އާދަމް އާޒިމަކީ ޓެސްޓްކޮށް ފާސްވެފައިވާ އެމްޑީޕީ ޕްރޮޑަކްޓެއް
އެންމެ ގިނަވޯޓް ލިބިގެން ދައުލަތުގެ މާލޭ މަގާމެއްގައިހުރި އެމްޑީޕީ މީހާ!
ވެރިކަމުގައި ނެތަސް އެމްޑީޕީގެ އެތެރޭގެ އިންތިހާބު ތަކަކީ ނިކަން ވާދަވެރި އިންތިހާބު ތަކެކެވެ. 2023ގެ ރިޔާސީ އިންތިހާބުން ބަލިވީ ފަހުން އާންމު އިންތިހާބެއްގައި އެމްޑީޕީއަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ ވެރިކަން ކުރާ ޕީއެންސީއާ ދެކޮޅަށް މާލެ ސިޓީގެ މޭޔަރުކަން ލިބުނު ލިބުމެވެ. މުޅި ސަރުކާރުގެ ފުރިހަމަ ތާއީދާއެކު ވާދަކުރި މަޝްހޫރު ގާނޫނީ ވަކީލު އާޒިމާ ޝަކޫރު ބަލިކޮށް މާލޭ މޭޔަރުކަން ހޯދީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި އާދަމް އާޒިމެވެ.
އެމްޑީޕީގެ އަސާސީ ގަވައިދު އޮންނަ ގޮތުން އެމްޑީޕީގެ ޓިކެޓްގައި ހޮވޭ މަޖިލިސް މެންބަރުންނަކީ އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރުން ކަމަށް ވިޔަސް އެމްޑީޕީގެ ޓީކެޓްގައި ހޮވޭ ސިޓީ މޭޔަރުންނާއި އަތޮޅު ރައީސުންނަށް ގައުމީ މަޖިލީހުން ޖާގައެއް ނޯވެއެވެ. އިދާރީ ދާއިރާއެއްގެ ކިތަންމެ ކުޑަކުޑަ އަގުލަބިއްޔަތަކުން ވެސް މަޖިލީހަށް ހޮވިއްޖެނަމަ ގައުމީ މަޖިލީހުގެ މެންބަރަކަށް އެ މީހަކުވެއެވެ. އާނއެކެވެ. ރައްޔިތުންގެ މަޖިލިސް ތަފާތުވާނެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހަކީ ގިނަ ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީ ހިންގާ މައިގުނަން ކަމަށްވާއިރު ސިޓީ މޭޔަރުންނާއި މުޅި އަތޮޅުން ހޮވާ އަތޮޅު ރައީސަށް ގައުމީ މަޖިލީހުގައި ޖާގަނެތުމަކީ އުނިކަމެކެވެ. އެކަމުގެ ސަބަބުން ރައްޔިތުންނާ އެންމެ ކައިރިން ގައުމީ މަޖިލީހަށް ރައްޔިތުންގެ ބަސް އިއްވުމަށް އުނިކަން ލިބެއެވެ.
އާދަމް އާޒިމަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސިޓީގެ މޭޔަރެވެ. މޭޔަރު އާދަމް އާޒިމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވުރެ ގިނަ ވޯޓު ލިބިގެން ދައުލަތުގެ މަގާމެއްގައި މާލޭގައި ހުރި އެމްޑީޕީގެ މެންބަރެވެ. އެމްޑީޕީގެ ޓިކެޓްގައި ހޮވިފައިހުރި މާލޭ މޭޔަރު އެމްޑީޕީގެ ގައުމީ މަޖިލީހުގައި ނެތުމަކީ އުނިކަމެކެވެ. އިތުރު ވާދަވެރި އިންތިހާބަކަށް ނުގޮސް މަލޭ މޭޔަރަށް ގައުމީ މަޖިލީހުން ޖާގަ ނެތުމަކީ ވާދަވެރި އިންތިހާބަކުން ވިޔަސް މާލޭ މޭޔަރަށް ގައުމީ މަޖިލީހުގެ މެންބަރުކަން ކަށަވަރު ކޮށްދޭން މެންބަރުންނަށް ޖެހޭކަމެކެވެ.
އަނެއްކޮޅުން އާދަމް އާޒިމަކީ ރައީސް ސޯލިހު ސަރުކާރުގައި ނަތިޖާ ނެރެދިނުމުގައި ދެވަނައެއް ނެތް ލާމަސީލް މިސާލެކެވެ. އާރުޓީއެލް ހިދުމަތުގެ އާރުކާޓީއަކީ އާދަމް އާޒިމެވެ. ރާއްޖޭގެ ސިޓީތަކާއި ބޮޑެތި ރަށްރަށުގައި ގާއިމުކޮށްފައިވާ އާރުޓީއެލް ބަހުގެ ހިދުމަތަކީ ރައްޔިތުންނަށް ލިއްބައިދިން ބޮޑުލުޔެކެވެ. ހައިސްޕީޑް ލޯންޗު ފަހަރުގައި ރަށްތައް ދަތުރު ފަތުރުން ގުޅާލުމުގެ ފައިދާ ރައްޔިތުންނަށް އެހެރަދަނީ ލިބެމުންނެވެ.
ރަށްރަށުގެ ބަނދަރުތައް ޒަމާނީ ފެންވަރަށް ހަދާ ލަފާފުރުން ފަސޭހަކޮށް ދިނުމަށް ރައީސް ސޯލިހު ކުރެއްވި މަސައްކަތުގެ މުގުލަކީ އާދަމް އާޒިމެވެ. ރަށްރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކުޑަގިރި ހަގީގަތަކަށް ހެދުމުގައި އާދަމް އާޒިމުގެ ކުޅަދާނަކަމާއި ޒިންމާ އަދާކުރުމުގެ ފަންވަރު އެމްޑީޕީ ވަނީ ތަޖުރިބާ ކޮށްފައެވެ. އަމީނީ މަގު ހެދުމުގައިވެސް އާޒިމްގެ ދައުރު އެހާމެ ބޮޑެވެ.
ތަރައްގީ ދަންނަ ތަޖުރިބާކާރު ހުނަރުވެރި ހިދުމަތްތެރި މެންބަރަކަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ޖާގަ ނުދޭންވީ އެއްވެސް ސަބަބެއް ނެތެވެ. އެމްޑީޕީ ޓިކެޓްގައި މާލޭ މޭޔަރުކަން އާޒިމަށް ދޭން ކެރުނު އެމްޑީޕީ މެންބަރުން، ގައުމީ މަޖިލީހުން އާދަމް އާޒިމަށް ޖާގަދޭން ޖެހެލުމެއް ނުވާނެއެވެ. އާދަމް އާޒިމަކީ ޓެސްޓްކޮށް ފާސްވެފައިވާ އެމްޑީޕީ ޕްރޮޑަކްޓެކެވެ.