އަޒާނަށް މިފަހަރުވެސް ޖެހެނީ ލަވަ ބަދަލުކުރަން
ޑޮލަރުގެ ތާށިކަން އޮތީ ހިނދުކޮޅަކަށް
ކޮންމެ ކަމެއްވެސް ވަނީ އިރާދަ ކުރެއްވިއްޔާކަން އަޒާން ނުބުންޏަސް އެންމެނަށް އެނގެއެވެ. އާއެނކެވެ. ބީއެމްއެލްއިން ޑޮލަރު މުއާމަލާތްތައް ހުއްޓާލީ ބޭންކަށް ޑޮލަރު ނުލިބޭތީއެވެ. ޑޮލަރ ހުސްވެގެންނެވެ. ނުލިބޭ އެއްޗެއް ދެވޭނެ ގޮތެއް ނޯންނާނެކަން އަޒާން ނުބުންޏަސް ނޭނގޭނީ ކާކަށް ހެއްޔެވެ.
އާޒާން ނުބުންޏަސް މިކަމުގެ ދަތިކަން އެތައް ބަޔަކަށް ކުރިމަތިވާނެކަން މީހުނަށް އެނގެއެވެ. އެކަން ނޭނގުނީ ރައީސަށެވެ. އެހެން ގޮތެއް ނެތިގެން ބޭންކުގެ މައި ހިއްސާދާރުކަމަށްވާ ސަރުކާރުން އެކަން އެގޮތަށް ނުކުރާނެ ނަމަ ނުކުރާނީ އުނބަށް ޖަހާފާޑަކަށް ނޫނެވެ. އަޒާނުގެ ބަހުންވެސް އެގުނު އެއްޗަކީ ސަރުކާރަށް ގޮތް ހުސްވެއްޖެކަމެވެ.
އަޒާނު ބުނިގޮތުން އޯގަސްޓު/ސެޕްޓެމްބަރު މަހަކީ ރެކޯޑު އަދަދަކަށް ބޭރުގެ ދަރަނި އަދާކުރަންޖެހޭ 2 މަހެވެ. ޑޮލަރުގެ ތާށިކަން ބޮޑުވި އެއް ސަބަބަކީ މިއީކަމަށް އަޒާނު ވިސްނާދިނެވެ. ލިމިޓެޑް އަދަދަކަށް ރިޒާވްގައި ޑޮލަރުހުރި އިރު އެންމެ ބޮޑު އިސްކަމެއް ދެނީ ދަރަނި އަދާކުރުމަށާ ތެލަށް ފައިސާ ދެއްކުމަށްކަމަށް ވެސް އަޒާނުު ބުނެއެވެ. ޑޮލަރުގެ ތާށިކަން މިހާ ބޮޑުއިރު ޑޮލަރު ބޭނުން ކުރަންޖެހޭނީ އެންމެ މުހިންމު ކަންތައްތަކަށް އިސްކަންދީގެން ކަމަށްވެސް މެންބަރު އަޒާން ބުންޏެވެ. ވާހަކަ ކިހާ ރީތި ހެއްޔެވެ.
ސަރުކާރު ދިފާއުކުރުމުގެ ގޮތުން އަޒާން ރައްޔިތުންނަށް އިއްޔެ އުންމީދު އައުކޮށް ދިނެވެ. އޭނާ ބުނީ އިރާދަކުރެއްވިއްޔާ މިއަހަރުގެ ނޮވެމްބަރުން ފަށައިގެން ޑޮލަރުގެ ރިޒާވް ރަނގަޅުވާން ފަށާނެކަމަށެވެ. މިހާލަތުން އަރައިގަނެ ޑޮލަރު މުއާމަލާތް ސަސްޕެންޑު ކުރެވިފައި އޮތް އޮތުން ނިމުމަކަށް އަންނާނެއެވެ.
އެކަމަކު ކުރަނީ ކީއްހެއްޔެވެ. އަޒާނުމެން ކީހާޅެން ފަރިއްސަށް އަނެއްކާވެސް މުއިއްޒު އެހަދާލީއެވެ. ދުވަހަކަށް އިރުއަރާ އޮއްސެން ވާއިރަށް މުއިއްޒު ނިންމުން ބަދަލު ކޮށްލީއެވެ. އެކަން ބޭންކުން ކުރީ ތިމަން ބުނި ގޮތަކަށް ނޫނޭ ބުނެ އުނބަށްޖެހީއެވެ.
އަޒާނުމެން ވާހަކަ ދައްކަނީ އެއްވެސް އަސާސެއްގެ މައްޗަށް ނޫންކަން ސާބިތުވާހެން އަނެއްކާވެސް ބަރަހަނާ ކޮށްލީއެވެ. އަޒާނު ދިފާއުކުރަން މިއުޅެނީ ހޮޅި އުނބަށްޖަހާ ސަރުކާރެކެވެ. އައްޑަންގަޑި ނުވަނީ މިޖެހެނީ އަޒާނުމެނަށް ލަވަ ބަދަލުކުރާށެވެ.