ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހޭ: ޝާހިދު

ބޮޑު ތިލަދުންމައްޗާއި މުޅި އުތުރުގެ ތަރައްގީގެ މުޅިން އާ ބާބެއްގެ ފެށުން

ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހޭ: ޝާހިދު

ހަނިމާދޫ އެއަރޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ރައީސް ސޯލިހު ސަރުކާރުން ފެށީ އުތުރުގެ އަތޮޅުތަކާއި އަދި މުޅި ރާއްޖޭގެ ތަރައްގީގެ ތަސައްވުރާއެކުގައި ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި އެމްޑީޕގެ ރައީސް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދެއްކެވީ ހަނިމާދޫ އެއަރޕޯޓްގެ މަސައްކަތް އިފްތިހާހު ކުރުމުގެ ޖަލްސާގައި އެ މަނިކުފާނު ދެއްކެވި ވާހަކަ ކޮޅެއް ހިމަނުއްވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ހަނިމާދޫ އެއަރޕޯޓް ތަރައްގީކޮށް ނިމުމުން ބޮޑު ތިލަދުންމައްޗަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ސަރަހައްދީ މަރުކަޒަކަށް ވެގެންދާނެކަމަށް ޝާހިދު ވިދާޅުވިއެވެ. ހަނިމާދޫ އެއަރޕޯޓްގެ މަޝްރޫއަކީ ބޮޑު ތިލަދުންމައްޗާއި މުޅި އުތުރުގެ ތަރައްގީގެ މުޅިން އާ ބާބެއްގެ ފެށުންކަމަށް ޝަހިދު ވިދާޅުވެފައިވެއެވެ. މުޅި ރާއްޖޭގެ ތަރައްގީގެ ތަސައްވުރަކާއި، ހުރިހާ ދިވެހިންނަށް ތަރައްގީގެ ފައިދާވާ ތަސައްވުރެއް އަދިވެސް އޮތީ އެމްޑީޕީގައި ކަމަށް އެމްޑީޕީގެ ރައީސް ވިދާޅުވެއެވެ.

ހަނިމާދޫ އެއަރޕޯޓްގެ މި ކާމިޔާބު މަޝްރޫޢަށް އިންޑިއާއިން މާލީ އެހީތެރިކަން ހޯދައި، މަސައްކަތް ހަލުވި ސްޕީޑުގައި ފެށުމުގައި " ރައީސް ސޯލިހު ސަރުކާރުގައި ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހޭ" ކަމަށްވެސް ކުރީގެ ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.