މަލްޝާއަށް: މަސައްކަތް ނުކުރުވާ މުސާރަދެންޏާ ނެގިނެގިފާ ޖެހޭނެ!

49.3 ބިލިޔަންގެ ބަޖެޓެއް ދަވާލައިގެން ކުރީ ސަރުކާރޭ ކިޔަނީ މަތިއަޅަން

މަލްޝާއަށް: މަސައްކަތް ނުކުރުވާ މުސާރަދެންޏާ ނެގިނެގިފާ ޖެހޭނެ!

މަލްޝާ މަނިއްގަނޑާއެވެ. ކަނބުލޮ ހަމަ އަދިރީހެއްޔެވެ. ނޫނީ ވިއްޔާ ކަނީ ހެއްޔެވެ. ނުވަތަ ބީރީ ހެއްޔެވެ. ރައީސް އިބޫ ސޯލިހު ވެރިކަމުގެ ދުވަސްވަރު އޮތީ ކޯމާއެއްގައި ހެއްޔެވެ. ހަމަ ގައިމު ރާއްޖޭގައި ހަމަ ހޭގައި ހުރި މީހަކަށް ތިޔަ ދައްކާ ފިތުނަވެރި ވާހަކައެއް ގަބޫލެއް ނުކުރެވޭނެއެވެ. 

ރައީސް ސޯލިހު ވެރިކަމުގައި ލޯނު ނުނަގައޭ ބުނީ ކާކު ހެއްޔެވެ. ފައިސާ ޗާޕް ނުކުރެއޭ ބުނީ ކާކު ހެއްޔެވެ. ދައުލަތް ހިންގަން ތިބޭ ބަޔަކު ރައްޔިތުންނަށް ހިދުމަތްދޭން ކުރަން ޖެހޭ ކަމެއް ނުކުރަނީ ކޮންވެރި ކަމެއްގައި ކާކު ހެއްޔެވެ.

ދެވަނަ ބޮޑި ހަނގުރާމައިގެ ދަތިކަމަށްފަހު މުޅިދުނިޔެ ދުށް އެންމެ ބޮޑު ދަތިކަން ތަހައްމަލު ކުރަން ޖެހުނީ ރައީސް ސޯލިހު ވެރިކަމުގައި ހުންނަވަނިކޮށެވެ. ދުނިޔޭގެ ގައުމުތަކުގެ ބޯޑަރުތައް އޮތީ ބަންދުކޮށްފައެވެ. އެންމެން ތިބީ ފުރަބަންދުގައެވެ. ދަތުރުފަތުރެއް ނުކުރެވެއެވެ. ކާބޯތަކެތި އެއްތަނުން އަނެއްތަނަށް ބަދަލެއް ނުކުރެވެއެވެ. 

ރާއްޖޭގެ ހާލަތަށް ބަލާލިޔަސް ބާނާ މަސްކޮޅެއް ބޭރެއް ނުކުރެވެއެވެ. ޓޫރިސްޓުންނެއް ނާދެއެވެ. ރިސޯޓްތައް އޮތީ ބަންދުކޮށްފައެވެ. ޓޫރިމް ޓެކްހެއް އިމްޕޯޓް ޑިއުޓީއެއް ދައުލަތަކަށް ނުލިބެއެވެ. ސަރުކާރަށް ޖެހުނީ އާމްދަނިއެއް ނުލިބި ރައްޔިތުންގެ ކަންކަމަށް ދަތިނުވާ ގޮތަށް ނެތް ފައިސާއިން ހިދުމަތްދޭށެވެ. ކާބޯތަކެއްޗަށް ނުޖައްސާ ކާބޯތަކެތި ރާއްޖޭގައި ލިބޭނޭ އިންތިޒާމްތައް ހަމަޖައްސާށެވެ. ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ސިއްހީގޮތުން ހައްދެއްނެތް މިންވަރަށް ހޭދަކޮށް ރައްޔިތުން ރައްކާތެރި ކުރާށެވެ. 

ވިޔަފާރިތަކަށް މާލީ އެހީތެރިކަން ދީގެން ވިޔަފާރިތައް ހުއްޓުނަނުދީ ހިފަހައްޓަން އެތައް ހަރަދެއް ކުރަންޖެހުނެވެ. މަސައްކަތް ހުއްޓާލަން ޖެހުނު މީހުނަށް ލައިފް ސަޕޯޓް ފޯރުކޮށްދިނެވެ. 

ކޮވިޑް ރިކަވަރީ ސަޕޯޓްގެ ގޮތުގައި ބައެއް ބޭރުފަރާތްތަކުން ފައިސާގެ އެހީތެރިކަން ލިބުނު ނަމަވެސް ރާއްޖޭގެ އާމްދަނީ ހުއްޓިފައި ދެއަހަރު އޮތް އޮތުމުގެ ކުޑަވެސް ފަރުވާއަކަށް އެހީތެރިކަން ނުވެއެވެ. ސިޔާސީ ބޭނުމުގައި ބަޔަކު ކޮންމެ ވާހަކައެއް ދެއްކިނަމަވެސް ރައީސް ސޯލިހުގެ ވެރިކަމުގެ ދެއަހަރު ދިޔައީ ރާއްޖެއަށް އާމްދަނީ ނުލިބިއެވެ. އެހެނެއް ކަމަކު ކުރަންފަށާފައިވާ ތަރައްގީގެ އެއްވެސް ޕްރޮޖެކްޓެއް ނުހުއްޓާ ކުރަމުން ގެންދިޔައެވެ. 

އެތައް ރަށެއްގެ ބަނދަރު ހަދާ ގޮޑުދޮށް ގިރުން ހުއްޓުވާ ޖެޓީތައް ހަދާ އެހުރީ ނިންމާފައެވެ. އެތައް ރަށެއްގައި ބަނދަރު ހަދާ ގޮޑުދޮށް ގިރުން ހުއްޓުވާ ޖެޓީތައް ހެދުމުގެ މަސައްކަތް ކުރަމުން ދިޔައެވެ. 

ފެނާއި ނަރުދަމާ އަޅާނިމިފައި ހުރި ރަށްރަށާއި އަޅަމުންދާ ރަށްރަށް އެހާ ގިނައެވެ. މަގުހަދާ ތާރުއަޅާ ފެން ހިންދާ ނިޒާމް ގާއިމުކުރި ތަންތަން އެހުރީއެވެ. އެތައް ސަތޭކަ ސްކޫލެއްގައި އައު އިމާރަޓްތަކާއި ކްލާސް ރޫމްތައް އަޅާފައި އެހުރީއެވެ. ޓިވެޓް ސެންޓަރު ތަކާއި އަލަށް ބިނާކޮށްފައިވާ އިލްމީ ބިނާތައް އެހުރީއެވެ. މާސިންގާ ބޯޅަދަނޑުތަކާއި ވޮލީކޯޓްތަކާއި ފުޓްސެލް ދަނޑުތައް އެހުރީއެވެ. 

ބޮޑު ގެރި ބޭރަށް ހިންގާހެން ރަށްރަށުގައި ކަރަންޓް ކެނޑުން ހުއްޓުވާ ކަރަންޓް ވިއުގަތައް ބޮޑުކޮށް ފެންވަރު މަތިކޮށް ޒަމާނީ އިންޖީނުގެތަކާއި ފެންގެތަކާ ހަދާ ނިމިފައި އެހުރީއެވެ. އެތައް ރަށެއްގައި ފަށައިގެން ކުރިއަށް ގެންގޮސްފައި އެހުރީއެވެ.

މުޅި ރާއްޖެ އާރުޓީއެލްއިން ގުޅާލުމަށް ސްޕީޑް ލޯންޗާއި ބަސްވިއުގަ ގާއިމުކޮށް ހިދުމަތް ދޭން ފަށާ ފޫޅަކުރަމުން ދިޔަތަން އެއޮތީފެންނާށެވެ. މިހެން ކިޔާފައި ނުކިޔާނެ ކަމެއް ނެތް ވަރަށް ކުޑަރަށެއް ބޮޑުރަށެއް ނުބަލާ ރައީސް ސޯލިހު ކުރައްވާފައިވާ ކަންތަކާއި ކުރަން ފައްޓަވާފައިވާ ކަންތައް ނިހާޔަތަށް ގިނައެވެ. 

އެކަމަކު ކުރާނީ ކީއްހެއްޔެވެ. މަލްޝާ ޝަރީފް މެންނަކީ ކަނު އަނދިރި ބީރު ބަޔަކީތާއެވެ. ރައީސް ސޯލިހުވެރިކަމުގައި ލޯނު ނަގަން ޖެހުނު ސަބަބާއި ލޯނު ނަގައިގެން ކުރިކަމެއް ފެންނަ ކަމަކަށް ނުވެއެވެ. މަލްޝާ ބުނާ ގޮތުން ރައިސް ސޯލިހު ލޯނު ނަގައިގެން ގެނެސް ދެއްވި އެއްވެސް ކުރިއެރުމެއް، އުފެއްދި އެސެޓެއް އޮތްކަމަކަށް ނުވެއެވެ. އެމްޑީޕީގެ ވެރިކަމުގައި އެއްވެސް މަޝްރޫއެއް ހިންގިކަމަކަށް އެއްވެސް އާމްދަނީއެއް ހޯދިކަމަކަށް މުއިއްޒުގެ ބައިގަނޑަކަށް ނުވެއެވެ.

ހައްދަވައިގެން ކަމެއް ނުކޮށްދީ 49.3 ބިލިޔަންގެ ބަޖެޓެއް ދަވާލައިގެން ތިބެ ކުރީ ސަރުކާރޭ ކިޔައިގެން އަނގަ ދިޔާކުރަނީ ކުރެވޭ ބޮޑެތި ބިޔަ ވައްކަންތައް ފޮރުވާ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާށެވެ. މަސައްކަތްނުކޮށް ރައްޔިތުންގެ ފައިސާ މަލްޝާ އަކަށް އެމްޑީޕީ ވެރިކަމެއްގައި ނުލިބޭނެއެވެ. އެހެން ވީމާ މި ވެރިކަމުގައި މަލްޝާ ދޮޅި ކެނޑެންދެން ކޯ ތަޅުވާނެއެވެ.