ހީރަސް ރެސިޕީ: ކޭކް ބަޓިކް
ހީރަސް ރެސިޕީގައި މިއަދު ހިމަނާލާނީ ކޭކް ބަޓިކްއެވެ. ކޭކް ބަޓީކްއަކީ ފިހަން ނުޖެހޭ، ވަރަށް މީރު އަދި ތައްޔާރުކޮށްލަން ފަސޭހަ މެލޭޝިއާގެ ޗޮކްލެޓް ބިސްކޯދު ކޭކެވެ.
ބޭނުންވާ ތަކެތި:
300 ގްރާމް މާރީ ބިސްކޯދު (ކުދިކޮށް މުގުރާލާފައި)
1 ޖޯޑު ބަޓަރު (250 ގްރާމް)
1 ޖޯޑު ގެރިކިރު
½ ޖޯޑު ކޯކޯ ޕައުޑަރު
½ ޖޯޑު މައިލޯ (އިތުރަށް ޗޮކްލެޓް ރަހަ ގަދަކުރުމަށް)
1 ބިސް
1 ސައިސަމުސާ ވެނީލާ އެސެންސް
ތައްޔާރުކުރާނެ ގޮތް:
- މާރީ ބިސްކޯދުތައް މާ ކުދިނުވާނެހެން މެދު ސައިޒުގެ އެތިކޮޅުތަކަކަށް މުގުރާލާށެވެ.
- ޗޮކްލެޓް މިކްސްޗަރ ތައްޔާރުކުރުމަށް، ތަވައެއް ނުވަތަ ތެއްޔެއްގެ ތެރޭގައި މަޑުގިނީގައި ބަޓަރުކޮޅު ދިޔާކޮށްލާށެވެ.
- ދިޔާކުރި ބަޓަރުގެ ތެރެއަށް ގެރިކިރު، ކޯކޯ ޕައުޑަރު އަދި މައިލޯ އެޅުމަށްފަހު އޮމާންވަންދެން އެއްކުރަމުން ގެންދާށެވެ.
- އެއަށްފަހު ގިނި ވަރަށް މަޑުކުރުމަށްފަހު، ބިސް އަޅާފަ ވަރަށް އަވަހަށް ގިރުވަމުން ގެންދާށެވެ. މިއީ ބިސް ގަނޑުވިޔަ ނުދިނުމަށެވެ.
- މިކްސްޗަރ ކުޑަކޮށް އޮލަވަންދެން އެއްކުރަމުން ގެންދާށެވެ. ދެން ވެނީލާ އެސެންސްކޮޅު އަޅާފައި އެއްކޮށްލާފައި އުނދުުން ނިވާލާށެވެ.
- ދެން މުގުރި ބިސްކޯދުތައް އަޅާފައި ޗޮކްލެޓްގަނޑާ ރަނގަޅަށް ހަރުލާނެހެން އެއްކޮށްލާށެވެ.
- އެއަށްފަހު ތެޔޮކަރުދާސް (baking paper) އަޅާފައިވާ ޓްރޭއަކަށް ތައްޔާރުކުރި ބިސްކޯދު އޮއްސާލާށެވެ.
- މަދުވެގެން 3 ނުވަތަ 4 ގަޑިއިރު (ނޫނީ އެއްރޭ ވަންދެން) ފްރިޖުގައި ބަހައްޓައިގެން ހަރުކުރާށެވެ.
- ކޭކުގެ ރަހަ އިތުރަށް ފުރިހަމަކުރުމަށްޓަކައި މުގުރި ބަދަން ނުވަތަ ޗޮކްލެޓް ޗިޕްސް އެއްކުރެވިދާނެއެވެ.
- އަދި އެއަށް ވުރެ މީރުކުރަން ބޭނުންނަމަ، ކުޑަ ޑާކް ޗޮކްލެޓްކޮޅެއް ދިޔާކޮށްފައި މައްޗަށް އެޅިދާނެއެވެ.




