މިދުއަމް ނަޝީދަށް: ދިވެހިންނަކީ ފިސާރި ރަނގަޅަށް ބޭރު މީހުންނާ އެކު އުޅެން ދަންނަ ބައެއް
ޒައެނިސްޓުންނާއި އެކވެ މުއްސަނދިވުން ގިނަ ދިވެހިން ބޭނުމެއް ނުވާނެ
ސޯޝަލް މީޑިއާގެ ހަރަކާތްތެރިޔާ މިދުއަމު ސައުދު ވިދާޅުވާގޮތުގައި ޕީއެންސީ އަށް ވާވަރު ވެއްޖެއެވެ. ޕީއެންސިއަށް ވާވަރުވުމުން އީގަލް ހިލް - ރަސްމާލެ ޑީލުގެ މޫނުމަތި ރީތިކުރުމަށް މިހާރު މައިދާނަށް މި ނެރުނީ ކުރީގެ ރައީސް ނަޝީދެވެ.
ބޭރު މީހުން ރާއްޖޭގައި ވަޒަންވެރި ކުރުވުމަށް ހިތްވަރު ލިބޭގޮތަށް ރައީސް ނަޝީދު ލިޔުއްވާފައި ލިޔުމަކާ ހަވާލާ ދެއްވާ މިދުއަމު ވިދާޅުވެދެއްވަނީ އޭގެ ހަގީގަތެވެ. ރައީސް ނަޝިދަށް ނިސްބަތް ކުރައްވާ މިދުއަމު ވިދާޅުވިއެވެ. "އިއްޒަތްތެރި ކުރީގެ ރައީސް ނަޝީދެވެ. ދިވެހިންނަކީ މަނިކުފާނު ތިޔަ ސިފަ ކުރެއްވެވި ގޮތަށް ބޭރު މީހުންނަށް ނަފްރަތު ކުރާ، ބޭރު މީހުންނާއި ދެކޮޅު ބައެއް ނޫނެވެ. "
މޯލްޑިވްސް ބިއުރޯ އޮފް ސްޓެސްޓިކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ދިރި އުޅޭ ފިރިހެނުންގެ ތެރެއިން %47 މީހުންނަކީ ބޭރު މީހުންނެވެ. ރާއްޖޭގައި ދިރި އުޅޭ އަންހެނުންގެ ތެރެއިން %11 މީހުންނަކީ ބޭރު މީހުންކަމަށާއި މިހާރުވެސް ރާއްޖޭގައި ދިރިއުޅޭ ކޮންމެ 3 މީހުންގެ ތެރެެއިން 1 އަކީ ބޭރު މީހެއް ކަމަށް މިދުއަމު ވިދާޅުވެއެވެ.
"ވީމާ ދިވެހިންނަކީ ފިސާރި ރަނގަޅަށް ބޭރު މީހުންނާ އެކު އުޅެން ދަންނަ، ބޭރު މީހުންނާއެކު އަމާން ކަމާ އެކު ދިރިއުޅެމުންދާ ބައެކެވެ." މިދުއަމު ވިދާޅުވިއެވެ.
ދިވެހިންނަކީ ބޭރު މީހުން މި ގައުމުގައި ވިޔަފާރި ކުރުމާއި ދެކޮޅު ބައެއްވެސް ނޫން ކަމަށާއި ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުގެ %80 އަށް ވުރެ ގިނައީ ބޭރު މީހުންގެ އިންވެސްޓްމަންޓް ތަކާއި އެމީހުންގެ ވިޔަފާރި ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އެތަައް ބިލިއަން ޑޮރަލުގެ ރިސޯޓު އިންވެސްޓްމަންޓްތައް ވަކިން ކުދިކުދި ރަށްރަށަށް ބެހިފައި ހުރިއިރުވެސް، ބަޔަކު ގޯނާއެއްކޮށް ހަމަލާއެއް ދީފަނެތީ، އެންމެ ރިސޯޓެއްގައިވެސް ސެކުއިރިޓީ ބަލަހައްޓަން ފުލުހަކު ބަހައްޓާކަށް ނުޖެހޭ ކަމަށާއި މިއަހަރު މިހާތަނަށްވެސް ރެމިޓެންސް ގޮތުގައި +600 މިލިއަން ޑޮޮލަރު މިތާ އުޅޭ ބޭރު މީހުންވަނީ، އެމީހުންގެ ގައުމަށް ފޮނުވާފައިކަމަށް ވެސް ނަޝީދަށް ދެއްވި ރައްދުގައި މިދުއަމު ވިދާޅުވިއެވެ.
"ދިވެހިންނަކީ ބޭރު މީހުންނަަށް ނަފުރަތު ކުރާ ބައެއްް ނޫނެވެ. ބޭރު އިންވެސްޓަރުންނަށް މަރުހަބާ ނުކިޔާ ބައެެއް ނޫނެވެ. ބޭރު މީހުންނާއި ދެކޮޅު ބައެއްް ނޫނެވެ. އަވައްޓެރިންނަށް ހެޔޮ ނޭދޭ ބައެއް ނޫނެވެ." މިއަދު ވިދާޅުވެއެވެ.
"ނުސީދާކޮށް ކުރީގެ ރައީސް ނަޝީދު ދައްކަވާ "ބޭރު މީހުންނާއި އެކުވުމުގެ" މާނަފުޅަކީ އަވައްޓެރި މީހާއަށް ގޭގެ ތިޖޫރީއަށް އަތްބާނަން ފުރުސަތު ދިނުން ކަމަށް ވާނަމަ، އަވައްޓެރިމީހާ ގެއަށް އައިސް އަނބިމީހާއާއި އެކު ރޭ ކުރަން ފުރުސަތު ދިނުން ކަމަށް ވާަނަމަ، ތިޔަ ވިދާޅުވީ ތެދުފުޅެކެވެ." ވިދާޅުވަމުން މިދުއަމު ވިދާޅުވީ އެހެންކަމަށްވާނަމަ "ދިވެހިންނަކީ ބޭރު މީހުންނާައި އެކުވާން އެނގޭ ބައެެއް ނޫނެވެ."
"މަނިކުފާނު ނުސީދާކޮށް ތިޔަ ދައްކަވާ "ބޭރު މީހުންނާއި އެކުވެ މުއްްސަނދި" ވުމުގެ މާނަފުޅަކީ ޒައެނިސްޓުންނާއި އެކުވެއުޅެ އެވެރިންގެ ފައިސާ އިން މުއްސަނދިވުން ކަމަށް ވާނަމަ ގިނަ ދިވެހިން އެގޮތް ބޭނުމެއް ނުވާނެއެވެ." މިދުއަމު ސާބިތުކަމާއެކު ވިދާޅުވަމުން ވިދާޅުވީ ކިތަންމެ ހާލުގައި އުޅެން ޖެހުނަސް ދިވެހިންގެ ގިނަ މީހުންނަކީ އަދިވެސް ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ ލެޔާއި ފުރާނައަށް ވުރެ ދުނިޔެވީ ވަގުތީ އުފަލެއްް އިސްކުރާނެ ބައެއް ނޫން ކަމަށެވެ.




