ފެޑަރަލް ރިޒާވްގެ ޑޮލަރ އިންޓްރަސްޓް ރޭޓް%4އަށް
ޑޮލަރ މުއާމަލާތްތަކަށް ހޭދަކުރާ ރުފިޔާ މަދުވާނެ ފުރުސަތެއް
ސޯޝަލް މީޑިއާގައި މަޝްހޫރު ބުނާގޮތުގައި އެމެރިކާގެ ފެޑަރަލް ރިޒާވުން އިންޓްރެސްޓް ރޭޓަށް ގެންނަ ބަދަލުތައް މިރޭ ނިންމާނެއެވެ. މިބަދަލާއެކު ފެޑަރަލް ރިޒާވުން އިންޓްރެސްޓް ރޭޓް %4 އަށް މަތިކުރާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރަމެވެ. އޭރުން އެމެރިކާ ޑޮލަރުގެ އަގު އުފުލި، އެހެނިހެން ފައިސާތަކުގެ އަގު ދާނީ ދަށަށެވެ.
ބީ.އެމް.އެލްގެ އެކްސްޗޭންޖް ރޭޓް މި ބަދަލާ އެއްގޮތަށް އަދާހަމަކޮށް ޑޮލަރު ފިޔަވައި އެހެނިހެން ބޭރު ފައިސާތަކުގެ ރޭޓްތައް ދަށްވާންޖެހޭނެއެވެ. އެގޮތަށް އެކްސްޗޭންޖު ރޭޓް ބަދަލުކުރުމުން "ޓީމޫ" ފަދަ ވަޞީލަތްތަކުން ކުރާ މުއާމަލާތްތަކާއި ޓީ.ޓީ ތަކަށް ދިވެހި ރުފިޔާއިން ދައްކަންޖެހޭ މިންވަރު ކުޑަވާން ޖެހޭނެއެވެ. ބީ.އެމް.އެލް އިން ރޭޓްތަކަށް ބަދަލު ނުގެނެސްފި ނަމަ އެއީ އާންމުންގެ އަތުން ނުޙައްގު ބޮޑު ފައިދާއެއް ނެގުން ނޫން ކަމަކަށް ނުވާނެއެވެ. އޭރުން ވާނީ ބޮޑު އޮޅުވާލުމަކަށެވެ.
އެމެރިކާ ފެޑަރަލް ރިޒާވުން މި ނިންމުން އިޢުލާނުކުރުމާއެކު، ބައިނަލްއަގުވާމީ ބާޒާރަށް ވަގުތުން އޭގެ އަސަރުކުރާނެއެވެ. އެހެންކަމުން، ދުނިޔޭގެ ބާޒާރުގައި ރޭޓްތަކަށް އަންނަ ބަދަލުތަކާ އެއްގޮތަށް ބޭންކުންވެސް ރޭޓްތައް ބަދަލުކުރަންޖެހޭނެއެވެ.
އެމެރިކާގެ ފެޑަރަލް ރިޒާވްގެ މި ނިންމުމަކީ ވަރަށް މުހިންމު ނިންމުމެކެވެ. އެގޮތަށް އިންޓްރެސްޓް ރޭޓް މަތިކޮށްފިނަމަ، އެކަން ވެގެންދާނީ ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މިގޮތަށް ރޭޓް މަތިކުރާ ފުރަތަމަ ފަހަރަށެވެ.


