ޕްރިންސް ވިލިއަމް ޔޫޓިއުބްއާއި އެކު ޕާޓްނަރޝިޕް ހަދަނީ

ޕްރިންސް ވިލިއަމް ޔޫޓިއުބްއާއި އެކު ޕާޓްނަރޝިޕް ހަދަނީ

ޕްރިންސް ވިލިއަމް އޭނާގެ އާރތްޝޮޓް ޕްރައިޒް ކޮންޓެންޓް އުފެއްދުމަށް ޔޫޓިއުބާއި އެކުގައި ރަސްމީކޮށް ޕާޓްނަޝިޕް ހަދާފައިވާކަން އިއުލާންކޮށްފިއެވެ.

އުމުރުން 40 އަހަރުގެ ޕްރިންސް އޮފް ވޭލްސް ވަނީ 'ދުނިޔޭގެ ތިމާވެށީގެ އެންމެ ބޮޑު ގޮންޖެހުންތަކަށް އާދަޔާ ހިލާފު ހައްލުތަކެއް ހޯދުމަށް' 2020 ވަނަ އަހަރު އާރތްޝޮޓް އިނާމު ގާއިމްކޮށްފައެވެ.

މިހާރު އިއުލާން ކޮށްފައިވާ ގޮތުގައި، ދެ އަހަރުގެ ޕާޓްނަޝިޕެއްގެ ތެރެއިން، ދަ އާރތްޝޮޓް ޕްރައިޒް އިން ޔޫޓިއުބްއާ ގުޅިގެން މަސައްކަތް ކުރާނީ 'ދުނިޔޭގެ އެކި ކަންކޮޅު ތަކުން އަވަސް އަދި ވަރަށް އުންމީދީ ވާހަކަ ތަކާއެކު މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔޫޒަރުން ޝައުގުވެރި ކުރާ' ކޮންޓެންޓް އުފެއްދުމެވެ.

ކޮންޓެންޓްގެ ތެރޭގައި ހިމެނެނީ ކުދިކުދި ޑޮކިއުމެންޓްރީ ތަކާއި ޔޫޓިއުބް ޝޯޓްސް އާއި ކްރިއޭޓަރުންގެ ކޯލަބްރޭޝަންތަކުގެ އެވޯޑްތައް ލިބޭ ފައިނަލިސްޓުންނާއެކު ސުވާލާއި ޖަވާބުތަކެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ މެދު ޝައުގުވެރިވާ ޒުވާން އަދި ބައިނަލްއަގްވާމީ ބެލުންތެރިންނާ ހަމައަށް އިނާމު ފޯރުކޮށްދިނުމަށް ވެސް އެ ޖަމިއްޔާއިން މަސައްކަތް ކުރާނެއެވެ.

ވިލިއަމްގެ އެންވަޔަރަންމަންޓަލް އެވޯޑް މިފަހަރު އޮތީ މި އަހަރުގެ ފަހުކޮޅު ސިންގަޕޫރުގައެވެ. މި އިވެންޓުގެ ތެރެއިން ދަ އާރތްޝޮޓް ޕްރައިޒް 2023 ގެ ފަސް ފަރާތަކަށް އެއް މިލިއަން ޕައުންޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ.