ފްލެޓް ރޭޓެއް ހަމަޖެއްސުމުން ކަރަންޓުން އުފާވެރިކަން

ސްޓެލްކޯގެ %28 ކޮންޒިއުމަރުން 600 ޔުނިޓަށް ވުރެ އިތުރަށް ކަރަންޓް ބޭނުން ކުރޭ

ފްލެޓް ރޭޓެއް ހަމަޖެއްސުމުން ކަރަންޓުން އުފާވެރިކަން

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ގެއެއްގެ ކަރަންޓަށް އަގުނެގުމުގައި ފްލެޓް ރޭޓެއް ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނިންމަވާފައެވެ. ރައީސް ސޯލިހުގެ މިނިންމެވުމަކީ ރައްޔިތުންގެ ޖީބަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

ރައީސް އެ ގޮތަށް ނިންމެވުމުން ކަރަންޓްގެ ފީނެގުމުގައި ފްލެޓް ރޭޓެއް ހަމަޖެހުމުން އެކަމާ ގުޅޭގޮތުން ކަސްޓަމަރުންނަށް ވަނީ މައުލޫމަތު ދީފައެވެ. 

ކަރަންޓު ރޭޓް ފްލެޓް ރޭޓް މިހާރު ބިލްކުރެވޭ އެންމެ ފުރަތަމަ ބޭންޑްގައި އޮންނަ ރޭޓަށް ކަނޑައެޅިއްޖެނަމަ ގާތްގަނޑަކަށް %52-%31 އާ ހަމައަށް ބިލް ކުޑަވެގެން ދާނެއެވެ. 

ވަރަށް ކުރިއްސުރެ ކަރަންޓް އަގު ހެޔޮ ކުރުމުގެ ވާަހަކަ ދެކެވެމުން އާދެއެވެ. ކުރިއަށް އޮތް ދައުރަށް އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތުގައިވެސް އެކަމާގުޅޭ ވަރަށް ގިނަ މަޝްވަރާތަަކެއް ކުރެވިގެން ގޮސްފައިވާ ކަމަށްވެއެވެ. ރައީސްގެ އެ ނިންމެވުމަކީ އެ މަޝްވަރާތަކުގެ އަލީގައި ނިންމެވި ނިންމެވުމެއްކަމަށް ގަބޫލު ކުރެވެއެވެ. 

މިސާލަކަށް ސްޓެލްކޯގެ ކޮންޒިއުމަރުންގެ %28 ކޮންޒިއުމަރުން 600 ޔުނިޓަށް ވުރެ އިތުރަށް ކަރަންޓް ބޭނުން ކުރެއެވެ. އެއާއެކު ޓެރިފް ރޭޓް އޮންނާނީ 4.25ރ އަށް އިތުރު ކުރެވިފައެވެ. އެވްރޭޖްކޮށް 500 ޔުނިޓަށް ދަށުގައި އުޅެނީ %40 ކޮންޒިއުމަރުންނެވެ. ކޮންޒިއުމަރުންގެ ބޮޑުބައެއް އުޅެނީ 500 ޔުނިޓަށް ވުރެ މަތީގައެވެ.