ޝާހުގެ ޒަމާންވީ އުންމީދު "ޕަތާން"އާއި އެކު ހަގީގަތަކަށް

ޝާހުގެ ޒަމާންވީ އުންމީދު "ޕަތާން"އާއި އެކު ހަގީގަތަކަށް

ޝާހްރުކް ހާން ހާމަކުރާ ގޮތުގައި އޭނާ އަބަދުވެސް ބޭނުންވީ އަދިތިޔާ ޗޯޕްރާއާ އެކު އެކްޝަން ފިލްމެއް ހެދުމަށެވެ. އެއީ އޭނާގެ އަބަދުގެވެސް އެންމެ ބޮޑު، އޭނާގެ ޒަމާންވީ އުންމީދެވެ."  ފިލްމީ ދާއިރާއަށް ވަނީއްސުރެ އަދިތިޔާ ޗޯޕްރާ އާ އެކު އެކްޝަން ފިލްމެއްގައި މަސައްކަތް ކުރުމަކީ އަހަރެންގެ އެންމެ ބޮޑު އެދުން" ޝާހު ހާމަަ ކުރިއެވެ. 

އަދިތިޔާ ޗޯޕްރާ "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއޭނގޭ" ފިލްމު ޝާހުއަށް ހުށަހެޅި އިރު، އޭނާގެ ހިތުގައި، އަދިތިޔާއާއި އެކު އެކްޝަން ފިލްމެއް ހެދުމުގެ އުންމީދު އޮތްވަރު ހާމަ ކުރަމުން ޝާހު ބުނީ އެއީ ފިލްުމު ކުޅެން ފެށީއްސުރެ އޭނާގެ އެންމެ ބޮޑު އުންމީދު ކަމުގައެވެ.

ޝާހްރުކް ހާން އާއި ޔާޝް ރާޖް ފިލްމްސް އާއި ދެމެދު ދިގު މުއްދަތަކަށް ގުޅުން އުފެދިފައިވާ މައިގަނޑު އެއް ސަބަބަކީ "ދިލްވާލޭ ދުލްހާނިއާ ލޭ ޖާޔެންގޭ" ކަން އެއީ އެންމެނަށްވެސް އެނގޭ ބޮޑު ހަގީގަތެކެވެ. އެހެންނަމަވެސް ބޮލީވުޑްފެ ސުޕަސްޓާ ދާދި ފަހުން ހާމަކުރި ގޮތުގައި އެވަރގްރީން ރޮމޭންސް ލެޖެންޑެއްގެ ގޮތުގައި އޭނާ މަޝްހޫރުވުން، އޭނާގެ ހުރިހާ ކާމިޔާބެއްގެ އަސްލު ފެށުން، އޭނާގެ ރެކޯޑް މުގުރާލި ފިލްމު "ދިލްވާލޭ ދުލްހަނިޔާ ލޭނޖާއޭނގޭ" އަކީ އެކަމެއް ކުރުމަށް އޭނާ ފުރަތަމަ ފަހަރަށް ކުރަން ޝައުގުވެރިވި ކަމެއް ނޫނެވެ. އޭނާގެ އަބަދުގެ ވެސް އެދުމަކަށް ވެފައި އޮތީ ފިލްމީ ކެރިއަރު ފެށުނީއްސުރެ ވެސް އެކްޝަން ފިލްމެއް ހެދުމެވެ. ފިލްމު އުފެއްދި އަދިތިޔާ ޗޯޕްރާ، ޝާހުރުކް ހާން އަށް ސްކްރިޕްޓެއްގެ މަސައްކަތް ވެސް ފެށި ނަމަވެސް ކުއްލި އަކަށް ހާލަތު ބަދަލުވެ، "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭނގޭ" ޝާހުއަށް ލިބުނެވެ. ކޮންމެ އަކަސް ފިލްމު "ޕަތާން"އާއި އެކު ޝާހުގެ މިއުންމީދު ހަގީގަތަކަށް ވެއްޖެ ކަހަލައެވެ.

90ގެ އަހަރުތަކުގެ ކުރީކޮޅު ވައިއާރުއެފްގެ ބެނާގެ ދަށުން އެކްޝަން ފިލްމަކަށް ޝާހްރުކް ހާން އާ ގުޅުނު ދުވަސްވަރު ހަނދާން ކޮށްދެމުން ސުޕަރސްޓާރ ދިން އިންޓަވިއުއެއްގައި ބުނީ، " އެކްޝަން ފިލްމެއް ހެދުމަކީ ފިލްމީ ދާއިރާއަށް ވަން ދުވަހުން ފެށިގެންވެސް އަހަރެންގެ އެންމެ ބޮޑު އުންމީދު. އަހަންނާއި އަދިތިޔާ މަސައްކަތަށް ފަށައިގަތް އިރު އަދިތިޔާ އަހަންނަށް އެކްޝަން ފިލްމެއް ލިޔުނުވެސްމެ. އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަން ރޮމޭންސް ނުވަތަ ސޯޝަލް ޑްރާމާއެއް ހެދިދާނެ ކަމަކަށް. އެކަމަކު އެއް ދުވަހަކު އަހަރެންގެ ގާތަށް އައިސް ބުނީ 'ޝާހްރުކް އަހަރެމެންނަށް މި ހިޔާލު ދޫކޮށްލެވޭނެތަ؟ އައިވް ގޮޓް އަ ލަވް ސްޓޯރީ ޓު ޑޫ.' އަދި ބާކީ ކަންތައް ވެގެން ދިޔަގޮތް އެނގޭނެ."

ލީޑިން ލޭޑީގެ ރޯލުން ކާޖޮލް ފެނިގެންދިޔަ ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއޭންގޭ ވިހި އަހަރަށް ވުރެ ގިނަ ދުވަހު ސިނަމާ ތަކުގައި އަޅުވަމުން އައީ ފިލްމީ ތާރީހުގައި ވެސް އެންމެ ގިނަ ދުވަހު ދެއްކި ފިލްމުގެ ގޮތުގައެވެ. 

އަނެއްކޮޅުން ޝާހްރުކް ހާން ވަރަށް އަވަހަށް އެނބުރި އަންނާނީ ވައިއާރުއެފްގެ އިތުރު ވެންޗާއެއް ކަމަށްވާ ޕަތާންގެ ލީޑިން މޭންގެ ރޯލުންނެވެ. މި ފިލްމުގައި އޭނާ ފެނިގެންދާނީ ޖާސޫސެއްގެ ރޯލުންނެވެ. އެކްޝަން އެންޓަޓެއިންމަންޓެއް ހަދަން ލިބުނު ފުރުސަތުގައި ފުންމާލި ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޝާހު އިތުރަށް ބުނީ، "މިފަހަރު ޕަތާން އޭ ބުނިއިރު އޮތީ ކޮވިޑުގެ ހާލަތުގައި ހަމައެކަނި ކުޑަކޮށް ޝޫޓު ކޮށްލުމުގެ ހުއްދަ ލިބިފައި އޮތީ. ޕަތާން ގެ ހަބަރު ލިބުމާއެކު އަހަރެން އަވަސް އަވަހަށް އަހަރެންގެ ޓީމަށް އެންގިން 'މިފަހަރު ކެންސަލް ކޮށްުލުމުގެ ކުރިން އަވަހަށް މިކަން ކޮށްލަމާ ހިނގާށެވެ.' އެހެންކަމުން، އަހަރެން ވޯކްއައުޓްކޮށް ހަށިގަނޑު ބިނާކުރިން. އެކަމަކު އެއިން އެއްވެސް ކަމެއް ބޭނުމެއް ނުވި. އެ މީހުން ބުނީ 'ޔޫ ޖަސްޓް ޑޫ ކޫލް އެކްޝަން. ޔޫ އާ އީޒީ" އެވެ.

ޕަތާންގައި ޝާހުރުކް ހާންގެ ލީޑިން ލޭޑީގެ ރޯލުން ދީޕިކާ ޕަދުކޯން ފެންނައިރު ފިލްމުގައި ޖޯން އަބްރަހަމް ވެސް ފެނިގެންދެ އެވެ. މި ފިލްމު، ހިންދީ، ތަމަޅަ، އަދި ޓެލަގޫ ބަހުން، ރިލީޒް ކުރާނީ އަންނަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ.