ރަސިޔާ ޔޫކުރޭން ހަނގުރާމައިގެ އަދާހަމަ

ހަމަލާ ދީފައިވަނީ އެސް-300 މި ސައިލްތައް ބޭނުންކޮށްގެން

ރަސިޔާ ޔޫކުރޭން ހަނގުރާމައިގެ އަދާހަމަ

ޔޫކްރޭންގެ އިރުމަތީ ޑޮންބާސް ސަރަހައްދުގައި އޮންނަ ސްލޮވިއަންސްކަށް ރަޝިޔާއިން ދިން ބޮމުގެ ހަމަލާތަކުގައި 11 މީހަކު ވަރުވެއްޖެއެވެ. އޭގެ ތެރޭގައި ދެ އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނެއެވެ. ގަވަރުނަރު ޕަވްލޯ ކައިރިލެންކޯ ވިދާޅުވީ އެ މީހުންގެ މައިރެސިޑެންޝަލް ޑިސްޓްރިކްޓަކަށް ދިން ހަމަލާގައި ގާތްގަނޑަކަށް 21 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

ގަވަރުނަރު ކައިރިލެންކޯ އިތުރަށް ވިދާޅުވީ އިތުރު ބައެއް މީހުން ގެއްލިފައިވާ ކަމަށެވެ. އެމީހުން އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ވެދާނެ ކަމަށް ބެލެވޭކަމަށް ވެސް އެނާ ލަފާ ކުރެއްވިއެވެ. ސޯޝަލް މީޑިއާއަށް ކުރެއްވި ޕޯސްޓެއްގައި ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވަނީ އެއީ އަނިޔާވެރި އަދި ނުބައި ހަމަލާއެއް ކަމަށް ވިދާޅުވެ އެކަން ކުށްވެރި ކުރައްވާފައެވެ.

"ނުބައި ދައުލަތުން އަނެއްކާވެސް އޭގެ ޖާޒުބިއްޔަތު ދައްކުވައިދެނީ،" ޓެލެގްރާމްގައި އޭނާ ލިޔުއްވާފައިވެއެވެ. ޒެލެންސްކީ ވިދާޅުވާ ގޮތުގައި އެއީ "ދުވާލު އަލިކަމުގައި މީހުން މަރާލުން އަދި ހުރިހާ ދިރުމެއް ހަލާކުކޮށް، ފަނާކޮށްލުން."އެވެ.

އޮފިޝަލުން ކަށަވަރުކޮށްދިން ގޮތުގައި މަރުވި މީހުންގެ ތެރެއިން އެކަކީ އުމުރުން ދެ އަހަރުގެ ކުޑަކުއްޖެކެވެ. ޒެލެންސްކީގެ ސީނިއާ އެޑްވައިޒަރަކު ވިދާޅުވީ ކުއްޖާ ދިރިހުއްޓާ އިމާރާތްތަކުގެ ތެރެއިން ދަމައިގަތް ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު އެމްބިއުލާންސްގައި މަރުވެފައިވާ ކަމަށެވެ.

ގަވަރުނަރު ކައިރިލެންކޯ ވިދާޅުވީ ހަމަލާތަކުގައި ފަސް ގެއަކާއި ފަސް ބްލޮކެއްގެ ފްލެޓްތަކަށް ގެއްލުން ލިބިފައިވާއިރު، ވިޔަފާރިތަކަށާއި ފިހާރަތަކަށް ވެސް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ ހަމަލާ ދީފައިވަނީ ރީޕާޕަސްޓް އެސް-300 މިސައިލްތައް ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށެވެ.

ގޮވުމެއް ހިނގި ސަރަހައްދުގައި ސަލާމަތްވި މީހުން ހޯދުމަށް ސަލާމަތީ މަސައްކަތްތެރިން މަސަތްކަތް ކުރަމުން ދިޔައިރު، މަގު ހުރަސްކޮށް ހުރި އިމާރާތަކުން ކަޅު ދުންތައް އަރަމުންމުން ދިޔަތަން އޭއެފްޕީގެ ނޫސް އެޖެންސީގެ ނޫސްވެރިންނަށް ފެނިފައިވެއެވެ. އެމީހުން ބުނި ގޮތުގައި ކުޅިވަރު ކުޅޭ ސަރަހައްދެއް ހިމެނޭ މަގެއް މަތީގައި ސްކޫލް ފޮތްތަކާއި ކުޑަކުދިންގެ ކުރެހުންތަކުގެ ބުރައިގެން ގޮސްފައިވާ ޞަފްޙާތައް ހިމެނޭ ގޮތަށް ކުނިތައް ގިނަ ކަމަށެވެ. މީގެ ކުރިން އަންޑްރީ ޔަރްމަކް - މިސްޓަރ ޒެލެންސްކީގެ އަމިއްލަ އޮފީހުގެ ވެރިޔާ - ވިދާޅުވީ އެސަރަހައްދުގައި ހަތް ގޮވުމުގެ އަޑު އިވިފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް ގޮވުން ހިނގާފައިވަނީ ސްކޫލެއް ކައިރީގައި ކަމަށެވެ.

ޔޫކްރޭނުން އަދިވެސް ސްލޮވިއަންސްކް ކޮންޓްރޯލް ކުރާއިރު، އެ ސިޓީ އޮތީ ރަޝިޔާގެ ނުރައްކާ ހަމަލާއެއްގެ މަރުކަޒަކަށް ވެފައިވާ ބަޚްމުތުގެ ހުޅަނގު އުތުރުން އެންމެ 27 މޭލު (45 ކިލޯމީޓަރު) ދުރުގަ އެވެ.

މިދިޔަ ހޫނު މޫސުމުން ފެށިގެން ރަޝިޔާއިން އެ ސިޓީ ހިފުމަށް މަސައްކަތް ކުރަމުން އަންނައިރު، ހުކުރު ދުވަހު މޮސްކޯގައި ތިބި ޑިފެންސް އޮފިޝަލުން ބުނީ ވެގްނަރ ގްރޫޕްގެ ކުލީ ސިފައިން އެ ސިޓީއަށް ހަމަލާދެމުންދާ ކަމަށެވެ.

ރަޝިޔާގެ ވައިގެ ސިފައިން ދިޔައީ "އެސޯލްޓް ސްކޮޑްތަކަށް އެހީތެރިކަން ފޯރުކޮށްދީ، ސިޓީއަށް ވަޒަން ފޯރުކޮށްދީ ރިޒާވް ގެނައުމަށް ދުޝްމަނުން ކުރާ މަސައްކަތްތައް ހުއްޓުވަމުން" ކަމަށް ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

އަސްކަރީ ތަހުލީލުކުރާ ފަރާތްތަކުން ބުނާ ގޮތުގައި ސްޓްރެޓެޖިކް ވެލިއު މަދު ބަޚްމުތު ދިފާއު ކުރަމުން ގެންދާނެ ކަމަށް ޔޫކްރޭނުން ބުނަމުންދެ އެވެ. އެކަމަކު ރަޝިޔާއަށް އެ ސިޓީ އަތުލަން އުޅުމުގެ ތެރޭގައި އިންތިހާއަށް ގިނަ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބެލެވެ އެވެ.

ބީބީސީގެ ރަޝިޔާގެ ހިދުމަތުން ކުރިއަށް ގެންދިޔަ އޮޕަން ސޯސްތަކުގެ ތަހުލީލަކުން ހަނގުރާމަ ފެށުނު ފަހުން މަރުވި މަދުވެގެން 20،451 ރަޝިޔާ ސިފައިންގެ އައިޑެންޓިޓީ ކަށަވަރުވި އެވެ. އެ މަރުތަކުގެ ތެރެއިން 1،820 އެއްހާ މީހުން މަރުވެފައި ވަނީ މިދިޔަ ދެ ހަފްތާގެ ތެރޭގައި ކަމަށް ތަހުލީލުތަކުން ދައްކަ އެވެ.