ހީރަސް ސުފުރާ: ކަދުރުކޭކު

ކަދުރަކީ ސިއްހަތަށް ފައިދާ ބޮޑު އަނގަޔަށް މީރު އެއްޗެއް

ހީރަސް ސުފުރާ: ކަދުރުކޭކު

ހީރަސް ސުފުރާ މައްޗަށް މިއަދު ނެރެން މިއުޅެނީ ކަދުރު ކޭކެވެ. ކަދުރަކީ ސިއްހަތަށް ނުލާހިކު ފައިދާ ބޮޑު އަނގަޔަށް މީރު އެއްޗެކެވެ. ހުހަށް ކާލުމުގެ އިތުރަށް ކަދުރުން ވަރަށް ގިނަބާވަތްތަކުގެ ކޯބޯތަކެތި ތައްޔާރުކޮށް އުޅެއެވެ. ކަދުރު ކޭކަކީ އެގޮތުން ވަރަށް ހާއްސަ ބާވަތެކެވެ.

ކަދުރު ކޭކް ތައްޔާރު ކުރަން ބޭނުންވަނީ:

1 ޖޯޑު ކަދުރު ( ކޮށާފައި )

1 ޖޯޑު ކަދުރު ( ހިމުންކޮށް ފުޑާފައި )

150ގ. ހަކުރު

250ގ. ފުށް

175 ގ. ބަޓަރ

2 ސައިސަމްސާ ބޭކިންޕައުޑަރ

1 މަތިގަނޑު ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ފުށާއި ބޭކިންޕައުޑަރ ފުރާނާލާށެވެ.

ބިހާއި ހަކުރު ރަނގަޅަށް ވިރެންދެން ގިރާފައި ބަޓަރާ އެއްކޮށް އޮމާންވަނދެން ގިރަލާށެވެ.

ފުރާނާލި ފުށްކޮލާއި ބޭކިންޕައުޑަރ އެއްކޮށް ލާށެވެ.

ގިރާ އެއްކުރި ބިހާއި ބަޓަރުގެ ތެރެއަށް ފުރޭނި ހަކުރުކޮޅާއި ބޭކިންޕައުޑަރކޮޅު އެއްކޮށްލާ ރަނގަޅަށް އޮލަވެ ގިރާލާށެވެ. ރަނގަޅަށް އެއްކޮށް ގިރާލެވުނީމާ ހިމުންކޮށް ފުޑާފާއި ހުރި ކަދުރު ކޮށާފައި ހުރި ކަދުރުކޮޅު ވެސް ހެދިފުށްގަޑާ ރަނގަޅަށް އެއްކޮށްލާ ރަހަލާވަރަށް އެސެންސް ވެސް އެއްކޮށް ގިރާލާށެވެ. 

ހުރިހާ އެއްޗެއް ރަނގަޅަށް ގިރާލެވުމުން ޓްރޭގައި ބަޓަރު ހާކާފައި ތްރޭތެރެއަށް ފުށްގަނޑު އަޅާފައި މަޑު ގިނީގައި ފިހެލާށެވެ.