މާލޭމަގުމަތި އަމާންކުރާނަމުގައި އަނިޔާވެރިވުމަށް ދެކޮޅު!

މާލޭގެ މަގުމަތި އަމާން ކުރުމުގެ ނަމުގައި ޒުވާނުން އިންސާފް ހޯދުމަށް ކުރަމުން ދިޔަ މުޒާހަރާ ފުލުހުންވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެއް ރޫޅާލައި ދެ ދުވާނަކު އަނިޔާވެރި ކަމާއެކު ހައްޔަރުކޮށްފައެވެ. ހިއުމަން ރައިޓް ކޮމިޝަނުން ފުލުހުންގެ އެ އަމަލު ކުށްވެރިއެއް ނުކުރެއެވެ. އެޗްއާރުސީއެމުން އެކަން ދުށީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައެވެ.
އެހެން ނަމަވެސް މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާ މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމަށް ފުލުހުންގެ އަނިޔާވެރި އަމަލު ބަލައިގަތުން ފަސޭހަފުޅެއް ނުވިއެވެ. ޒުވާނުންގެ އިހުތިޖާޖާ ދެކޮޅަށް ފުލުހުން ހިންގި ގައިރު ގާނޫނީ އަމަލު މާލޭ މޭޔަރު ކުށްވެރި ކުރައްވައެވެ.
މާލޭ މޭޔަރ ވިދާޅުވަނީ ދިވެހި ޒުވާނުންގެ އެއްވުމުގެ ބައިވެރިންނާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުން ކުށްވެރި ކުރައްވާ ކަމަށެއެވެ. އަނިޔާވެރި ގޮތަކަށް ފުރާޅެއްގެ މައްޗަށް ކުއްޖަކު ދޫކޮއްލާަފައި އޮތުމުން އެކަން ހިނގިގޮތް ޝައްކެއްނެތް މިންވަރަށް ހާަމަކޮއްދޭން ގޮވާލުމަކީ ކޮންމެ ރައްޔިތަކުވެސް ކުރަން ޖެހޭކަމެއް ކަމަށެވެ.
ހިޔާލު ފާޅުކުރުމާ މުޒާހަރާ ކުރުމަކީ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއް ކަމުން އެކަމަށް ގޮވާލުމަކީ ކުށެއްނޫން ކަމަށްވެސް މާލޭ މޭޔަރ ވިދާޅުވެއެވެ. އިންސާފު ހޯދުމަށް ގޮވާލެވޭ ޔުމްނު ހާދިސާ ހިނގާދިޔަގޮތް ސިއްރުކުރަން އުޅުނުކަން ފުލުހުންގެ ކޮންފަރެންސުން އެނގި ހާމަވެގެންދިޔަ ކަމަށްވެސް މޭޔަރ ވިދާޅުވެއެވެ.
މިފަދަ ހާދިސާތައް ހިނގާދިޔަގޮތް ސިއްރުކުރަން ފުރުސަތުދީފިއްޔާ މާދަން އަނިޔާއެއްގެ ޝިކާރައަކަށްވާނީ ކާކުބާއޭ ވިދާޅުވެ މާލޭ މޭޔަރ ސުވާލު އުފައްދަވައެވެ. އެހެންކަމުން "އަނިޔާވެރިކަމާ އަބަދުވެސް އަޅުގަނޑު ދެކޮޅު" ކަމަށް އާޒިމް ވިދާޅުވެއެވެ.