ސްޓްރީޓް 2: 12 ދުވަސްތެރޭ 400 ކްރޯޑް ރުޕީސް ހޯދި 7 ވަނަ ފިލްމް

12 ދުވަސްތެރޭ 400 ކްރޯރ ރުޕީސްގެ އާމްދަނީއެއް ހޯދި 7 ވަނަ ފިލްމް

ސްޓްރީޓް 2: 12 ދުވަސްތެރޭ 400 ކްރޯޑް ރުޕީސް ހޯދި 7 ވަނަ ފިލްމް

އަމާރު ކައުޝިކް ޑައިރެކްޓްކޮށް، ރާޖްކުމާރު ރާއޯ، ޝްރަދާ ކަޕޫރު، ޕަންކަޖް ޓްރިޕާތީ، އަޕަރޝަކްތީ ކުރާނާ، އަދި އަބިޝެކް ބެނާޖީ ލީޑް ރޯލުން ފެނިގެންދާ ސްޓްރީ 2 ބޮކްސް އޮފީހުގައި 400 ރުޕީސްގެ އާމްދަނީއެއް 12 ދުަވަސްތެރޭ ހޯދައިފިއެވެ.

މިއީ 400 ކްރޯޑް ރުޕީސް ކުރު މުއްދަތެއްގެ ތެރޭގައި ހޯދި 7 ވަނަ ހިންދީ ފިލްމެވެ.

400 ކްރޯޑް ރުޕީސްގެ އާމްދަނީ ހޯދި އެހެން ފިލްމްތަކުގެ ތެރޭގައި ޖަވާން، ގަދާރު 2، ޕަތާން، އެނިމަލް، ބާހުބަލީ 2  އަދި ކޭޖީއެފް ޗެޕްޓަރ 2 ހިމެނެއެވެ.

މި  ދިޔަ ހޯމަ ދުވަހު އާމްދަނީގެ ގޮތުގައި 18 ކްރޯޑް ރުޕީސް ލިބުނުއިރު، މިއީ ފިލްމުގެ  ވެލިއުއަށް ބަލާއިރު ބޮޑު އަދަދެކެވެ. 12 ދުވަހުގެ ތެރޭގައި ސްޓްރީ 2 ގެ ޖުމްލަ އާމްދަނީ އަކީ 403.50 ކްރޯޑް ރުޕީސްއެވެ.

މި ފިލްމުން ބޮކްސް އޮފީހުގައި އެނިމަލް (502 ކްރޯޑް ރުޕީސް)، ބާހުބަލީ 2  (510 ކްރޯޑް ރުޕީސް)، ޕަތާން (513 ކްރޯޑް ރުޕީސް) އަދި ގަދާރު 2 (515 ކްރޯޑް ރުޕީސް) ގެ ފައިދާ ވައްޓާލުމުގެ ފުރުސަތު ވަރަށް ބޮޑެވެ.