ގާތްވާން ސިހުރުހެދި ބިސްފީކުރާ ކަމަނާ!
ދެތިން އަންހެނުން ތިބީ ނިކަން ރަނގަޅަށް ރަދުން ބްލެކްމޭލު ކޮށްގެން
ރަދުންނަށް ދައުލަތް ހިންގޭނީ ކިހިނެތް ހެއްޔެވެ. އެފަކީރަކު އުޅެނީ ދެތިން އަންހެނުންގެ ކިބައިން ސަލާމަތް ނުވެވިގެންނެވެ. ގައުމުގެ ކަމެއް ކޮންމެހެނެއް ދިޔަސް އެ ދެތިން އަންހެނެއްގެ ކިބައިން ރަދުން މިންޖުވާކަށް ނެތެވެ.
ސަހަރުވެރި ކަމުގެތެރޭން ތެރޭން އަވަލީ ދެތިން އަންހެނުން ތިބީ ނިކަން ރަނގަޅަށް ރަދުން ބްލެކްމޭލު ކޮށްގެނޭ ބުނާ މީހުން އެބުނަނީ ގައިމު ކަމެއް ވެގެންތާއެވެ. ސިހުރު ހެދިޔަސް ގައުމު އިނދަ ޖައްސާލިޔަސް އެ ދެތިން އަންހެނުންނާ ދެކޮޅަށް ރަދުންނަށް ކުރެވޭނެ ކަމެއް ހަރާމުން ހަރާމެވެ. ފުރަތަމަ މިގެނެސްދެނީ އެއިގެ ތެރެއިން އެއް އަންހެނެއް ވާހަކައެވެ.
ބިސްފީކުރާ ކަމަނާއަކީ ރަދުން އެންމެ އިތުބާރުކޮށްގެން އެންމެ އަރިސްކޮށްގެން ވަޒީރުކަން ދީގެން ގެންގުޅުނު ބޮޑު ރައްޓެހި މީހާގެ ދެއަނބިނއ އެއް އަނތްބެވެ. ސަހަރު ވެރިކަމުގައި ރަދުން ހުރި އިރު ހިންގިހާ ޖަރީމާއެއް ހިންގުމުގެ އިސްދައުރެއް ކުޅުނީވެސް ބޮޑު ރައްޓެހި މީހާއާއި އޭނާގެ އަނބި ގޮއްޔަ ބައިވެރިކޮށްގެންނެވެ. ރަދުންގެ ދެފުށުން ދަންނަ ދެމަފިރިންނަކީ ބޮޑު ރައްޓެހި މީހާގެ ދެމަފިރިންނެވެ. ސަހަރުވެރި ކަމުއްސުރެ ރަދުންގެ ދާންމަތިކޮޅުގެ އެއް ބައިވެރިއަކަށް ބޮޑު ރައްޓެހި މީހާގެ އަނބިގޮއްޔަ ވެއެވެ.
ރަސްކަން ލިބުމުން ގަނޑުވަރު ތެރެއަށް ވައްދައިގެން އަނބި މީހާއަށް ނާންގާ ބިސްފީކުރަން ގެންގުޅުނީ ބޮޑުރައްޓެހި މީހާގެ އަނބިގޮއްޔައެވެ. ގެއަށް ވައްދާއިގެން އުޅެވުނީ ވިހަގަދަ ހަރުފައެއް ކަމަކަށް މަހާރެހެންދި ވެސް ހިޔެއް ނުކުރާނެތާއެވެ. ޖައްވުގާ އުދުހިލާފާ އުޅޭ މަންޒަރު ވީޑިއޯކޮށްގެން ލީކްކޮށް ފަލީހަތްކޮށްލާނެ ކަމެއް ނުދެނެ ހުންނާނެތާއެވެ. ބިސްފީކުރަން ބަނޑުދަށަށް ވައްދަފާނެ ކަމަކަށް މަހާރެހެންދި ހިތައްވެސް ނަރާނެތާއެވެ. އެކަމަކު އެކަކަށްވެސް ދޮންކަޅު އަންގާ ނުލާ އުޅެވެނީ ވެސް ވަކި ވަރަކަށެވެ.
މަހާރެންދިއަށް ހިލަންވުމުގެ ކުރިން ގަނޑުވަރުން ނެރެ ސައިޒުން ބޮޑުކަމަކާ މަތިކުރިޔަސް ގާތްކަން ދުރުވުމުގެ ނުތަނަވަސްކަމެއް ބިސްފީކުރާ ކަމަނާގެ ފިލާނުދިޔައެވެ. ރަސްކަން ހޯދަން ހެދިހާ ސިހުރެއް ހެދީ އަމިއްލަ ލޯމަތީގައި ބައިވެރިވުން ހޯދައިގެން ކަމަށްވަންޏާ ގާތްވާން ސިހުރު ނުހަދާންވީ ސަބަބެއް ނެތްތާއެވެ. ފުލުފުލުގައި ސިހުރުގެ ކުޅިސަމާ ފަށައިގަތެވެ.
ސިހުރުގެ ގޮށްތަކަށް ފުމެން ފެށުމުން މަހާރެހެންދިޔަށް ހިލަންވާކަށް ދުވަސްތަކެއް ނުވިއެވެ. ނޭނގޭ އުދަގޫތަކެއް ވާންފެށުމުން ސަލަފީންގެ އެހީ ނުހޯދައެއް މަހާރެހެންދި ނުހުންނާނެތާއެވެ. ސަލަފަކީ މަހާ ރެހެންދި ވިއްޔާއެވެ.
އަނެއްކޮޅުން ހިލަންވެގެން ރަދުންގެ ބޮޑު ރައްޓެހި މީހާ އަންހެނުން ވަރިކޮށް ފިލާރައްކާ ވެއްޖެއެވެ. އޭނާ ފިލާރައްކާވީ މިލިޔަން މިލިޔަނުން ޑޮލަރުވެސް ހިފައިގެން ކަމަށް ބުނެއުޅެއެވެ. ކުރާނީ ކީއްހެއްޔެވެ. ކިތަންމެ ބޮޑު ދޯކާއެއް ދީފާ ފިލިޔަސް އޭނާ މަގާމުން ވަކި ކުރެވޭނެ ހިތްވަރެއް ރަދުންގެ ނެތެވެ. ގޮތެއް ހަދަލައިފިނަމަ ނިކުންނާނެ އެއްޗެތި ގިނަކަމުން ސަސްޕެންޝަންގައި ބިހައްޓަން ޖެހުނީ މުސާރަ ދީފައެވެ.
ލޯމައްޗަށް ކަންކަން ސާފުވެ ހާމަވުމުން ގަޑުވަރުގެ އޯޑަރަކަށް ފުލުހުން ނިކުމެ ބިސްފީކުރާ ކަމަނާ ހުރަގެއަށް ކަހާލީއެވެ. ވީދެރަޔާ ގަތްލަދުން ރެކެން މައްސަލަ ބަލަނި ތިމަންގެ އަމުރަކަށް ނޫނޭ ބުނެ ހިތައް ހަމަޖެހުމެއް ގެނެވޭތޯ އުޅުނަސް ހިތްހަމަ ޖެހޭނީ ކިހިނެއްހެއްޔެވެ. މޫނަށް ލަދަށް މަގާމުން ވަކިކުރިޔަސް ހިތުން ދީފައިވާ މަގާމެއް ވަތްކެއް ނުކުރެވޭނެތާއެވެ. މަހަރެހެންދީގެ ނުފޫޒު ގަދަކަމުން ކައިރި ވެވޭކަށް ނެތެވެ. ބަރަހަނާވެ ރަސްކަން ގެއްލިދާނެތީ ބިސްފީކުރާ ކަމަނާ ހުރަގޭންނެރެ ދޫކޮށްލެވޭކަށް ނެތެވެ.