ތުރާކުނުގައި ކުރި ގޮވާމުން ނިކުތް ކުރާގަނޑު

އިންޑިއާ ރާއްޖެއަށް އަތްގަދަކޮށް އަޅުވެތި ކުރަން އުޅޭކަމަށް އެންމެ ބާރަށް ދައްކާ އެކަކީ އިންޑިއާ ނަސްލުގެ ދިވެއްސެކެވެ. އިންޑިއާ އައުޓުކުރަން މަތިހަށި ނަގާފައި މީހުނަށް ވަސްވާ ދެނީ އިންޑިއަން ދިވެއްސެކެވެ. ދިވެހި ގައުމިއްޔަތުގެ އަސަރުވެސް ނެތް ދިވެއްސެކެވެ. 

އިންޑިއާ އައުޓްކުރަން މިއަދު ނިކުމެ އިސްވެ އެއުޅެނީ އިންޑިއާއިން ރާއްޖެއަށް އަތްގަދަ ކުރަން އައިސް އުތުރު ރަށެއްގައި ވަޒަންވެރިވި އިންޑިއާ މީހެއްގެ ކާފަ ދަރިއެކެވެ. އިންޑިޔާ މީހަކަށް ކާފަކިޔާ ސޮރު ރާއްޖޭގެ ވަޒީރުކަމަށް ދަންދެން ކޮށްފިއެވެ. ހަންފެތުރޭނީ މިހާކަށް ވަރަށެވެ. ވަޒީރުކަން ގެއްލި އަސްލު ދިވެހިންނަށް ދައުލަތުގެ ބާރުތައް ލިބުމުން ހަޖަމު ނުވެގެން އެހުރީ އިންޑިއާ އައުޓުކުރަން ނިކުމެއެވެ. 

މާވަރުގަދަ ދިވެއްސަކަށް ވެގެން މިއަދު އިންޑިއާ އައުޓްކުރަން ނިކުމެ އެހުރީކީ އަސްލު ދިވެއްސެއް ނޫނެވެ. މިއަދު އިންޑިޔާ އައުޓްކުރަން ނިކުމެ ހުއްޓަސް އިންޑިއާމީހާ ވާނީ އިންޑިއާ މީހާއަށެވެ. އިންޑިއާ ނަސްލުން އައިސް ކުރިއްސުރެ ރާއްޖެއަށް އަތްގަދަ ކޮށްގެން ހުރި އިންޑިޔާ މީހާ ބޭރުނުކޮށް ބޭރުކުރާނެ އިތުރު އިންޑިއާއެއް ރާއްޖެއަކު ނެތެވެ. 

އާނއެކެވެ. ތުރަކުނު ސައީދަކީ މައިފުށުން ތުރާކުނު މީހަކަށް ވެދާނެއެވެ. އެހެންނަމަވެސް ސައީދަކީ ބަފާފުށުން އިންޑިޔާ އިންޑިއާ މީހަކަށް ކާފަކިޔާ އިންޑިއާ ހަފަ ދަރިއެކެވެ. ކުރިއްސުރެ އިންޑިއާ ނަސްލުން ދަރިފަސްކޮޅު ރާއްޖޭގައި ގާއިމުކޮށްގެން ރާއްޖެއަށް އަތްގަދަކޮށްގެން އުޅޭ ބައިދިވެހިން ގައުމަށް އޮންނާނީ ކޮން ކުލުނެއް ހެއްޔެވެ. ސައީދުގެ ނަސްލު އައިސްފާ އޮތް ގޮތުން އެހެން މީހުނަށް ނިކަން ފަސޭހައިން އިނގިލި ދިއްކުރާނެއެވެ. ތިމާއަކީ ދިވެހި ނަސްލު މީހެއް ނޫން ވީމައެވެ.

ކޮންމެ ބޭނުމެއްގައި ވެސް އެހެން ބަޔަކު ރާއްޖެ އައިސް އުޅެންޏާ ސައީދުމެން ކަހަލަ މީހުނަށް އެހެން މީހުން ފެންނާނީ ހަންފަތުރަން އައިސް އުޅޭ ބައެއްގެ ގޮތުގައެވެ. ތިމާއަކީ މާކުރިން ހަންފެތުރުމަށް ތުރާކުނުގައި ކުރި ގޮވާމުން ނިކުތް ކުރާގަނޑު ވިއްޔާއެވެ. އެންމެ ފުރަތަމަ އައުޓު ކުރަންވީ ސައީދުމެން ކަހަލަ ބައި އިންޑިއަނުންނެވެ.