ޕޯޓްސިޓީ ހަގީގަތަަކަށް ހެދުމަށް ދެވަނަދައުރު ދޭންޖެހޭ: ސައްލެ

ރައީސް ސާލިޙަކީ ޖުމުލަކޮށް މުޅި ރާއްޖެއަށް ތަރައްގީ ގެނެސްދެއްވާ ބޭފުޅެއް

ޕޯޓްސިޓީ ހަގީގަތަަކަށް ހެދުމަށް ދެވަނަދައުރު ދޭންޖެހޭ: ސައްލެ

އިހަވަންދިއްޕޮޅުގެ ޕޯޓް ސިޓީގެ މަޝްރޫއު ހަގީގަތަަކަށް ހެދުމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ސައްލެ ގޯވާލައްވައިފިއެވެ.

ރައީސް ސާލިޙަކީ އެއް ވިޝަނެއްގައި އެއް މިސްރާބަކަށް އެއް އަމާޒަކަށް ގައުމުގެ ތަރައްގީއާއި ރަށް ރަށުގެ ތަރައްގީ ގެނެސްދެއްވި ބޭފުޅެއް ކަމަށް އަހުމަދު ސަލީމް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވިގޮތުގައި ރައީސް ސާލިޙަކީ ޖުމުލަކޮށް މުޅި ރާއްޖެއަށް ތަރައްގީ ގެނެސްދެއްވާ ބޭފުޅެކެވެ.

ރާއްޖޭގެ ހަނި އިގްތިސާދު ފުޅާކުރެއްވުމަށް އެ މަނިކުފާނު ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަށްވަމުން ގެންދަވާ ކަމަށާއި ރާއްޖޭގެ ތަރައްގީއަށް އެހެން ކެންޑިޑޭޓުންނަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

ހއ. ހޯރަފުށީގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގައި ވާހަަކަ ދައްކަވަމުން ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ވިދާޅުވީ، ރައީސް ސާލިޙަކީ ރައްޔިތުންނަަށް އޯގާތެރި ބޭފުޅެއް ކަމަށާއި، އެމަނިކުފާނަކީ ޓީމަކާއެކު އުޅުއްވަން އެނގިވަޑައިގަންނަވާ ހަމަ އެކަނި ކެންޑިޑޭޓް ކަމަށް ސަލީމް ވިދާޅުވިއެވެ. އިހަވަންދިއްޕޮޅުގެ ޕޯޓް ސިޓީގެ މަޝްރޫއު ހަގީގަތަަކަށް ވާން އޮތީ ރާއްޖޭގެ ޒައާމަތާއި ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ހަވާލުވެވަޑައިގަންނަވައިގެން ކަމަށް ސަލީމް ތަކުރާރުކޮށް ވިދާޅުވިއެވެ. 

"އަޅުގަނޑުމެން އުއްމީދު ކުރާ އިހަވަންދިއްޕޮޅުގެ ޕޯޓް މަޝްރޫއު ހަގީގަތަކަށް ވާން އޮތީ ހަމަ މި ރައީސް އަނެއްކާވެސް މި ރާއްޖޭގެ ޒައާމަތަށް ވަޑައިގަންނަވައިގެން، އެކަމަަށްޓަކައި ވިޝަން އެއް އޮތް ތަސައްވަރެއް އޮތް ތަރައްގީގެ އަމާޒު ހިއްޕަވާފައިވާ ވެރިއަކާއިއެކު ނޫނީ އަޅުގަނޑުމެން އިންތިހާބާއިގެން ކުރިއަށް ދާކަން ނެތިން،" ސަލީމް ވިދާޅުވިއެވެ.