މައި ލަނގޮޑި އޮންނަނީ ސާޖިދާގެ އެކަނި!

މާތްކަލާކޯއެވެ. އެމޯޝަނަލް ނިއުސްކޮންފަރެންސް ބާއްވާފައި ޝަރީއަތަށް ދާކަމަށްބުނެ ސަޅި ވިޑިއޯކްލިޕް ހަދާ މޮޅު ގޮތްގޮތަށް ފޮޓޯ ކެޕްޝަން ޖަހައިގެން ސޯޝަލްމީޑިއާގައި ފެންބޮޑުކުރަނީ ކުޑަކުއްޖެއްގެ ހައްގެއް ގެއްލިގެނެއްނޫނެވެ. ސާޖިދާގެ އެއްބަފާ އިބްރާހީމް ޖަނާބު މަޖިލީހުގެ ޖަލްސާއެއްގައި ބުނެފައިވާ ގޮތުން ބާލިގު ވުމަށްފަހު އެއްވެސް ކުއްޖަކީ ކުޑަކުއްޖެއް ނޫނެވެ. އެ ގަބޫލުކުރުމުގައި ތިބި އާއިލާއެއްގެ އަންހެނަކަށްވެ ހުރެ ބާލިގުވެފައި ހުރި ކުއްޖަކީ ކުޑަކުއްޖެއް ކަމަށް ހުދު ސާޖިދާވެސް ގަބޫލެއް ނުކުރާނެއެވެ. ސާޖިދާ އެއުޅެނިއްޔަކީ ބާލިގު ވެފައިހުރި ދަރިއެއް ކުޑަކުއްޖަކަށް ދެކިގެން ކުޑަ ކުއްޖެއްގެ ހައްގު ގެއްލި ގެނެއް ނޫނެވެ.
ވެެންގެން އުޅޭ ގޮތަކީ ހިސާބަށްވުރެ އަނބި ދަށުވެފައި ހުރި ރައީސެއްގެ އަނބި މީހާއަށް ރަނގަޅަށް ދަރިން ތަރުބިއްޔަތު ނުކުރެވުނު ވާހަކަ އަންހެނަކު ބުނެގެންނެވެ. މަހާ ރެހެންދި ސާޖީއަށް އެއުޅެނީ އެކަން ހަޖަމް ނުވެގެންނެވެ.
ސާޖިދާގެ ފަތަރާސީކަން ބޮޑުވެ މަވެތިކަމުގައި ދަބަސް އުކަމުން ޗައިނާ ގަނޑުވަރުތަކުގެ ސިޑީ ރޭލިންތަކާއި ތަނބުތަކުގެ އޮފުކަނޑުވަމުން ޖަކޫޒީން ހަނައިގެން ކަރޯކޭ ޖައްސަން މަހާ ރެހެންދި ހެދިގެން ހުއްޓާ މަންދި އެއްކަމަކު އެކަހަލަ ވާހަކަ ދެއްކީމާ ރުޅިއަންނާނެއެވެ. މަހާރެހެންދި ސާޖިދާ އެއުޅެނީ މުއިއްޒު ކުޑަކޮށްލައިގެން އުޅޭހެން ހުރިހާ ދިވެހިން ސާޖިދާމެން ދެމަފިރިންގެ ނަށާ މާގަނޑު ތަކަކަށް ހެދިފައި ތިބިކަމަށް ހީކޮށެވެ. އެހެން ހުއްޓާ ސާޖިދާގެ ބަލިފައެއްގެ ވާހަކަ ބުނީމާ ބުނާ މީހުން ފަހާ މުއިއްޒު ދުވާނެއެވެ. މައިލަގޮނޑިއެއް އޮންނަނީ ސާޖިދާގެ އެކަނި ވިއްޔާއެވެ.
ސާޖިދާ ދެބުމަގޮށް ޖަހާލީމާ ފައި ބިމުންކެނޑި ހެދޭ ނުހެދޭ ނޭނގޭ ހިސާބަށް ބުއްދި ގޯސްވެ މުއިއްޒަށް ދުނިޔެ ރަންވަނީއެވެ. ބާރު އޮތީތީ އަމުރު މައުރޫފް ނެރެގެން ވަޒީފާގެ އަޅުންނާއި ކުލީ ގަލަންތަކާ ބޮޓުން ލައްވާ މީސްމީޑިއާ ފްލަޑްކޮށްފައި ނިންމާލައިގެންވެސް ނުފުދެއެވެ. މުއިއްޒު އަމިއްލައަށް ނޫސްވެރިންނާށް ގުޅާ އިންޒާރުދީ ބިރު ވެސް ދައްކަނީއެވެ. މިވަރުން ދަންޏާ ވާދަވެރިން ނައްތާލަން ބަޑި ހިފައިގެން މަގަށްވެސް މުއިއްޒު ނިކުމެދާނެއެވެ.
ތުއްތު އިރު އާއިލާ ރޫޅިގެން ބޭނުންވާ ގޮތް ނޫން އެހެން ގޮތެއް ނެތް ވަރަށް ނަފްސާނީ ވެފައިވާ ދެމަފިރިއަކަށް ވެރިކަމުގެ ބާރުތައް ދިނުމުން ވާނެގޮތް މިވަނީއެވެ. ސާޖިދާ ފުއްވާލުމުން ގާނޫނާ ހިލާފަށް ސިވިލްސާވިސްގައި ބަހައްޓައިގެން އުޅެންވެސް މުއިއްޒަށް މަޖުބޫރުވީއެވެ. ހައިސިކިއުރިޓީ އާރަށަށް ސާޖިދާ ބޭނުންހާ ބަޔަކު ބޭނުން ވަރަކަށް އަރުވާ އާރަށް ބޮޑުގުޅަކޮށްލީއެވެ. ތުރުކީ ޓީވީ ސީރީސްގެ ސްޓާރުންނާއި ބައްދަލުކުރަން ސަރުކާރުން އެތައް މިލިޔަން ރުފިޔާއެއް ހަރަދުކުރަންވެސް ޖެހުނީއެވެ. ސާޖިދާ ބޭނުން ވުމުން ގާއިމު މަގާމުގައި ހުރި ކިރުމައި ޝަމްނާޒް މަގާމުން ވަކިކޮށް ޖަލަށްލާ ތުއްތު ކުއްޖަކު މައިމީހާގެ ކިރުން މަހުރޫމުވެސް ކުރީއެވެ. އެންމެ ފަހުން ވަކިވަކި އާއްމު ރައްޔިތުންނާ ދެކޮޅަށް ފަސްޓްލޭޑީ ދައުވާ ކުރާހިސާބަށް ގައުމު ސާޖިދާގެ ގައިދަށުވެ ނިމެނީއެވެ.