ހުރި އިބިލީހަށްވުރެ ކުޑަ އިބިލީހެއް ހޯދުން ހުއްޓަންޖެހޭ: ސަވާދު

ވެރިން އުޅެނީ މަހުޖަނުންނަށް ނުވެގެން: ޑރ. ސަވާދު

ހުރި އިބިލީހަށްވުރެ ކުޑަ އިބިލީހެއް ހޯދުން ހުއްޓަންޖެހޭ: ސަވާދު

ރައްޔިތުނާ ނުބައްސާ ރައްޔިތުންގެ ކަންކަން ނުކުރެވޭނެ ގޮތަށް ދައުލަތުގެ އޮނިގަނޑު ބަދަލުކުރަން އެބަޖެހޭ. ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވެއެވެ. 

ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމާއި ރައީސާއި ބޮޑުވަޒީރާ މީ ހަމަ ހުސް ސިޔާސީ ޗަރުކޭސް ކަމަށް ޑރ. ސަވާދު ސިފަކުރައްވައެވެ. އެ މޭރުމުން ކުރެއްވި އެކްސް ޕޯސްޓެއްގައި ޑރ.ސަވާދު ވިދާޅުވީ" ހުރި އިބިލީހަށްވުރެ ކުޑަ އިބިލީހެއް ހޯދަން އުޅޭ އުޅުން ހުއްޓާލަންވެއްޖެ" ކަމަށެވެ. 

ދައުލަތުގެ ގުނަވަންތައް ވަގުންގެ ނިވާފަތްގަނޑަކަށްވެ އޮންނަ އޮތުން ނިންމޭނީ އެތަންތަނަށް ބަދަލު ގެނައުމުގެ ސީދާ ބާރު ރައްޔިތުނަށް ލިބިގެން ކަމަށާއި ރައްޔިތުންގެ ފައިސާއާއި މުދަލުން ޒައްރެއްވެސް ހޭދަކުރެވެންވާނީ ސީދާ ރައްޔިތުންގެ ރުހުން ލިބިގެންކަމަށް ވެސް ޑރ. ސަވާދު ވިދާޅުވެޢެވެ.

ވެރިން އުޅެނީ މަހުޖަނުންނަށް ނުވެވިގެން ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވަމުން ޑރ. ސަވާދު ވިދާޅުވަނީ  ރައްޔިތުން އުޅެނީ ދިރިނޫޅެވިގެންކަމަށެވެ.

މި ޙާލަތުން އަރައިގަނެވޭނީ ރައްޔިތުނާ ގުޅޭ ހުރިހާ ކަމެއްގައި ރައްޔިތުނަށް ސީދާ ބަސްބުނެވޭނެ ގޮތަށް ދައުލަތް ހިންގުމުގެ އޮނިގަނޑު ބަދަލުކޮށްގެން ކަމަށް ވިދާޅުވެއެވެ. ޑޜ. ސަވާދު ވިދާޅުވަނީ ބަޔަކަށް ފައިދާ ވިޔަސް ރައްޔިތުމީހާގެ އަތްމަތި މިހާ ތަދު ދުވަސްކޮޅެއް މީން ޒަމާނަކު ނާންނަކަމަށެވެ  

ކިތަންމެ ވަރަކަށް މަލަމަތި އޮމާންކުރިޔަސް، އަމާނާތްތެރިކަމެއް ނަޒާހާތްތެރިކަމެއް ނެތް ބަޔަކު ވެރިކަން ކުރާނީ ތިމާގެ އަމިއްލަ މަންފާއަށް އެކަނިކަން ދަންނަންތިބީވެސް ރައްޔިތުންކަމަށް ޑރ. ސަވާދު ވިދާޅުވެއެވެ.

ރައްޔިތުންގެ ހާލަތުން މިސާލު ނަންގަވަމުންވިދާޅުވީ އެޗްޑީސީއަށް ރެކޯޑު ފައިދާ ވީއިރު ފްލެޓުވެރިން އުޅެނީ ކުލި ދައްކާނެ ފައިސާ ނެތިގެންކަމަށެވެ. އެގޮތުން ޑރ. އިތުރަށް ފާހަގަކުރެއްވީ:-

  • އެސްޓީއޯއަށް ރެކޯޑު ފައިދާ: ރައްޔިތުން އުޅެނީ ޕެޓްރޯލާ ކާޑު ގަންނާނެ ލާރިނެތިގެން؛
  • ދިރާގަށް ރެކޯޑު ފައިދާ: ރައްޔިތުން އުޅެނީ ދެ މިނެޓުން އެއްމިނެޓު ކަނެކްޝަން ކެނޑޭތީ
  • ދިވެހި ބޭންކަށް ރެކޯޑު ފައިދާ: ރައްޔިތުނަށް ޑޮލަރެއް ނުލިބޭ؛
  • ފެން/ ކަރަންޓު ކުންފުންޏަށް ރެކޯޑު ފައިދާ:  ރައްޔިތުން އުޅެނީ ފެންބިލު ދައްކާނެ ލާރިނެތިގެން؛
  • ސަރުކާރު ބޭސްފިހާރައަށް ރެކޯޑު ފައިދާ: ރައްޔިތުން އުޅެނީ ބޭސް ސިޓީގަ ހުރި ބޭސް ނުލިބިގެން؛